އިހަވަންދޫ ސްޕޯޓްސް ކުލަބުން "ވީރު" ގެ ނަމުގައި 2012 ވަނަ އަހަރު ކުރިޔަށްގެންދިޔަ މުބާރާތުގެތެރެއިން. ފޮޓޯ: އިހަވަންދޫ.ކޮމް[/caption] ޢީދު ފާހަގަކުރުމަށް އިހަވަންދޫގައި ގިނަ ހަރަކާތްތަކެއް ހިންގަނީ
މިއަހަރުގެ އަލްހާ ޢީދު ފާހަގަކުރުމަށް ގިނަ ހަރަކާތްތަކެއް ކުރިޔަށް ގެންދާނެކަމަށް، އިހަވަންދޫގެ އެންމެ ހަރަކާތްތެރި ދެ ޖަމިއްޔާކަމަށްވާ ކްލަބް ޕޯލްސްޓަރ އަދި އިމަގު ޖަމިއްޔާއިން ބުނެފިއެވެ.
ކްލަބް ޕޯލްސްޓަރގެ ރައީސް މުހައްމަދު ސުޖާއު މިނޫހަށް މައުލޫމާތު ދެއްވިގޮތުގައި އެޖަމިއްޔާއިން މިއަހަރުގެ ޢީދު ހަރަކާތްތައް ފަށާނީ ޢީދު ނަމާދަށްފަހު އޮންނަ ޢީދު ސައިންނެވެ. މިއީ އެކްލަބުން ކޮންމެ އީދަކާ ދިމާކޮށްގެން ކުރިޔަށްގެންދަމުން އަންނަ ހަރަކާތެކެވެ. އެއަށްފަހު ފެންޖެހުމުހެ ހަރަކާތާއި ޢީދު ހަދިޔާބެހުން އޮންނާނެކަމަށާއި މީގެއިތުރުން އަތިރިމަތީ ކުރިޔަށްގެންދާ ކުޅިވަރު ހަރަކާތްތަކާއި، ކުޑަކުދިންގެ ހަވީރުވެސް އޮންނާނެކަމަށް ސުޖާއު މައުލޫމާތުދެއްވިއެވެ.
އަހަރުތަކަކަށް މެދުކެނޑުމަށްފަހު، އެންމެ ވަރުގަދަ މީހާ ހޮވާ، "ވީރު" މުބާރާތް މިއަހަރު ބާއްވަން ޢިއުލާންކޮށްފައި ވާއިރު، މިފަހަކަށްއައިސް ޢީދުގައި އެންމެ ފޯރިނަގާ ވާދެމުމުގެ މުބާރާތްވެސް މިއަހަރު ކްލަބް ޕޯލްސްޓަރއިން ކުރިޔަށްގެންދާ ހަރަކާތްތަކުގައި ހިމަނާފައިވެއެވެ.
އިމަގު ޖަމިއްޔާއިންވެސް ޢީދުގެ ހަރަކާތްތައް ފެށުމަށް ހަމަޖެހިފައިވަނީ ޢީދު ނަމާދަށްފަހު އަސަރީ ސައިފޮދުންނެވެ. މީގެ އިތުރުން 4 ދުވަހަށް ބަހާލައިގެން ކުޑަކުދިންގެ ހަވީރާއި، ބޮޑެތި މީހުންގެ ހަވީރުގެ އިތުރުން އާއިލީ ހަވީރުގެ ހަރަކާތްތައް ކުރިޔަށް ގެންދާނެއެވެ. އިމަގު ޢީދު ހަރަކާތްތަކުގައި އެންމެ ތަފާތުކަމަކަށް މިފަހަރު އޮތީ ބިރުވެރި ހޮހޮޅައެވެ. އިމަގު ޖަމިއްޔާގެ ޢީދު ހަރަކާތްތައް ނިންމާލާނީ ފޯރިގަދަ މާލި ޕެރޭޑުންނެވެ.
ދެ ޖަމިއްޔާއިންވެސް އާނމުކޮށް ޢީދުގައި ކުރިޔަށްގެންދާ ސްޓޭޝޯ މިއަހަރު އަދި ބާއްވާނެކަން ޔަޤީނެއްނޫނެވެ. ޕޯލްސްޓަރގެ ރައީސް ސުޖާއު މައުލޫމާތު ދެއްވި ގޮތުގައި އެޖަމިއްޔާއިންދަނީ ސްޓޭޖްޝޯ ބޭއްވޭތޯ މަސައްކަތް ކުރަމުންނެވެ. ނަމަވެސް އަދި އެކަން ފައިނަލް ނުވެއެވެ.
[caption id="attachment_6765" align="aligncenter" width="647"]
އިހަވަންދޫ ސްޕޯޓްސް ކުލަބުން "ވީރު" ގެ ނަމުގައި 2012 ވަނަ އަހަރު ކުރިޔަށްގެންދިޔަ މުބާރާތުގެތެރެއިން. ފޮޓޯ: އިހަވަންދޫ.ކޮމް[/caption]
އިހަވަންދޫ ސްޕޯޓްސް ކުލަބުން "ވީރު" ގެ ނަމުގައި 2012 ވަނަ އަހަރު ކުރިޔަށްގެންދިޔަ މުބާރާތުގެތެރެއިން. ފޮޓޯ: އިހަވަންދޫ.ކޮމް[/caption] ގުޅުން ހުރެދާނެ ލިޔުން
ސަހުނީޒަށް އެހީވުމަށް ހިންގި ފަންޑްރައިސިންގެ އިވެންޓުން 61272.50 ރުފިޔާ
9 - ޖުލައި - 2023
ސަހުނީޒަށް އެހީވުމަށް ފަންޑްރައިސިންގެ އިވެންޓެއް ބާއްވަނީ
7 - ޖުލައި - 2023
އެތައްސަތޭކަ ކުދިންނާއިއެކު އާއިލީ ހަވީރު ކުރިޔަށް ގެންގޮސްފި
14 - މޭ - 2023
ގިނަ ހަދިޔާ ތަކާއެކު "ހިތްތަކުގެ މާމެލާ މެލީ" ގެ ނަމުގައި އާއިލީ ހަވީރެއް ބާއްވަނީ
10 - މޭ - 2023
ޝެއިހް އާދަމް ޝަމީމުގެ ހާއްސަ ދަރުހެއް ބާއްވަނީ
8 - މާރިޗު - 2023
ޕޯލްސްޓަރ އާއި އިމަގަކާ އަހަރެމެނަކާ ކިޔެއްހޭ؟
5 - އޮކްޓޯބަރު - 2022
އިމަގު ޖަމިއްޔާއާއި ކްލަބް ޕޯލްސްޓަރގެ އަހަރީރިޕޯޓާއި އަހަރީ ހިސާބުތައް އާންމުކޮށްފި
4 - އޮކްޓޯބަރު - 2022
ހުސައިން ރަޝީދުއަށް އެހީވުމަށް ހިނގުނު ފަންޑު ހޯދުމުގެ ހަރަކާތުން ލިބުނު ފައިސާ ހަވާލުކޮށްފި
5 - ޖެނުއަރީ - 2021
އިމަގު ބަލިކޮށް ޕޮލިސް ކުލަބު ޗެމްޕިއަންކަން ހޯދައިފި
13 - ޑިސެމްބަރު - 2012
ފަހަތުންއަރާ 3 ސެޓް ހޯދާގެން އިމަގުޓީމުން ފައިނަލްގެ ޖާގައެއް ކަށަވަރުކޮށްފި
12 - ޑިސެމްބަރު - 2012
ކޮމެންޓް
އަދި ކޮމެންޓެއް ނެތް