މޮޅަދޫ ސްކޫލުގެ ދަރިވަރުންނަށާއި ބެލެނިވެރިންނަށް ފުލުހުން ޕްރޮގްރާމެއް ހިންގައިފި
ހއ. އިހަވަންދޫ ޕޮލިސް ސްޓޭޝަނުން އެއަތޮޅު މޮޅަދޫ ސްކޫލުގެ ދަރިވަރުންނަށާއި ބެލެނިވެރިންނަށް މައުލޫމާތު ދިނުމުގެ ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފިއެވެ.
ފުލުހުން ވިދާޅުވީ މިހިނގާ ފެބްރުއަރީ 18 ން 20 އަށް، 3 ދުވަހަށް މޮޅަދޫގައި ކުރިއަށް ގެންދިޔަ މި ޕްރޮގްރާމަކީ ހއ. އިހަވަންދޫ ޕޮލިސް ސްޓޭޝަނާއި މޮޅަދޫ ކައުންސިލް އިދާރާއާއި މޮޅަދޫ ސްކޫލު ގުޅިގެން ކުރިއަށް ގެންދިޔަ ޕްރޮގްރާމެއް ކަމަށެވެ. މި ޕްރޮގްރާމުގެ ތެރެއިން ސްކޫލު ދަރިވަރުންނަށް ކުރިއަށް ގެންދިޔަ ސެޝަންގައި މޮޅަދޫ ސްކޫލުގެ ގްރޭޑް 7 އިން މަތީ ގްރޭޑްތަކުގައި ތައުލީމު ހާސިލްކުރާ ދަރިވަރުން ބައިވެރިވެފައިވާއިރު، މި ސެޝަންގައި މައުލޫމާތު ދީފައިވަނީ ލިވިންގ ވެލިއުސްއާ ގުޅޭގޮތުން ކަމަށް ފުލުހުން ވިދާޅުވިއެވެ. އަދި މިޕުރޮގުރާމުގެ ތެރެއިން ބެލެނިވެރިންނަށް އަމާޒުކޮށްގެންވަނީ ދަރިން ތަރުބިއްޔަތު ކުރުމުގައި ބެލެނިވެރިން ސަމާލުކަން ދޭންޖެހޭ ކަންކަމާއި ގުޅޭގޮތުން ދެ ސެޝަނެއް ކުރިއަށް ގެންގޮސްފައެވެ. މީގެ އިތުރުން ބެލެނިވެރިންނަށް ޓީމް ބިލްޑިންގ ހަރަކާތެއްވެސް ކުރިއަށް ގެންގޮސްފައިވާކަމަށް ފުލުހުން ވިދާޅުވިއެވެ.
މޮޅަދޫގައި ކުރިއަށް ގެންދިޔަ މި ޕްރޮގްރާމް ކުރިއަށް ގެންދިއުމުގައި މޮޅަދޫ ކައުންސިލާއި މޮޅަދޫ ސްކޫލު އަދި އެރަށު ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ބޮޑު އެއްބާރުލުމެއް ލިބިފައި ވާކަން ފާހަގަ ކުރައްއްވައެވެ.
ގުޅުން ހުރެދާނެ ލިޔުން
އިހަވަންދޫއަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނުކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފި
4 - ސެޕްޓެމްބަރު - 2026
ލޯކަލް ޓްރޭޑަރސް ފަޅާލައި ވައްކަން ކޮށްފި
26 - އޮގަސްޓު - 2026
ފޮޓޯ: ލޯކަލްޓްރޭޑަރސް ފަޅާލައި ވައްކަންކުރުން
26 - އޮގަސްޓު - 2026
ރިކްޒާންގެ ތާރީޚީ 'ސައްޕަކުން' ކޮމްބިނޭޝަން ބަލިކޮށް، 5 ވަނަ ފަހަރަށް އިންޓަރ އޮފީސް ފުޓްސަލް ޗެލެންޖް ޕޮލިސް ކާމިޔާބުކޮށްފި!
18 - ޖުލައި - 2026
އިންޓަރ އޮފީސް ފުޓްސަލް ޗެލެންޖް 2026: ފައިނަލްގައި މިރޭ ޕޮލިހާއި ކޮމްބިނޭޝަން ވާދަކުރާނެ!
18 - ޖުލައި - 2026
ވާދަވެރި ޕޮލިހާއި ފެނަކައިގެ މެޗުން އިންޓަރ އޮފީސް ފުޓްސަލް ޗެލެންޖް މާދަމަރޭ ފަށަނީ...
9 - ޖުލައި - 2026
"އަޑުނީވޭތީ" މޮޅަދޫ ރައްޔިތުން ނުކުމެ، ރަށްގިރުމުގެ ކަންބޮޑުވުން ފާޅުކޮށްފި!
21 - ޖޫން - 2026
މޮޅަދޫ އާދަޔާ ހިލާފަށް ގިރާތީ ކައުންސިލްގެ ކަންބޮޑުވުން އިންތިހާއަށް!
5 - ޖޫން - 2026
މޮޅަދޫ ކައުންސިލްގެ އައު 'ބްރޭންޑް އައިޑެންޓިޓީ' އާންމުކޮށްފި!
9 - އޭޕްރީލް - 2026
އިހަވަންދޫ ދާއިރާގެ 22 ގޮނޑިން އެމްޑީޕީއަށް 15، މިނިވަން ކެނޑިޑޭޓުންނަށް 6، ޕީއެންސީއަށް އެންމެ ގޮނޑިއެއް!
6 - އޭޕްރީލް - 2026
ކޮމެންޓް
އަދި ކޮމެންޓެއް ނެތް