މޮޅަދޫ ކައުންސިލްގެ އައު 'ބްރޭންޑް އައިޑެންޓިޓީ' އާންމުކޮށްފި!
މޮޅަދޫ ކައުންސިލްގެ އައު 'ބްރޭންޑް އައިޑެންޓިޓީ' އާންމުކޮށްފިއެވެ. މޮޅަދޫގެ ގުދުރަތީ މުއްސަނދިކަމާއި، ރަށުވަންތަކަން އަދި އެރަށުގެ ރައްޔިތުންގެ އެއްބައިވަންތަކަމާއި ހިތްހެޔޮކަން އެކައުންސިލުން އާންމުކޮށްފައިވާ ބްރޭންޑް އައިޑެންޓިޓީއިން ދައްކުވައިދިނުމަށް މަސައްކަތް ކޮށްފައިވެއެވެ.
އަލަށް އާންމުކުރި މޮޅަދޫ ކައުންސިލްގެ ލޯގޯގައި، އިރަކާއި، ވެލައެއް، ފަތެއް އަދި ރަށުގެ ބައްޓަމާއި ރަށުގެ މޫދު އަދި މަޝްހޫރު ތުނޑި ރަމްޒުކޮށްދީފައިވެއެވެ.
އިރު: އިރުއަރާ ވަގުތާއި އިރު އޮއްސޭ ވަގުތަކީ މޮޅަދޫގަ ހުރެ އިހްސާސްކޮށްލަން ލިބޭ އުފާވެރި އިތްއެދޭ ވަގުތުތަކެކެވެ. ހާއްސަކޮށް އިރުއޮއްސޭ ވަގުތުގައި އެރަށުގެ ތުނޑީކޮޅަށްގޮސް އިރުއޮއްސެހޭ ހިތްގައިމު މަންޒަރު ބަލައިލުމަށް ގޮސް އުޅެއެވެ.
ވެލާ: މޮޅަދޫއަކީ ޒަމާނުންސުރެ ވެލާ އަރާ ރަށެކެވެ. އެރަށް ރަމްޒުކޮށްދޭ މޮނިއުމަންޓްގައިވެސް ވެލޭ ބޭނުންކޮށްފައިވެއެވެ. މޮޅަދޫ ފަޅުތެރޭގައި ގިނަ އަދަދަކަށް ވެލާ އާލާވާއިރު، އެރަށު ފަޅުތެރޭގައި ހުންނަ މޫދުވިނައަކީ ވެލާގެ ކާނާއަކަށްވުމުން،، އެރަށު ފަޅުތެރޭގައި ގިނަ އަދަދެއްގެ ވެލާ އަބަދުވެސް އުޅެއެވެ.
ރަށުގެ ބައްޓަން: ލޯގޯގައި ހަމަނާފައިވާ ވެލާގެ ގާބައިން ރަމްޒު ކޮށްދެނީ މޮޅަދޫގެ ބައްޓަމެވެ. އެރަށުގެ މަތިން އޭރިޔަލް ފޮޓޯއެއް ނެގުމުން އެރަށް ފެންނަން އޮންނަގޮތެވެ.
ފަތް: ލޯގޯގައި ހިމަނާފައިވާ ފަތުން ސިފަކޮށްދެނީ މޮޅަދޫގެ އެންމެ ޕްރައިމް އެއް ލޮކޭޝަން ކަމަށްވާ އެރަށުގެ ކުޅިއެވެ. މޮޅަދޫ މެންގްރޫވްސް ބަލައިލަން އެރަށް ޒިޔާރަތްކުރާ ކޮންމެ މީހަކުވެސް ޒިޔާރަތްކުރާނެކަން ޔަޤީނެވެ.
މޫދު އަދި ތުނޑި: ލޯގޯގައި މިބައި ސިފަ ކޮށްފައިވަނީ މޫދެއްގެ ސިފަޔާއިއެކު ދިންވެލި ތުނޑީގައި އެޅިފައި ހުންނަ ޕެޓާންއެވެ. ހއ އަތޮޅުގެ އެކި ރަށްތަކުގެ މީހުން ޕިކްނިކަށް ޒިޔާރަތްކުރާ މޮޅަދޫގެ މޫދާއި ތުނޑިއަކީ އެރަށަށް ލިބިފައިވާ ގުދުރަތީ ހާއްސަ ސިފައެކެވެ.
މޮޅަދޫ ކައުންސިލްގެ އައު 'ބްރޭންޑް އައިޑެންޓިޓީ' ގައި ހިމެނެނީ ހަމައެކަނި ލޯގޯއެއް ނޫނެވެ. ކައުންސިލް ލޯގޯގެ އިތުރުން ރަށުގެ ބްރޭންޑްގެ ގޮތުގައި "ދި ޓާޓަލް އައިލެންޑްގެ ސްލޯގަންވެސް ވަނީ އާންމުކޮށްފައެވެ. އަދި ލޯގޯ ބޭނުންކުރެވޭނެ ގޮތުގެ އެކިއެކި މިކަޕްތައްވެސްވަނީ އާންމުކޮށްފައެވެ.
މޮޅަދޫ ކައުންސިލްގެ އައު 'ބްރޭންޑް އައިޑެންޓިޓީ' ޑިޒައިން ކޮށްފައިވަނީ ހއ. އިހަވަންދޫ ޗާންދަނީގޭ ހަސަން މާޖިދުއެވެ.
ގުޅުން ހުރެދާނެ ލިޔުން
"އަޑުނީވޭތީ" މޮޅަދޫ ރައްޔިތުން ނުކުމެ، ރަށްގިރުމުގެ ކަންބޮޑުވުން ފާޅުކޮށްފި!
21 - ޖޫން - 2026
މޮޅަދޫ އާދަޔާ ހިލާފަށް ގިރާތީ ކައުންސިލްގެ ކަންބޮޑުވުން އިންތިހާއަށް!
5 - ޖޫން - 2026
އިހަވަންދޫ ދާއިރާގެ 22 ގޮނޑިން އެމްޑީޕީއަށް 15، މިނިވަން ކެނޑިޑޭޓުންނަށް 6، ޕީއެންސީއަށް އެންމެ ގޮނޑިއެއް!
6 - އޭޕްރީލް - 2026
ނޫރު މަދަހަ މުބާރާތުގެ ތިންވަނަ ސީޒަންގެ އެއްވަނަ ފާތިމަތު ތޫބާ ހޯދައިފި
5 - މާރިޗު - 2026
ނޫރު މަދަހަ މުބާރާތުގެ 3 ވަނަ ސީޒަން ފަށައިފި
2 - މާރިޗު - 2026
މޮޅަދޫ ޑަބްލިޔުޑީސީގެ ހުރިހާ ގޮނޑިއެއް އިންތިޚާބަކާ ނުލައި އެމްޑީޕީއަށް
15 - ފެބްރުއަރީ - 2026
ނޫރު މަދަހަ މުބާރާތް އިހަވަންދިއްޕޮޅަށް ހުޅުވާލައިފި: އެއްވަނައަށް އުމުރާ ދަތުރަކާއި 6000 ރުފިޔާ
6 - ފެބްރުއަރީ - 2026
ސިނާދު ދެވަނަ ދައުރަކަށް ކުރިމަތިލައްވަނީ
23 - ޖެނުއަރީ - 2026
އިހަވަންދޫ، ހޯރަފުށި، ދިއްދޫ، ބާރަށް އަދި މޮޅަދޫ ހިމެނޭހެން 56 ރަށަކަށް އެމްބިއުލާންސް ހަވާލުކޮށްފި
18 - ޖެނުއަރީ - 2026
ހަހެތި ޔޫތު ފުޓްސަލް ޗެލެންޖް 2025: ޗެމްޕިއަން ޓީމަކަށް މޮޅަދޫ ޔަންގް ބްލަޑް
31 - ޑިސެމްބަރު - 2025
ކޮމެންޓް
އަދި ކޮމެންޓެއް ނެތް