ޚަބަރު

ލޯކަލް ޓްރޭޑަރސް ފަޅާލައި ވައްކަން ކޮށްފި

ލޯކަލް ޓްރޭޑަރސް ފަޅާލައި ވައްކަން ކޮށްފި

ލޯކަލްޓްރޭޑަރސް އިން ވައްކަން ކުރުމަށްވަނުމަށް، ބިއްލޫރިގަނޑު ތަޅާލާފައި.

Advertisement Advertisement

އިހަވަންދޫ ކައުންސިލުން ތަރައްޤީކޮށްފައިވާ، އިމަށި (އިރުމަތީ މަސްކަނޑާ އަށި) ގައި ހިންގާ ލޯކަލް ޓްރޭޑާސްގެ ބިއްލޫރި ގަނޑު ތަޅާލައި ވައްކަން ކޮށްފިއެވެ. 

ބެލެވޭ ގޮތުގައި އެ ފަހާރައިން ވައްކަން ކޮށްފައިވަނީ ރޭގެ ވަގުތެއްގައެވެ. ނަމަވެސް ވައްކަން ކޮށްފައިވާކަން އެނގުނީ، އެފިހާރަ އޮޕަރޭޓްކުރާ އަހްމަދު ރިޞްވާން މިއަދު ހެނދުނު 11:15 ހާއިރު ފިހާރަޔަށް އައުމުންނެވެ. އެފިހާރައިން ވައްކަން ކޮށްފައިވަނީ، ފިހާރައިގެ އުތުރު ފަރާތުގައިހުރި ސާވިސް ވިންޑޯގެ އެއްފަޅީގެ ބިއްލޫރިގަނޑު ތަޅާލައިގެން، އެތަނުގެ ތަނޑު ނައްޓައި ވަދެގެންނެވެ. ބެލެވޭ ގޮތުގައި ބިއްލޫރިގަނޑު ތަޅާލާފައިވަނީ ގާބުރިއެއް ފަދަ އެއްޗެއް ބޭނުންކޮށްގެންނެވެ. 

އަހްމަދު ރިޞްވާން މައުލޫމާތު ދިންގޮތުގައި، އެފިހާރަ ފަޅާލައި ވަތްފަނޑުގައި އޮތް 100ރ ގެ އިތުރުން ބައެއް ކާބޯތަކެތިވަނީ ވަގަށް ނަގާފައެވެ. ލޯކަލް ޓްރޭޑަރސް އަކީ އެހާ އަގުހުރި މުދާ ހުންނަ ފިހާރައެއް ނޫނެވެ. އާނމުކޮށް އެތަނުން ވިއްކަނީ ލުއިކާނާއާއި ބައެއްކަހަލަ ކާބޯ ތަކެއްޗެކެވެ. 

އެހާދިސާ ތަހްޤީގުކުރުމަށް ފުލުހުން މިހާރު އަންނަނީ އެސަރަހައްދުގައި ހަރަކާތްތެރިވަމުންނެވެ. 

ގުޅުންހުރި ފޮޓޯ:

 

ކޮމެންޓް

އަދި ކޮމެންޓެއް ނެތް