މޮޅަދޫ އާދަޔާ ހިލާފަށް ގިރާތީ ކައުންސިލްގެ ކަންބޮޑުވުން އިންތިހާއަށް!
ހއ. މޮޅަދޫގެ ހުޅަނގު ދެކުނު ފަރާތު ގޮނޑުދޮށް އާދަޔާ ހިލާފަށް ގިރަމުންދާތީ، އެކަމުގެ ކަންބޮޑުވުން އެ ރަށު ކައުންސިލުން ފާޅުކޮށްފިއެވެ. މޮޅަދޫ ކައުންސިލުން މިކަމާ ގުޅޭގޮތުން އަޑުއުފުލާފައިވަނީ މިއަދު ފާހަގަކުރަމުންދާ ދުނިޔޭގެ ތިމާވެށީގެ ދުވަހާ ގުޅުވައިގެން ސޯޝަލް މީޑިއާގައި އާންމުކުރި ޕޯސްޓެއްގައެވެ.
އެ ރަށު ކައުންސިލުން ބުނީ، މޮޅަދޫގެ ދެކުނުފަރާތު ގޮނޑުދޮށް އާދަޔާ ހިލާފަށް ގިރައި، ތިމާވެއްޓަށް ބޮޑެތި ގެއްލުންތަކެއް ލިބެމުންދާ ކަމަށެވެ. އެހެންކަމުން، މި މައްސަލައަށް އަވަސް ހައްލެއް ހޯދައިދިނުމަށް ކަމާގުޅުންހުރި ސަރުކާރުގެ އިދާރާތަކަށް ކައުންސިލުން ވަނީ އިލްތިމާސްކޮށްފައެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި، އެ ރަށުން އެންމެ ބޮޑަށް ގިރަމުންދަނީ ރަށުގެ ބަނދަރުން ދެކުނަށް އޮތް ސަރަހައްދެވެ. މޮޅަދޫއަކީ ބިން ބޮޑު، އާބާދީ މަދު ރަށެއް ނަމަވެސް، ރަށުގެ މީހުން ދިރިއުޅޭ ސަރަހައްދަކީ މިހާރު ގިރަމުންދާ ސަރަހައްދެވެ. މިގޮތަށް ހުއްޓުމެއްނެތި ރަށް ގިރަމުންދާނަމަ، އެ ސަރަހައްދުގެ ހިތްގައިމު ގޮނޑުދޮށް ހަލާކުވެ، މީހުން ދިރިއުޅޭ ގެދޮރަށް އޭގެ ނޭދެވޭ އަސަރު ފޯރުމުގެ ބިރު ބޮޑުވެފައިވާ ކަމަށް ރަށުގެ ރައްޔިތުން ފާހަގަކުރެއެވެ.
މޮޅަދޫއަކީ ހއ. އަތޮޅުގައި އެންމެ ފަހުން ބަނދަރެއް ހަދަން ފެށި ރަށެވެ. އެ ރަށުގެ ބަނދަރު ހެދުމުގެ މަސައްކަތް 8 ސެޕްޓެމްބަރު 2019 ގައި 26 މިލިއަން ރުފިޔާއަށް ހަވާލުކުރީ ސެނޮކް ޓްރޭޑް ކޮމްބައިން ޕްރައިވެޓް ލިމިޓެޑާއެވެ. 645 ފޫޓު ދިގު އަދި 250 ފޫޓު ފުޅާ މި ބަނދަރުގެ މަސައްކަތް ނިންމައި، ރަސްމީކޮށް ހުޅުއްވައިދެއްވީ 19 ޖުލައި 2023 ގައި އޭރުގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހެވެ.
ބަނދަރާއެކު ރަށުގެ ލަފާފުރުމުގެ ދަތިކަމަށް ބޮޑު ލުޔެއް ލިބިގެންދިޔަ ނަމަވެސް، ބަނދަރު ހެދިފަހުން ރަށްގިރުމުގެ މައްސަލަ އާދަޔާ ހިލާފަށް ބޮޑުވެފައިވާކަން ކައުންސިލުންނާއި ރައްޔިތުން ފާހަގަކުރެއެވެ. މިކަމުގެ ސަބަބުން ރަށުގެ ގުދުރަތީ ރީތިކަން ގެއްލި، ރަށުގެ އުމްރާނީ ތަރައްގީއަށްވެސް ވަނީ ނުރައްކާ ކުރިމަތިވެފައެވެ. މޮޅަދޫ އަކީ ހއ އަތޮޅުގައި މީހުން ދިރިއުޅޭ ރަށްތަކުގެ ތެރެއިން ގުދުރަތީ ގޮތުން އެންމެ ރީތި އެއް ރަށެވެ. އެރަށުގައި ހިތްގައިމު ތުނޑިއަކާއި ކުޅިއެއް އޮވެއެވެ. އަދި އެއީ ރާއްޖޭގެ ނިސްބަތުންވެސް ގިނަ އަދަދަކަށް ވެލާ އަރާ ރަށެކެވެ.
ގުޅުން ހުރެދާނެ ލިޔުން
"އަޑުނީވޭތީ" މޮޅަދޫ ރައްޔިތުން ނުކުމެ، ރަށްގިރުމުގެ ކަންބޮޑުވުން ފާޅުކޮށްފި!
21 - ޖޫން - 2026
މޮޅަދޫ ކައުންސިލްގެ އައު 'ބްރޭންޑް އައިޑެންޓިޓީ' އާންމުކޮށްފި!
9 - އޭޕްރީލް - 2026
އިހަވަންދޫ ދާއިރާގެ 22 ގޮނޑިން އެމްޑީޕީއަށް 15، މިނިވަން ކެނޑިޑޭޓުންނަށް 6، ޕީއެންސީއަށް އެންމެ ގޮނޑިއެއް!
6 - އޭޕްރީލް - 2026
ނޫރު މަދަހަ މުބާރާތުގެ ތިންވަނަ ސީޒަންގެ އެއްވަނަ ފާތިމަތު ތޫބާ ހޯދައިފި
5 - މާރިޗު - 2026
ނޫރު މަދަހަ މުބާރާތުގެ 3 ވަނަ ސީޒަން ފަށައިފި
2 - މާރިޗު - 2026
މޮޅަދޫ ޑަބްލިޔުޑީސީގެ ހުރިހާ ގޮނޑިއެއް އިންތިޚާބަކާ ނުލައި އެމްޑީޕީއަށް
15 - ފެބްރުއަރީ - 2026
ނޫރު މަދަހަ މުބާރާތް އިހަވަންދިއްޕޮޅަށް ހުޅުވާލައިފި: އެއްވަނައަށް އުމުރާ ދަތުރަކާއި 6000 ރުފިޔާ
6 - ފެބްރުއަރީ - 2026
ސިނާދު ދެވަނަ ދައުރަކަށް ކުރިމަތިލައްވަނީ
23 - ޖެނުއަރީ - 2026
އިހަވަންދޫ، ހޯރަފުށި، ދިއްދޫ، ބާރަށް އަދި މޮޅަދޫ ހިމެނޭހެން 56 ރަށަކަށް އެމްބިއުލާންސް ހަވާލުކޮށްފި
18 - ޖެނުއަރީ - 2026
ހަހެތި ޔޫތު ފުޓްސަލް ޗެލެންޖް 2025: ޗެމްޕިއަން ޓީމަކަށް މޮޅަދޫ ޔަންގް ބްލަޑް
31 - ޑިސެމްބަރު - 2025
ކޮމެންޓް
އަދި ކޮމެންޓެއް ނެތް