އެމްޓީސީސީން އޮތީ ވެލި އަޅާދޭގޮތަށް، ކައުންސިލުން ގޮތެއް ނިންމާނީ މަޝްވަރާއަށްފަހު
އިހަވަންދޫއިން އަލަށް ދޫކުރި 200 ގެވަޅަށް ވެލިއެޅުމުގައި އެހީތެރިވެދޭނެކަމަށް، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) ގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވެއްޖެއެވެ. އާދަމް އާޒިމް މިހެން ވިދާޅުވީ، އިއްޔަ އިހަވަންދޫ ކައުންސިލާއި ބައްދަލުކުރައްވައި ދެއްކެވި ވާހަކާގައެވެ.
އިއްޔަގެ ބައްދަލުވުމަށްފަހު އިހަވަންދޫ ދާއިރާގެ އިއްޒަތްތެރި މެމްބަރު މުހައްމަދު ޝިފާއު ވިދާޅުވީ، އިހަވަންދޫއިން އަލަށް ދޫކުރެވުނު 200 ގޯއްޗަށް، ވެލި އަޅަންވީ ގޯތިތައް ކައުންސިލުން އެންގުމުން، ވެލިއަޅާދޭނެ ކަމަށްވަނީ އެމްޓީސީސީގެ ސީއީއޯ ވިދާޅުވެފައިވާކަމަށާ އެކަމަށް އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމަށް ޝުކުރު އަދާކުރައްވާކަމުގައެވެ.
އިހަވަންދޫ ކައުންސިލުންވަނީ ބަނދަރުގައިހުރި ވެލިފޫނިން ވެލި ބޭނުންވާ ފަރާތްތަކުން ނަންނޯޓްކުރުމަށް މިއަހަރުގެ މެއި މަހުގެ 17 ވަނަ ދުވަހު ޢިއުލަނުކޮށްފައެވެ. ނަމަވެސް އެއިއުލާނާއި ގުޅިގެން މިހާތަނަށް ވެލި ދޫކުރާކަށް ނުފަށެވެ.
މިކަމާ ގުޅިގެން އިހަވަންދޫ ކައުންސިލްގެ ރައީސް އަހްމަދު ސޮބާހްއާއި ސުވާލުކުރުމުން ވިދާޅުވީ، 2021 ވަނަ އަހަރުގެ ޖުލައި މަހުން ފެށިގެން އަލަށް ގޯތި ދޫކުރި ސަރަހައްދަށް ވެލިއެޅުމަށް ކައުންސިލް ދަނީ އެދެމުންކަމަށާއި، 2022 އަދި 2023 ވަނަ އަހަރުވެސް އެކަމަށްވަނީ އެދިފަކަމުގައެވެ. "ކައުންސިލާއެކު މިއަދު ބޭއްވި ބައްދަލުވުމުގައި MTCC ސީއެސްއާރު ދަށުން ކުރުމަށް އެބަސްވެފައިވާ ގިނަކަންކަން ނުހިނގާތީ އެގޮތުން ލައިސެންސް ޓްރެކު އަދި އަލަށް ގޯތި ދޫކުރި ސަރަހައްދަށް ވެލި ނާޅާދިން މައްސަލާގައި ކައުންސިލް މެނަބަރުން ހިތްހަމަނުޖެހުން ފާޅުކުރުމުން އެކަން ކޮއްދެއްވާނެކަމަށް ވަނީ ފާހަގަކޮފަ" ސޮބާހް ވިދާޅުވިއެވެ.
ސޮބާހް އިތުރަށް ވިދާޅުވީ ކައުންސިލުންއެ ވެލިދުކުރުމަށް މިހާރު ވާނީ ގޮތްތަކެއް ނިންމާ އެކަން ރައްޔިތުން އަންގާފަ ކަމަށާ، މިހަފުތާ ތެރޭ ވެލި ދޫކުރުމަށް ފެށޭނެކަމުގައެވެ. ސޮބާހް ވިދާޅުވީ ދެން އެކަމުގަ އެއްޗެއް ދަންނަވަން އެނގޭނީ ކައުންސިލް މަޝްވަރާކޮށްފަކަމުގައެވެ. ކައުންސިލް ވިސްނުމަކީ އަވަހަށް ވެލި ދޫކުރުންކަން ސޮބާހް ފާހަގަކުރެއްވިއެވެ.
ގުޅުން ހުރެދާނެ ލިޔުން
ކައުންސިލުން 5 ލައްކައެއްހާ ރުފިޔާ ހަރަދުކޮށްގެންހެދި އެއްގަމު ލައިސަންސް ޓްރެކް ހުޅުވައިފި
21 - ފެބްރުއަރީ - 2024
ހިއްކި ބިމުން 3 ހެކްޓަރު ގިރާލައިފި – ރިލްވާން
15 - ނޮވެމްބަރު - 2023
އެމްޓީސީސީގެ ޖަވާބެއް ނުލިބުނުކަމަށްބުނެ ކައުންސިލުން ވެލި ދޫކުރަން ފަށަނީ
7 - ސެޕްޓެމްބަރު - 2023
އެމްބިއުލާންސަށް ދަތިވާކަމަށްބުނެ އެމްޑީޕީގެ ދިދަތަކެއް ނަގަން އުޅުމުން ހަމަނުޖެހުން
31 - އޮގަސްޓު - 2023
ލައިސަންސް ޓްރެކްގެ ނުނިމިހުރި މަސައްކަތް ފެނައާރާ ހަވާލުކޮށްފި
2 - ޖޫން - 2023
ސަރުކާރުގެ ބޭނުންތަކަށް ބިންދޫކުރުމުގައި ކައުންސިލްގެ ސްޑޭންޑް ހާމަކޮށްފި
17 - މޭ - 2023
އިހަވަންދޫ ހޮސްޕިޓަލުގެ މަސައްކަތް ހުއްޓުވުމުގައި އިހަވަންދޫ ކައުންސިލްގެ ދައުރު އެބައޮތް
24 - އޭޕްރީލް - 2023
އިހަވަންދޫ، މާރަންދޫ އަދި މޮޅަދޫ ރައްޔިތުން ޔާމިނަކީ ވަގެއްކަމަށް ޤަބޫލުކުރޭ – ޝިފާއު
30 - ޑިސެމްބަރު - 2022
ދަނޑުގެ ވަށައިގޮން އޮތް ސަރަހައްދު ސާފުކޮށް ވެލި ޓްރެކެއް ހަދަނީ
23 - އޮކްޓޯބަރު - 2022
ސީ.އެމް.ސީ ބަލިކޮށް ޕޮލިސް ފައިނަލަށް
13 - އޮކްޓޯބަރު - 2022
ކޮމެންޓް
އަދި ކޮމެންޓެއް ނެތް