އެމްބިއުލާންސަށް ދަތިވާކަމަށްބުނެ އެމްޑީޕީގެ ދިދަތަކެއް ނަގަން އުޅުމުން ހަމަނުޖެހުން
އިހަވަންދޫއަށް އަރާފައިބަން ހާއްސަކޮށްފައިވާ ސިޑިއަށް ގާތްކުރުމަށް އެމްބިއުލާންސަށް ދިތިވާކަމަށްބުނެ، އިހަވަންދޫ ކައުންސިލުން އެމްޑީޕީއިން ޖަހާފައިވާ ދިދަދަނޑިތަކެއް ނަގަން އުޅުމުން ހަމަނުޖެހުން އުފެދިއްޖެއެވެ. މިހަމަނުޖެހުމުގައި އެމްޑީޕީގެ އެކްޓިވިސްޓަކު ބޮޑު މަރުތޭލެއް ހޫރާލާފައިވާއިރު، ކައުންސިލްގެ ކޮންޓްރެކްޓް ބައެއް މުވައްޒަފުންވަނީ ކައުންސިލްގެ ރަސްމީ މަސައްކަތުގައި އުޅެމުން ރައްޔިތުންނާ ދިމާލަށް އަވަގުރާނަ ގޮވާފައެވެ. އަދި ބައެއް ކައުންސިލަރުންވެސްވަނީ ކައުންސިލްގެ ޔުނީފޯމްގައިތިބެ ޒުވާބު ކޮށްފައެވެ.
މިކަމާ ގުޅިގެން ކައުންސިލް މެމްބަރު މުހައްމަދު ޒާހިރު ހަސަން ސޯސަލް މީޑިއާގައި ބުނެފައިވަނީ، ބަނދަރުގައި މިހާރު ރަސްމީކޮށް ބޭނުންކުރާސިޑި ސަރަހައްދަށް ވާޓިކަލް ބެނާ 3 ޕާޓީޔަކުން ޖަހާފާ ހުރުމުން ބަލިހާލުދެރަވެ ސީއެމްބިއުލަންސުގަ ގެންދާ ބަލިމީހާ ގޮވާގެންދާ އެމްބިއުލަންސަށް ޕޭމަންޓަށް ނޭރި އަދި ބަލިމީހާ އުފުއްލާ އަށިގަނޑު އުފުލުމަށް ދަތި ވުމުން 3 ޕާޓީއަށް ކައުންސިލުން ސިޑި ހިމެނޭ ސަރަހައްދުން ވަކިހިސާބެއް ކަނޑައަޅާ ވާޓިކަލް ބެނާތަށް ނަގާ ދިނުމަށް އެދުމުން އެމްޑީޕީ ފިޔަވާ އެހެންޕާޓީތަކުން އެކަން ވަގުތުން ކޮއްދިން ނަމަވެސް ތަކުރާރު ކޮން އެދުމުންވެސް އެމްޑީޕީން އެބެނާތައް ނުނެގިކަމުގައެވެ.
ރައްޔިތުންގެ މަޖިލީހުގެ އިއްޒަތްތެރި މެމްބަރު މުހައްމަދު ޝިފާއު ވިދާޅުވީ، މިއަދު މައްސަލަ އުފެދުނީ އެމްބިއުލާންސަށް ދަތިކަމެއްނެތި ސިޑިއާ ގާތްކުރެވޭވަރަށް ޖާގަ އެސަރަހައްދުން ހަދާފައިއޮށްވާ، އެމްބިއުލާންސް ވެއްދޭނެޖާގަ އެސަރަހައްދުގައި ނެތްކަމަށްބުނެ، އެމްޑީޕީގެ ދިދަތައް ކައުންސިލުން ނަގަން އުޅުމުންކަމުގައެވެ. "ފުލުހުންނާއި ހެލްތް ސެންޓަރުގެ ވެރިން އެދުނުގޮތަށް ޖާގަ ހަދާފަ އިއްޔަ ހޮޅި ޖަހާފަ ހުންނާނީ" ޝިފާއު ވިދާޅުވިއެވެ.
ސިޔާސީ ޕާޓީތަކުގެ ދިދަ އަދި ބެނާތަކާއި ގިޑިގެތަކުން އިހަވަންދޫ ބަނދަރުސަރަހައްދު މިހާރުވަނީ ފުރާލައިފައެވެ. އެފަދަ ތަކެތި އެސަރަހައްދުގައި ޖަހާފައިވަނީ ބަނދަރު ބޭނުންކުރާ ފަރާތްތަކަށާއި، ޓްރެފިކަށްވެސް ދަތިވާވަރަށެވެ. މަގަތު ފާލަމާއި އިންވެގެން، އޯގަސްޓް 18 އިން ފެށިގެން އޯގަސްޓް 23 އާއި ހަމަޔަށް، އެމްބިއުލާންސް ފަދަ އުޅަނދުފަހަރުވެސް ސިޑިއާއި ގާތްކުރަންދަތިވާ ވަރަށް އޮތީ ވާޓިކަލް ބެނަރ ޖަހާފައެވެ. ނަމަވެސް ބައެއް ވާޓިކަލް ބެނަރ ނަގާފައިވާތީ އެސަރަހައްދު މިހާރު އޮތީ އެފަދަ އުޅަނދަށް ގާތްކުރެވޭ ގޮތަށެވެ.
ގުޅުން ހުރެދާނެ ލިޔުން
އޯޕަން ސްޓޭޖް ކުރިންހުރި ގޮތަށް އިޢާދަކުރުމަށާއި، ކައުންސިލުން ކޮށްފައިވާ ޖޫރިމަނާ ދެއްކުމަށް އެމްޑީޕީގެ މައްޗަށް ޙުކުމްކޮށްފި
12 - ފެބްރުއަރީ - 2024
އޯޕަން ސްޓޭޖް ކުރިންހުރި ގޮތަށް އިޢާދަކުރުމަށް އެމްޑީޕީގެ މައްޗަށް ވަގުތީ އަމުރެއް ނުނެރުނު
7 - ނޮވެމްބަރު - 2023
އެމްޑީޕީއަށް އިދާރީގޮތުން ދެންޖެހޭ ހިދުމަތްތަކާ ހުއްދަތަތައް ދިނުން ހުއްޓާލާނެކަން އިހަވަންދޫ ކައުންސިލުން އަންގައިފި
19 - އޮގަސްޓު - 2023
އެމްޓީސީސީން އޮތީ ވެލި އަޅާދޭގޮތަށް، ކައުންސިލުން ގޮތެއް ނިންމާނީ މަޝްވަރާއަށްފަހު
10 - ޖުލައި - 2023
ސަރުކާރުގެ ބޭނުންތަކަށް ބިންދޫކުރުމުގައި ކައުންސިލްގެ ސްޑޭންޑް ހާމަކޮށްފި
17 - މޭ - 2023
އިހަވަންދޫ ހޮސްޕިޓަލުގެ މަސައްކަތް ހުއްޓުވުމުގައި އިހަވަންދޫ ކައުންސިލްގެ ދައުރު އެބައޮތް
24 - އޭޕްރީލް - 2023
އިހަވަންދޫ، މާރަންދޫ އަދި މޮޅަދޫ ރައްޔިތުން ޔާމިނަކީ ވަގެއްކަމަށް ޤަބޫލުކުރޭ – ޝިފާއު
30 - ޑިސެމްބަރު - 2022
މެމްބަރާއެކު ތިން މުއައްސަސާއެއް ހިމެނޭގޮތަށް މަޝްވަރާ ބައްދަލުވުމެއް
11 - ސެޕްޓެމްބަރު - 2020
ކައުންސިލް މެމްބަރު ރިޟްވާން އެމްޑީޕީ ދޫކޮށް ޕީޕީއެމް އަށް
26 - ޖެނުއަރީ - 2020
އިހަވަންދޫން ބިން ކުއްޔަށް ދޫކުރަން ކުރި އިޢުލާންތައް ބާތިލްކޮށްފި!
25 - ޖޫން - 2026
ކޮމެންޓް
އަދި ކޮމެންޓެއް ނެތް