ސަރުކާރުގެ ބޭނުންތަކަށް ބިންދޫކުރުމުގައި ކައުންސިލްގެ ސްޑޭންޑް ހާމަކޮށްފި
އިހަވަންދޫ ކައުންސުލްގެ އިހްތިސާސް ހިނގާ ސަރަހައްދުތަކުން ސަރުކާރުގެ ބޭނުމަށް ބިން ދޫކުރުމުގައި، އިހަވަންދޫ ކައުންސިލުން ގެންގުޅޭ ސްޓޭންޑް ހާމަކޮށްފިއެވެ.
މިމަހުގެ 11 ވަނަ ދުވަހުގެރޭ އިހަވަންދޫ ކައުންސިލުން އާންމުކުރި ވީޑިއޯއެއްގައި، ކައުންސިލްގެ ރައީސް އަހްމަދު ސޮބާޙް ވިދާޅުވީ، މިހާރު ޤާނޫނަށް އައިސްފައިވާ ބަދަލުތަކާއިއެކު ކައުންސިލްގެ އިހްތިސާސްގެ ތެރޭގައި ހިމެނޭ ހުރިހާ ބިންތަކެއްވެސް އޮންނަނީ ކައުންސިލްގެ ބިންތަކެއްގެ ގޮތުގައި ކަމުގައެވެ. "އަދި އެއާއެއްކޮށް ޤަވާއިދުގައި ވަރަށް ރަނގަޅަށް މިކަން ބަޔާންކޮށްފަ އޮންނަކަން އަޅުގަނޑު ފާހަގަކޮށްލަން" ސޮބާހް އިތުރަށް ތަފްސީލް ކޮށްދެއްވިއެވެ. އެހެންކަމުން ކައުންސިލުން ބިންތައް (މިނިސްޓްރީތަކަށް) ދޫކުރާނީ، އެބިންތައް ކައުންސިލްގެ ބިންތަކެއްގެ ގޮތުގައި ރަޖިސްޓްރީ ކުރުމަށްފަހު، އެބިންތައް ބޭނުންކުރުމަށް (މިނިސްޓްރީ ތަކާއިއެކު) ހެދޭ އެއްބަސްވުމެއްގެ ދަށުންކަމަށް ސޮބާޙް ވިދާޅުވިއެވެ.
ބެލެވޭގޮތުގައި އިހަވަންދޫ ކައުސިލުން މިގޮތަށް ސްޓޭޑް ނަގާފައިމިވަނީ ބިމާބެހޭ ޤާނޫނުގެ 9 ވަނަ މާއްދާއަށް ރިއާޔަތް ކޮށެވެ. ނަމަވެސް އެމާއްދާއަކީ ބިންތައް ރަޖިސްޓްރީކުރުމާއި ގުޅޭ އުސޫލްތައް ބަޔާންކުރާ މާއްދާއެއްނޫނެވެ. މިނިސްޓްރީތަކާ ހަވާލުކުރެވޭ ބިންތައް ވިޔަފާރީގެ އުސޫލުން މުއާމަލާތު ކުރުމާބެހޭ ކަންކަން ބަޔާންކުރާ މާއްދާއެކެވެ.
އާނމުވެފައިވާ ބައެއް ލިޔުންތަކަށް ބަލާއިރު، ރައްޔިތުންނަށް ބޭނުންވާ އާސާސީ ހިދުމަތްތައް ދިނުމަށް ސަރުކާރަށް ބިންދޫކުރުމުގައި މިދައުރުގެ ކައުންސިލުން ގެންގުޅެމުންދަނީ އެސްޑޭންޑެވެ. އެގޮތުން މިއަހަރުގެ ފެބުރީމަހު ކައުންސިލުންވަނީ ހޮސްޕިޓަލް އަޅަން މިނިސްޓްރީއޮފް ހެލްތާއި ހަވާލުކޮށްފައިވާ ބިމުގެ ސައިޒަށް ބަދަލުގެނެސް އެބިން ކައުންސިލްގެ ބިމެއްގެ ގޮތުގައި ރަޖިސްޓްރީކޮށްފައެވެ.
ސަރުކާރުގެ ބޭނުންތަކަށް، އިހަވަންދޫއިން ބިން ދޫކުރުމުގައި އިހަވަންދޫ ކައުންސިލުން އަމަލުކުރަމުންދާގޮތާއިމެދު އިހަވަންދޫ ދާއިރާގެ އިއްޒަތްތެރި މެމްބަރު މުހައްމަދު ޝިފާއު، ސޯޝަލް މީޑިއާގައިދަނީ ވަރަށްބޮޑަށް ކައުންސިލަށް ފާޑުކިޔަމުންނެވެ.
ގުޅުން ހުރެދާނެ ލިޔުން
އެމްބިއުލާންސަށް ދަތިވާކަމަށްބުނެ އެމްޑީޕީގެ ދިދަތަކެއް ނަގަން އުޅުމުން ހަމަނުޖެހުން
31 - އޮގަސްޓު - 2023
އެމްޓީސީސީން އޮތީ ވެލި އަޅާދޭގޮތަށް، ކައުންސިލުން ގޮތެއް ނިންމާނީ މަޝްވަރާއަށްފަހު
10 - ޖުލައި - 2023
އިހަވަންދޫ ހޮސްޕިޓަލުގެ މަސައްކަތް ހުއްޓުވުމުގައި އިހަވަންދޫ ކައުންސިލްގެ ދައުރު އެބައޮތް
24 - އޭޕްރީލް - 2023
އިހަވަންދޫ، މާރަންދޫ އަދި މޮޅަދޫ ރައްޔިތުން ޔާމިނަކީ ވަގެއްކަމަށް ޤަބޫލުކުރޭ – ޝިފާއު
30 - ޑިސެމްބަރު - 2022
މެމްބަރާއެކު ތިން މުއައްސަސާއެއް ހިމެނޭގޮތަށް މަޝްވަރާ ބައްދަލުވުމެއް
11 - ސެޕްޓެމްބަރު - 2020
އިހަވަންދޫން ބިން ކުއްޔަށް ދޫކުރަން ކުރި އިޢުލާންތައް ބާތިލްކޮށްފި!
25 - ޖޫން - 2026
މިއަދުން ފެށިގެން މަހުބޮލާއި ގޮހޮރުވެސް އަޅަންޖެހޭނީ އެކަމަށް ހާއްސަ ކޮށްފައިވާ ސަރަހަށްދަށް!
9 - ޖެނުއަރީ - 2026
އިހަވަންދޫގައި ތައްޤީކުރުމަށް އެއްބަސްވުމުގައި ސޮއެކުރި ޑޮކްޔާޑް، ވަޖީހުއާއި ހަމައިން ހުއްޓުނީތަ؟
18 - ނޮވެމްބަރު - 2025
އެންވީކޭ ބަލިކޮށް ޔުނައިޓެޑް ޔޫތުން ކައުންސިލް ކަޕްގެ ޗެމްޕިއަންކަން ހޯދައިފި!
22 - އޮކްޓޯބަރު - 2025
ކައުންސިލް ކަޕްގެ ފައިނަލްގައި ވާދަވެރި އެންވީކޭ އަދި ޔުނައިޓެޑް ޔޫތުގެ ކުރިމަތިލުމެއް!
21 - އޮކްޓޯބަރު - 2025
ކޮމެންޓް
އަދި ކޮމެންޓެއް ނެތް