މިއަދުގެ މެޗްތަކުން ނާވައިދޫ، ކުޅިމަގު އަދި ޔުނައިޓެޑްޔޫތް މޮޅުވެއްޖެ
ދިރާގު ބޮޑުތިލަދުންމަތި ފުޓްސަލް ޖެލެންޖްގައި މިއަދު ކުޅުނު މެޗްތަކުން ޓީމް ނައިވާދޫ، ކުޅިމަގު އަދި ޔުނައިޓެޑްޔޫތް މޮޅުވެއްޖެއެވެ.
މިއަދު އެންމެ ވާދަވެރިކުޅުމެއްފެނުނީ ނައިވާދޫއާ އެންވީކޭ ބައްދަކުރި މެޗްގައެވެ. ގްރޫޕް އޭ ގެ ދެވަނާގައި އޮތް ނާވައިދޫ ވަނީ ވާދަވެރިކުޅުމަކަށްފަހު 2-1 ގެ ނަތީޖާއަކުން އެންވީކޭ ބަލިކޮށް ގްރޫޕްގެ އެއްވަނާގައި ހަމަޖެހިލާފައެވެ. ނަވާއިދޫގެ ގޯލްތައް ޖަހައިދިނީ އަހްމަދު ނިޔާޒް އަދި ހުސައިން އަސްލަމްއެވެ. އެންވީކޭގެ ގޯލް މުހައްމަދު ފަޒީލް ޖަހައިދިންއިރު މެޗްގެ މޮޅު ކުޅުންތެރިޔާއަށް ހޮވުނީ ނައިވާދޫގެ މުހައްމަދު އަސްލަމްއެވެ. މިމުބާރާތުގެ ގްރޫޕް ސްޓޭޖްގައި ނައިވާދޫއަށްވެސް އަދި އެންވީކޭއަށްވެސް ބާކީ އޮތީ އެންމެ މެޗެކެވެ. މިނަތީޖާއާއިއެކު މިހާރުވެސް 8 ޕޮއިންޓް ހޯދާފައިވާ ނައިވާދޫ ގްރޫޕް ސްޓޭޖްގެ ފަހު މެޗްގައި ކްލަބް އިރަމާޔާ އެއްވަރުކޮށްލައިގެންވެސް ސެމީފައިނަލަށް ދެވޭނެއެވެ. އަދި އެމެޗުން ބަލިވިނަމަވެސް އެހެންމެޗްތަކުގެ ނަތީޖާއަށް ބެލުމަށްފަހު ސެމީފައިނަލަށް ދިޔުމުގެ ފުރުސަތު އޮންނާނެއެވެ. ނަމަވެސް މިނަތީޖާއާއިއެކު ގްރޫޕް ސްޓޭޖްގެ ފަހު މެޗްގައި ޔުނައިޓެޑްޔޫތް ބަލިކުރަން އެންވީކޭއަށްވަނީ ގާތްގަނޑަކަށް މަޖުބޫރުވެފައެވެ.
މިއަދު ދެވަނައަށްކުޅުނު ގްރޫޕް ބީ ގެ މެޗްގައި ކުޅިމަގުން ފަސޭހަ ކަމާއިއެކު 5-1 ގެ ނަތީކާއަކުންވަނީ ޖޭއޭ މަނަފަރު ބަލިކޮށްފައެވެ. މިނަތީޖާއާއިއެކު ބާކީ 2 މެޗްއޮތް ކުޅިމަގަށް އެއްމެޗުން މޮޅުވެގެންވެސް ސެމީ ފައިނަލް ކަށަވަރު ކުރެވޭނެއެވެ. ނަމަވެސް އެނަތީޖާގެ ސަބަބުން މަނަފަރަށްވަނީ ގާތްގަނޑަކަށް މުބާރާތް ނިމިފައެވެ. އެމެޗްގައި ކުޅިމަގުގެ ޝިފާއު އަދި ޝަމްވީލް ކޮންމެ ކުޅުންތެރިޔަކު 2 ގޯލް ޖަހައިދިންއިރު ސާލިމްވެސް ގޯލެއް ޖެހިއެވެ. މަނަފަރުގެ ހަމައެކަނި ގޯލްޖެހީ އަސްލަމްއެވެ. މެޗްގެ މޮޅު ކުޅުންތެރިޔާއަށް ހޮވުނީ ކުޅިމަގުގެ މުހައްމަދު ޝަމްވީލްއެވެ.
މިއަދުގެ ފަހު މެޗްގައި ޔުނައިޓެޑް ޔޫތުންވަނީ އެޓީމްގެ ފެންވަރު ދައްކާލައި 7-1 އިން ކްލަބް އިރަމާ ބަލިކޮށްފައެވެ. މިނަތީޖާއާއިއެކު އިރަމާއަށް ސެމީފައިނަލަށް ދަތުރުކުރުމުގެ ދޮރު ބަންދުވެފައިވާއިރު، ޔުނައިޓެޑް ޔޫތަށްވަނީ ފުރުސަތު ތަނަވަސްވެފައެވެ. މިމެޗްގައި އިރަމާގެ ހަމައެކަނި ގޯލް ޖެހީ އެޓީމްގެ އިލްހާމްއެވެ. ޔުނައިޓެޑް ޔޫތްގެ ސައުދުﷲ، މުހައްމަދު އާދަމް، އިހްސާން މަންސޫރު އަދި ލަޔާން ކޮންމެ ކުޅުންތެރިޔަކު ގޯލެއް ޖެއިރު މެޗްގެ މޮޅު ކުޅުންތެރިޔާއަށް ހޮވުނު އަހްމަދު ހަލީމް އެޓީމަށް 3 ގޯލް ޖަހައި ހެޓްރިކް ހެދިއެވެ.
މާދަމާ މިމުބާރާތުގެ 2 މެޗެއް ކުޅޭނެއެވެ. ފުރަތަމަ މެޗްގައި ހަނިމާދޫ އަދި ކުޅިމަގު ބައްދަލުކުރާއިރު ފަހުމެޗްގައި މާރަންދޫ ޔޫތް ސޮސައިޓީ ނުކުންނާނީ ސެންސިޓީއާ ދެކޮޅަށެވެ.
ޔުނައިޓެޑް ޔޫތު
ކުލަބު ޕޯލްސްޓަރ
އެންވީކޭ
ކުޅިމަގު
ކްލަބް އިރަމާ
ސީޕީއެސް ސްޕޯރޓްސް އެންޑް ރެކްރިއޭޝަން ކްލަބް
ބޮޑުތިލަދުންމަތީ ފުޓްސަލް ޗެލެންޖް
ގުޅުން ހުރެދާނެ ލިޔުން
ޔުނައިޓެޑް ޔޫތަށް ފުރުސަތު ތަނަވަސްވިއިރު އެންވީކޭގެ އަމިއްލަބާރު ކެނޑިއްޖެ!
25 - ޖުލައި - 2023
ބޮޑުތިލަދުންމަތި ފުޓްސަލް ޗެލެންޖް 2024 ގައި ބައިވެރިވީ 9 ޓީމެއް
7 - މޭ - 2024
ހަނިމާދޫއަށް ގްރޫޕް ބީ ގެ އެއްވަނަ، ނައިވާދޫ ސެމީއަށް
27 - ޖުލައި - 2023
ހަނިމާދޫ އަދި އެންވީކޭ ޕޮއިންޓް ތާވަލްގެ އެންމެ ކުރިޔަށް
22 - ޖުލައި - 2023
ޓީމް ނައިވާދޫ އަދި އެންވީކޭ ފެށުން ރަނގަޅުކޮށްފި
21 - ޖުލައި - 2023
ކައުންސިލް ކަޕް 2025 ގައި ބައިވެރިވީ 4 ޓީމެއް!
17 - ސެޕްޓެމްބަރު - 2025
ބޮޑުތިލަދުންމަތި ފުޓްސަލް ޗެލެންޖްގެ ސެމީފައިނަލް މިރޭ
17 - މޭ - 2024
ދިރާގު ބޮޑުތިލަދުންމަތި ފުޓްސަލް ޖެލެންޖް 2023 ގެ ޗެމްޕިއަންކަން ޔުނައިޓެޑް ޔޫތް ހޯދައިފި
1 - އޮގަސްޓު - 2023
ތަށިހޯދަން މިތިބީ ކެތްމަދުވެފައި – ކޯޗް ފަޔާޒް
30 - ޖުލައި - 2023
ސަޕޯޓަރުން ޓީމާއިއެކު ތިބިއްޔާ މީއަހަރެމެންގެ ތައްޓެއް – ނައިވާދޫ ކޯޗް
30 - ޖުލައި - 2023
ކޮމެންޓް
އަދި ކޮމެންޓެއް ނެތް