ދިރާގު ބޮޑުތިލަދުންމަތި ފުޓްސަލް ޖެލެންޖް 2023 ގެ ޗެމްޕިއަންކަން ޔުނައިޓެޑް ޔޫތް ހޯދައިފި
ދިރާގު ބޮޑުތިލަދުންމަތި ފުޓްސަލް ޖެލެންޖް 2023 ގެ ޗެމްޕިއަންކަން ޔުނައިޓެޑް ޔޫތް ހޯދައިފިއެވެ. ޔުނައިޓެޑް ޔޫތުން މިމުބާރާތުގެ ޗެމްޕިއަންކަން ހޯދާފައިވަނީ އިއްޔަ ހަވީރު ކުޅުނު މިމުބާރާތުގެ ފައިނަލް މެޗް 2-2 ގެ ނަތީޖާއަކުން އެއްވަރުވުމުން ޕެނަލްޓީގައި ޓީމް ނައިވާދޫ މައްޗަށް 5-6 ގެ ނަތީޖާއަކުން ކުރި ހޯދައިގެންނެވެ.
ފައިނަލް މެޗްގެ ފުރަތަމަ ގޯލް ފުރަތަމަ ހާފްގެ 4 ވަނަ މިނެޓްގައި ކާމިޔާބުކުރީ ނައިވާދޫ ޓީމްގެ ޖާޒީ ނަންބަރު 7 ރިޝާންއެވެ. ޔުނައިޓެޑް ޔޫތުން ހަމަހަމަކުރީ ފުރަތަމަ ހާފްގެ 17 ވަނަ މިނެޓްގައި ޔުނައިޓެޑް ޔޫތްގެ ޖާޒީ ނަންބަރު 11 އަހްމަދު ހަލީމްއެވެ. އެގޯލް ޔުނައިޓެޑް ޔޫތުން ޖެހިއިރު ނައިވާދޫގެ ކީޕަރަށް ޔުނައިޓެޑް ޔޫތުގެ ޝިފާޒް ފައުލް ކޮށްފައިވާކަމަށްބުނެ ނައިވާދޫ ޓީމުން ވަރަށްބޮޑަށް އެޕީލް ކުރިއެވެ. ނައިވާދޫ ޓީމުންވަނީ މެޗްގެ ފަހު ހާފުގެ 19 ވަނަ މިނެޓްގައި ގޯލެއްޖަހައި ދެވަނަ ފަހަރަށް ލީޑް ނަގާފައެވެ. އެގޯލް ޖެހީ ނައިވާދޫ ޓީމްގެ 17 ނަންބަރު މުޖުތަބާއެވެ. އެގޯލަށްފަހު ސަޕޯޓަރުން އަދި ކުޅުންތެރިންގެ މެދުގައިވެސް ކޮންމެވެސް ވަރަކަށް ހަމަނުޖެހުން ހިނގިއެވެ. ޔުނައިޓެޑް ޔޫތުން ދެވަނަ ފަހަރަށް ހަމަހަމަކުރި ގޯލް މެޗް ނިމެންދަނިކޮށް އެޓީމްގެ ޝިފާޒް ޖެހިއިރު، އެގޯލަށް ފަހުވެސް ސަޕޯޓަރުން އަދި ކުޅުންތެރިންގެ މެދުގައިވެސް ކޮންމެވެސް ވަރަކަށް ހަމަނުޖެހުން ހިނގިއެވެ. ޕެނަލްޓީގައި ޔުނައިޓެޑް ޔޫތުންވަނީ 4-3 ގެ ނަތީޖާއަކުން ޓީމް ނައިވާދޫގެ މައްޗަށް ކުރި ހޯދާފައެވެ. ފައިނަލް މެޗްގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ޔުނައިޓެޑް ޔޫތްގެ ގޯލް ކީޕަރު ރިޝްފާނުއެވެ.
މުބާރާތުގެ އެންމެ މޮޅު ފަސް ކުޅުންތެރިންނަށް ހޮވުނީ ޔުނައިޓެޑް ޔޫތްގެ އަހްމަދު ހަލީމް، ޔުނައިޓެޑް ޔޫތްގެ ޝިފާޒް އިބްރާހިމް، ކުޅިމަގު ޓީމްގެ ޝަމްވީލް، ޓީމް ނައިވާދޫގެ މުހައްމަދު އަސްލަމް އަދި ޓީމް ހަނިމާދޫގެ އަލީ އާމިރުއެވެ. މުބާރާތުގެ 21 އަހަރުން ދަށުގެ އެންމެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ޓީމް ނައިވާދޫގެ މުހައްމަދު ރިޝާންއެވެ. މުބާރާތުގެ އެންމެ ގިނަ ގޯލްޖެހި ކުޅުންތެރިޔާ އަށާއި އެންމެ މޮޅު ކުޅުންތެރިޔާއަށް ހޮވުނީ ޔުނައިޓެޑް ޔޫތްގެ އަހްމަދު ހަލީމްއެވެ. މުބާރާތުގެ އެންމެ މޮޅު ކޯޗަކަށް ހޮވުނީ ޔުނައިޓެޑް ޔޫތްގެ ކޯޗް ހުސައިން ފަޔާޒްއެވެ. މުބާރާތުގެ ފެއަރޕްލޭ ޓީމަށް ހޮވިފައިވަނީ ބޮޑުމަގު ޓީމްއެވެ. މުބާރާތުގެ ރަނަރަޕް ޓީމް، ޓީމް ނައިވާދޫއަށް 7000ރ ދީފައިވާއިރު ޗެމްޕިއަން ޓީމް ޔުނައިޓެޑް ޔޫތަށްވަނީ 25000ރ ގެ ފައިސާގެ އިނާމެއް ދީފައެވެ.
ޔުނައިޓެޑް ޔޫތު
ކުލަބު ޕޯލްސްޓަރ
ސީޕީއެސް ސްޕޯރޓްސް އެންޑް ރެކްރިއޭޝަން ކްލަބް
ބޮޑުތިލަދުންމަތީ ފުޓްސަލް ޗެލެންޖް
ގުޅުން ހުރެދާނެ ލިޔުން
ތަށިހޯދަން މިތިބީ ކެތްމަދުވެފައި – ކޯޗް ފަޔާޒް
30 - ޖުލައި - 2023
ސަޕޯޓަރުން ޓީމާއިއެކު ތިބިއްޔާ މީއަހަރެމެންގެ ތައްޓެއް – ނައިވާދޫ ކޯޗް
30 - ޖުލައި - 2023
ގްރޫޕް އޭ ގެ އެއްވަނަ އާއިއެކު ސެމީފައިނަލްގެ ފަހު ޖާގަ ޔުނައިޓެޑް ޔޫތަށް
28 - ޖުލައި - 2023
ޔުނައިޓެޑް ޔޫތަށް ފުރުސަތު ތަނަވަސްވިއިރު އެންވީކޭގެ އަމިއްލަބާރު ކެނޑިއްޖެ!
25 - ޖުލައި - 2023
މިއަދުގެ މެޗްތަކުން ނާވައިދޫ، ކުޅިމަގު އަދި ޔުނައިޓެޑްޔޫތް މޮޅުވެއްޖެ
23 - ޖުލައި - 2023
ހަނިމާދޫ އަދި އެންވީކޭ ޕޮއިންޓް ތާވަލްގެ އެންމެ ކުރިޔަށް
22 - ޖުލައި - 2023
ޔުނައިޓެޑް ޔޫތުން ވަރުގަދަ ނައިވާދޫ ހިފަހައްޓައިފި
22 - ޖުލައި - 2023
ބޮޑުތިލަދުންމަތި ފުޓްސަލް ޗެލެންޖް 2024 ގައި ބައިވެރިވީ 9 ޓީމެއް
7 - މޭ - 2024
ބޭނުންވަނީ ތާރީހް ބަދަލުކޮށްލަން : ޔުނައިޓެޑް ޔޫތްގެ މެނޭޖަރު ރީޙާން
5 - މޭ - 2024
އެންމެ ފަހުގެ ޗެމްޕިއަން ޔުނައިޓެޑް ޔޫތް އަދި ރަނަރަޕް ޓީމް ނައިވާދޫ، ބޮޑުތިލަދުންމަތި ފުޓްސަލް ޗެލެންޖްގައި ބައިވެރިވެއްޖެ
29 - އޭޕްރީލް - 2024
ކޮމެންޓް
އަދި ކޮމެންޓެއް ނެތް