ތަށިހޯދަން މިތިބީ ކެތްމަދުވެފައި – ކޯޗް ފަޔާޒް
ދިރާގު ބޮޑުތިލަދުންމަތި ފުޓްސަލް ޖެލެންޖް 2023 ގެ ފައިނަލަށް ޔުނައިޓެޑް ޔޫތް ނުކުންނައިރު ޓީމްގެ ކުޅުންތެރިން ތަށި ހޯދުމަށްތިބީ ކެތްމަދުވެފައި ކަމަށް، ޔުނައިޓެޑް ޔޫތްގެ ކޯޗް ހުސައިން ފަޔާޒް ބުނެފިއެވެ. ފަޔާޒް ބުނީ ޔުނައިޓެޑް ޔޫތަށް ފައިނަލަކީ އާއެއްޗެއް ނޫންކަމަށާއި އެޓީމަކީ ފަނަލަށް ފަރިތަ ޓީމެއްކަމުގައެވެ.
މިއީ ފަޔާޒްގެ އިރުޝާދުގެ ދަށުން ޔުނައިޓެޑް ޔޫތް ނުކުންނަ 3 ވަނަ ފައިނަލެވެ. ފަޔާޒް އިތުރަށްބުނީ މި މިބާރާތުގައި ޓީމްގެ ކުޅުން ދުވަހަކަށްވުރެ ދުވަހެއް ރަނގަޅުކޮށްފައިވާތީ ކޯޗްގެ ފުރިހަމަ ކޮންފިޑެންސް ޓީމަށް އެބައޮތްކަމުގައެވެ. އަދި ކޮންމެ ހާލަތަކަށްވެސް ޓީމް އޮތީ ތައްޔާރުވެގެންކަމަށް ފަޔާޒް ބުންޏެވެ.
"އަޅުގަނޑެމުންގެ ޓީމް ފައިނަލްގައި މިކުންނަނީ ހަމައެކަނި ޔުނައިޓެޑް ޔޫތް ތަމްސީލްކުރާކަށްނޫން، އަޅުގަނޑުމެން ތަމްސީލް މިކުރަނީ މުޅި އިހަވަންދޫ" ފަޔާޒް ފާހަގަކުރިއެވެ. ސޯޝަލް މީޑިއާގައި އިހަވަންދޫގެ ޓީމްތަކާއި ފާހަގަކޮށްލެވޭ އެކިއެކި ކުޅުންތެރިންނާއި ބޭފުޅުން ދަނީ ޓީމަށް ހިއްވަރު ދިނުމުގެ ގޮތުން "ކުރެވޭނެ މިކަން" ކަމަށްބުނެ ހިތްވަރުދީ ޕޯސްޓްކޮށް ޕްރޮފައިލްވެސް ބަދަލުކުރަމުންނެވެ.
ޔުނައިޓެޑް ޔޫތް ގްރޫޕް އޭ ގެ އެއް ވަނަ ޓީމްގެ ގޮތުގައި ސެމީ ފައިނަލުން ޖާގަ ހޯދިއިރު، ގޯލްގެ ތަފާތުން އެގްރޫޕްގެ ދެވަނަ ލިބުނީ ޓީމް ނައިވާދޫއަށެވެ. ޔުނައިޓެޑް ޔޫތް ފައިނަލަށް ދަތުރުކުރީ ސެމީ ފައިނަލް މެޗްގައި، ގްރޫޕް ބީ ގެ ދެވަނަ ޓީމް ކުޅިމަގު ފަސޭހަކަމާއިއެކު 4-1 އިން ބަލިކޮށްގެންނެވެ.
ޔުނައިޓެޑް ޔޫތް މާދަމާގެ ފައިނަލްގައި ކުޅޭނީ ނައިވާދޫއަށް ނިސްބަތްވާ ޓީމް ނާވައިދޫއާ ދެކޮޅަށެވެ. އެ ދެޓީމް ގްރޫޕް ސްޓޭޖްގައި ކުޅުނު މެޗް ނިމުނީ 3-3 އިން އެއްވަރުވެގެންނެވެ.
ޔުނައިޓެޑް ޔޫތު
ކުލަބު ޕޯލްސްޓަރ
ސީޕީއެސް ސްޕޯރޓްސް އެންޑް ރެކްރިއޭޝަން ކްލަބް
ބޮޑުތިލަދުންމަތީ ފުޓްސަލް ޗެލެންޖް
ގުޅުން ހުރެދާނެ ލިޔުން
ދިރާގު ބޮޑުތިލަދުންމަތި ފުޓްސަލް ޖެލެންޖް 2023 ގެ ޗެމްޕިއަންކަން ޔުނައިޓެޑް ޔޫތް ހޯދައިފި
1 - އޮގަސްޓު - 2023
ސަޕޯޓަރުން ޓީމާއިއެކު ތިބިއްޔާ މީއަހަރެމެންގެ ތައްޓެއް – ނައިވާދޫ ކޯޗް
30 - ޖުލައި - 2023
ގްރޫޕް އޭ ގެ އެއްވަނަ އާއިއެކު ސެމީފައިނަލްގެ ފަހު ޖާގަ ޔުނައިޓެޑް ޔޫތަށް
28 - ޖުލައި - 2023
ޔުނައިޓެޑް ޔޫތަށް ފުރުސަތު ތަނަވަސްވިއިރު އެންވީކޭގެ އަމިއްލަބާރު ކެނޑިއްޖެ!
25 - ޖުލައި - 2023
މިއަދުގެ މެޗްތަކުން ނާވައިދޫ، ކުޅިމަގު އަދި ޔުނައިޓެޑްޔޫތް މޮޅުވެއްޖެ
23 - ޖުލައި - 2023
ހަނިމާދޫ އަދި އެންވީކޭ ޕޮއިންޓް ތާވަލްގެ އެންމެ ކުރިޔަށް
22 - ޖުލައި - 2023
ޔުނައިޓެޑް ޔޫތުން ވަރުގަދަ ނައިވާދޫ ހިފަހައްޓައިފި
22 - ޖުލައި - 2023
ބޮޑުތިލަދުންމަތި ފުޓްސަލް ޗެލެންޖް 2024 ގައި ބައިވެރިވީ 9 ޓީމެއް
7 - މޭ - 2024
ބޭނުންވަނީ ތާރީހް ބަދަލުކޮށްލަން : ޔުނައިޓެޑް ޔޫތްގެ މެނޭޖަރު ރީޙާން
5 - މޭ - 2024
އެންމެ ފަހުގެ ޗެމްޕިއަން ޔުނައިޓެޑް ޔޫތް އަދި ރަނަރަޕް ޓީމް ނައިވާދޫ، ބޮޑުތިލަދުންމަތި ފުޓްސަލް ޗެލެންޖްގައި ބައިވެރިވެއްޖެ
29 - އޭޕްރީލް - 2024
ކޮމެންޓް
އަދި ކޮމެންޓެއް ނެތް