އާރުޓީއެލް އަށްވުރެ އަގުހެއޮކޮށް ސީކިންގުން ފެރީގެ ހިދުމަތް ފަށަނީ
އެމްޓީސީސީ އިން ދެމުންއަންނަ އާރުޓީއެލް ސްޕީޑް ފެރީގެ ހިދުމަތަށްވުރެ ހެއޮއަގެއްގައި ސްޕީޑް ފެރީގެ ހިދުމަތް ދިނުމަށް ސީކިންގް ސްޕީޑް ބޯޓް ސާވިސް އިން އިއުލާންކޮށްފިއެވެ.
ސީކިންގް ސްޕީޑް ބޯޓް ސާވިސްގެ ސީނިއަރ ކެޕްޓަން އަލީ ރަޝީދު މިނޫހަށް މައުލޫމާތު ދިންގޮތުގައި މިހިދުމަތް ފަށާގަންނައިރު ފުތަމަ އިހަވަންދޫ ރޫޓުން ކުޅުދޫފުއްޓަށް ދަތުރުކުރާނީ ހަފުތާއަކު 3 ދުވަހުއެވެ. އެއީ ހޯމަ، ބުރާސްފަތި އަދި ހޮނިހިރު ދުވަހުއެވެ. މިވަގުތު އިހަވަންދޫ ރޫޓްގެ ދަތުރުތައް ކުރުމަށް ހަމަޖެހިފައިވަނީ މާރަންދޫގައި ޓްރާންސިޓް ކޮށްފައި ކުޅުދޫފުއްޓަށް ދާގޮތަށެވެ. އިހަވަންދޫއިން ކުޅުދޫފުއްޓަށް އެއްކޮޅަށް ޓިކެޓް ނަގާނަމަ 150ރ އަދި ދެކޮޅަށް ދަތުރުކުރާނަމަ 250ރ އަށް ޓިކެޓް ވިއްކާއިރު، މާރަންދޫއިން ކުޅުދޫފުއްޓަށް އެއްކޮޅަށް 125ރ ނަގަން ހަމަޖެހިފަވާއިރު ދެކޮޅަށް ދަތުރުކުރާނަމަ ނަގަން ހަމަޖެހިފައިވަނީ 200ރ އެވެ. "ދަތުރުތަކަށް ތަރުހީބު ލިބެމުންދާ ވަރަކަށް ބަލާފަ ދަތުރު އިތުރުކުރަމުންދާނީ، އަދި އެހެން ރޫޓްތަކަށްވެސް ދަތުރުފެށޭނީ އަދި އިތުރު އުޅަނދު ބޭނުންވާނަމަ އިތުރު އުޅަނދުތައްވެސް ގެނެވޭނީ" އަލީ ރަޝީދު މައުލޫމާތު ދިނެވެ. އަލީ މައުލޫމާތު ދިންގޮތުގައި އިހަވަންދޫއިން ދިއްދޫއަށްވެސް ހަފުތާގެ އެއްދުވަހު ދަތުރުކުރުމަށްވަނީ ރޭވިފައެވެ. އެކަން ވަރަށްއަވަހަށް އިޢުލާންކުރާނެކަމަށް އޭނާ ބުންޏެވެ.
އާރުޓީއެލް ސްޕީޑް ފެރީގެ ހިދުމަތް ފެށުމާ ހަމަޔަށްވެސް، ސީކިންގުން އައީ ސްޕީޑް ފެރީގެ ހިދުމަތް ވަރަށް ފުޅާކޮށް ދެމުންނެވެ. ނަމަވެސްއާރުޓީއެލް ސްޕީޑް ފެރީގެ ހިދުމަތް ފެށުނުއިރު، އާރުޓީއެލް ޓިކެޓިންގް ސިސްޓަމްތެރޭހުރި ލޫޕް ހޯލްތައް މެދުވެރިކޮށް އާދަޔާހިލާފު ހެއޮއަގުގައި ޓިކެޓް ނެގޭތީ، ސީކިންގުން ފެރީގެ ހިދުމަތް ހުއްޓާލީއެވެ. ނަމަވެސް މިދިޔަ ރަމަޞާންމަހުގެ ފުރަތަމަ ދުވަހުން ފެށިގެން (އާރުޓީއެލް) ގެ ފެރީ ޓިކެޓިކެޓް ނިޒާމްގައި ހުރި ބާގަނޑުތައް ބައްދައި ޓިކެޓް ޕޯޓަލްގެ ރޫޓްތައް އަޕްޑޭޓްކޮށް ހަމަ އަގުގައި ދަތުރުތައްފެށިއެވެ. ޓިކެޓް ޕޯޓަލްގައި ކުރިންހުރި ބާގަނޑު ތަކުގެ ސަބަބުން 300ރ އަށް ދެކޮޅަށް ކުރަން ކަނޑައަޅާފައި ހުރި ދަތުރު 70ރ އަށް ކުރެވެއެވެ. މިހެން ދިމާވަނީ އެއްމަންޒިލުން އަނެއް މަންޒިލަށް ދަތުރުކުރުމަށް ޓިކެޓް ނަގާއިރު ދިގު ރޫޓްތަކުންވެސް ދަތުރުކުރެވޭ ގޮތަށް ޓިކެޓް ޕޯޓަލްއިން އިހްތިޔާރު ދޭތީއެވެ. މިހާރުވަނީ އެގޮތަށް ދައްކާ ރޫޓްތައް ޓިކެޓް ޕޯޓަލްއިން އުނިކޮށްފައެވެ. އާރުޓީއެލް އިން މާރަންދޫ އަދި އިހަވަންދޫގެ އިންވެސް ކުޅުދޫފިއްޓަށް ދެކޮޅު ދަތުރު ކޮށްދެނީ 300ރ އަށެވެ.
ސީކިންގް ސްޕީޑް ބޯޓް ސާވިސްއިން މިހާރުވެސް އަންނަނީ ހޯރަފުށީ އެއަރ ޕޯޓަށް ފެރީ ދަތުރު ކުރަމުންނެވެ. މީގެ އިތުރުން ސީކިންގަކީ ޕްރައިވެޓް ދަތުރުތަކުގެ ހިދުމަތްވެސް ވަރަށް ފުޅާކޮށް ދެމުންއަންނަ ފަރާތެއްކަން ފާހަގަކުރެވެއެވެ. ސީކިންގުން އަލަށް މިފަށާ ފެރީ ދަތުރުތަކަށް ހާއްސަކޮށް "ސީކިންގް މޫން" ސްޕީޑް ލޯންޗްވަނީ ގެނެސްފައެވެ. އެއީ 28 މީހުންގެ ޖާގައިގެ ލޯންޗެކެވެ. ސީކިންގްގެ ޓިކެޓް ބުކިން ނަންބަރަކީ 7996607 އެވެ.
ގުޅުން ހުރެދާނެ ލިޔުން
3 އަހަރުން ދަށުގެކުދިން އާރްޓީއެލް ލޯންޗްތަކުން ހިލޭ ދަތުރުކުރެވޭނެ
7 - ޖުލައި - 2022
ޚާއްސަ އެހީއަށް ބޭނުންވާ ފަރާތަކުން އާރްޓީއެލް ލޯންޗްތަކުން ހިލޭދަތުރުކުރަން ހަދަންޖެހެނީ މިހެން
5 - ޖުލައި - 2022
އެމް.ޓީ.ސީ.ސީ އިން އިހަވަންދޫ އޮޕަރޭޝަން ކުރިޔަކަށް ނުދާކަމަށް ބުނިއިރު، ހަވާލުކޮށްފައިވާ ބޮޑެތި މަޝްރޫއުތައް އޮތީ ހުއްޓިފައި!
12 - މޭ - 2026
ހޯރަފުށީ މަގު ހެދުމުގެ ތިންވަނަ ފިޔަވަހި އެމްޓީސީސީއާ ހަވާލުކޮށްފި
2 - އޭޕްރީލް - 2026
ދިއްދޫގައި ދަނާލެއް އިމާރާތް ކުރުމަށް އެމްޓީސީސީއާ ހަވާލުކޮށްފި
2 - އޭޕްރީލް - 2026
ދިއްދޫގައި ތަރައްޤީކުރާ މަތީފެންވަރުގެ ފުޓްބޯޅަ ދަނޑުގެ ޢަމަލީ މަސައްކަތް ފަށައިފި
30 - މާރިޗު - 2026
"ސިޔާސީ ރޯޅީގައި" ބައެއް މުވައްޒަފުން އިހަވަންދޫއަށް ބަދަލުކޮށްފި!
13 - ފެބްރުއަރީ - 2026
ބަންދު ކޮށްފައިވާ ސިޑީގެ ހާލަތު ގޯސްވެ، ކަދުރު ރުއް ހެދެން ފަށައިފި!
31 - ޖެނުއަރީ - 2026
އިހަވަންދޫ އާޓިފިސިއަލްބީޗް ތަރައްޤީކުރަން އެމްޓީސީސީއާ ހަވާލުކުރީ އާދަޔާހިލާފު ބޮޑު އަގަކަށް!
7 - ޖެނުއަރީ - 2026
އިހަވަންދޫގައި އާޓިފިސިއަލް ބީޗެއް ތަރައްޤީކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފި
6 - ޖެނުއަރީ - 2026
ކޮމެންޓް
އަދި ކޮމެންޓެއް ނެތް