ހޯރަފުށީ މަގު ހެދުމުގެ ތިންވަނަ ފިޔަވަހި އެމްޓީސީސީއާ ހަވާލުކޮށްފި
ޒިޔާޢު އަހްމަދު
2 - އޭޕްރީލް - 2026
ހއ. ހޯރަފުށީގެ މަގުތައް ތަރައްޤީ ކުރުމުގެ ބިޔަ މަޝްރޫޢުގެ ތިންވަނަ ފިޔަވަހީގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯރޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އާ ހަވާލުކޮށްފިއެވެ.
މި މަޝްރޫޢުގެ އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތު އޮތީ މިދިޔަ މާރިޗް މަހުގެ 22 ވަނަ ދުވަހުއެވެ. މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ ޕާމަނަންޓް ސެކްރަޓަރީ މުހައްމަދު ޝާމިލްއެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ ޗީފް އޮޕަރޭޓިންގ އޮފިސަރ ހަސަން ނައުފަލް ނާސިރުއެވެ. މި ރަސްމިއްޔާތުގައި ހޯރަފުށީ ދާއިރާގެ މަޖިލިސް މެންބަރު ޢަލީ މޫސާ ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
ހޯރަފުށީ މަގު ހެދުމުގެ ތިންވަނަ ފިޔަވަހީގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 44,114,274.40 (ސާޅީސް ހަތަރު މިލިއަން، އެއްލައްކަ ސާދަ ހާސް، ދުވިސައްތަ ހަތްދިހަ ހަތަރު ރުފިޔާ، ސާޅީސް ލާރި) އަށެވެ. މި މަޝްރޫޢު ނިންމުމަށް އެ ކުންފުންޏަށް ދީފައިވަނީ 360 ދުވަހުގެ މުއްދަތެކެވެ.
ހޯރަފުށީގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމަށް ސަރުކާރުން ކުރިއަށްގެންދާ މި މަޝްރޫޢުގެ ފުރަތަމަ ފިޔަވައްސާއި ދެވަނަ ފިޔަވަހީގެ މަސައްކަތް ވެސް ކޮށްފައިވަނީ އެމްޓީސީސީންނެވެ. މި މަޝްރޫޢަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ރަށްރަށުގެ ތަރައްޤީއަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، ހޯރަފުށީގެ ރައްޔިތުންނަށް ދިމާވެފައިވާ ދަތުރުފަތުރުގެ ދަތިތަކަށް ދާއިމީ ހައްލެއް ހޯދައިދިނުމަށް ކުރިއަށްގެންދާ މުހިންމު މަޝްރޫޢެކެވެ.
މި މަޝްރޫޢު ނިމުމުން ހޯރަފުށީގެ ބޮޑެތި މަގުތަކުގައި ތާރުއަޅައި، ފެންހިންދާ ނިޒާމު ޤާއިމުކުރެވި، ރަށުގެ މަލަމަތި އިތުރަށް ފުރިހަމަވެގެންދާނެ ކަމަށް ބެލެވެއެވެ.
ގުޅުން ހުރެދާނެ ލިޔުން
މިމަސް ނިމުމުގެކުރިން ހޯރަފުށީ އެއާޕޯޓްގެ ޖެޓީ ނިންމަން މިދަނީ މަސައްކަތްކުރަމުން – އާދަމް އާޒިމް
11 - ޖުލައި - 2023
ހއ. ހޯރަފުށީ މަގުހެދުމުގެ މަޝްރޫޢުގެ އަމަލީ މަސައްކަތް ފަށައިފި
17 - ޖެނުއަރީ - 2022
ހޯރަފުށީ އެއާޕޯޓު ގޮނޑުދޮށް ހިމާޔަތް ކުރަން އެމްޓީސީސީއާ ހަވާލުކޮށްފި
1 - ޖުލައި - 2021
ހޯރަފުށި ފެރީ ޓާމިނަލްގެ އަމަލީ މަސައްކަތް ފަށައިފި
15 - އޭޕްރީލް - 2021
ހޯރަފުށީ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް އެމްޓީސީސީ އާ ހަވާލުކޮށްފި
20 - ޖެނުއަރީ - 2021
ހޯރަފުށީ އެއާޕޯޓުގެ މަސައްކަތް މިމަހުގެ 8 ގެ ކުރިން ނިންމަނީ
4 - ނޮވެމްބަރު - 2020
ސަރުކާރުން ހއ އަތޮޅުގައި އިމާރާތްކުރަމުންދާ 3 ހޮސްޕިޓަލްގެ މަސައްކަތުގެ ދުވެލި ހާސްބައި ތަފާތު!
15 - އޮގަސްޓު - 2026
ހޯރަފުށި ހިމެނޭހެން 13 ރަށެއްގައި ހައުސިންގ ޔުނިޓް އަޅައިދޭނެ ބަޔަކު ހޯދަނީ!
18 - ޖުލައި - 2026
އެމް.ޓީ.ސީ.ސީ އިން އިހަވަންދޫ އޮޕަރޭޝަން ކުރިޔަކަށް ނުދާކަމަށް ބުނިއިރު، ހަވާލުކޮށްފައިވާ ބޮޑެތި މަޝްރޫއުތައް އޮތީ ހުއްޓިފައި!
12 - މޭ - 2026
ދިއްދޫގައި ދަނާލެއް އިމާރާތް ކުރުމަށް އެމްޓީސީސީއާ ހަވާލުކޮށްފި
2 - އޭޕްރީލް - 2026
ކޮމެންޓް
އަދި ކޮމެންޓެއް ނެތް