ޚަބަރު

3 އަހަރުން ދަށުގެކުދިން އާރްޓީއެލް ލޯންޗްތަކުން ހިލޭ ދަތުރުކުރެވޭނެ

3 އަހަރުން ދަށުގެކުދިން އާރްޓީއެލް ލޯންޗްތަކުން ހިލޭ ދަތުރުކުރެވޭނެ
Advertisement Advertisement
ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރްޓީއެލް) ގެ ފެރީތަކުގައި އުމުރުން 3 އަހަރުން ދަށުގެ ކުދިންނަށް ހިލޭ ދަތުރުކުރެވޭނެކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީން) ބުނެފިއެވެ. އެމްޓީސީސީން މައުލޫމާތުދިން ގޮތުގައި އާރުޓީއެލް ޓިކެޓް ޕޯޓަލްމެދުވެރިކޮށް ޓިކެޓް ނަގާއިރު 3 އަހަރުން ދަށުގެކުދިންގެ މައުލޫމާތުވެސް އެންޓަރކުރަން ޖެހޭނެއެވެ. އަދި ކޮންމެ ކުއްޖާކާ އެކުގައި ދަތުރުކުރާ ބެލެނިވެރިޔާ ފާހަގަކުރަން ޖެހޭނެއެވެ. ރާއްޖެ 6 ޒޯނަކަށް ބަހާލައިގެން ދޭ ރާއްޖެ ހައިސްޕީޑް ފެރީގެ ޚިދުމަތުގައި ބޭނުންކުރާ ފެރީތަކަކީ ސްޕީޑް އަވަސް ފެރީތަކެކެވެ. އެއަރކޯން ކޮށްފައިވާ މި ފެރީތަކަކީ ދަތުރުކުރާ ފަރާތްތަކަށް އަރާމު އަދި ފަސޭހަ ދަތުރުތަކެއް ކުރެވޭނެ ފެންވަރުގައި ތައްޔާރުކޮށްފައިވާ ލޯންޗް ފެރީ ތަކެކެވެ.

ކޮމެންޓް

އަދި ކޮމެންޓެއް ނެތް