އިހަވަންދިއްޕޮޅު ހޮސްޕިޓަލްގެ ޓެންޑަރ އެވެލުއޭޝަން އަންނަހަފުތާގައި އޮންނާނެ: މިނިސްޓަރ ނަސީމް
އިހަވަންދިއްޕޮޅު ހޮސްޕިޓަލްގެ ޓެންޑަރ އެވެލުއޭޝަން އަންނަހަފުތާގައި އޮންނާނެ ކަމަށް މިނިސްޓަރ އޮފް ހެލްތު އަޙްމަދު ނަސީމް ވިދާޅުވެއްޖެ އެވެ.
މިނިސްޓަރު ނަސީމް މިހެން ވިދާޅުވީ، ރައްޔިތުންގެ މަޖިލިސްގެ 2021 ވަނަ އަހަރުގެ ފުރަތަމަ ދައުރުގެ 19 ވަނަ ޖަލްސާގައި ވަޒީރާ ސުވާލު ކުރެއްވުމުގެ ވަގުތުގައި، އިހަވަންދޫ ދާއިރާގެ އިއްޒަތްތެރި މެންބަރު މުޙައްމަދު ޝިފާޢު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.
މެމްބަރު ޝިފާޢުގެ ސުވާލުގައި ވަނީ މިހާރު ބިންގާއެޅި ކުރިން އެއްފަހަރު ޓެންޑަރ ކުރެވިފައިވާ އިހަވަންދިއްޕޮޅު ހޮސްޕިޓަލުގެ މަސައްކަތް ގޮސްފައިވާ ހިސާބަކާ މެދުގައެވެ.
އެ ސުވާލުގެ ޖަވާބުގައި މިނިސްޓަރު ވިދާޅުވީ، މި އަންނަ ހަފްތާގައި އެ ހޮސްޕިޓަލްގެ ''އިވެލުއޭޝަން ޓެންޑަރއަށް ދާނެ'' ކަމަށެވެ.
މިއަދުގެ ޖަލްސާގައި ހޯރަފުށީ ދާއިރާގެ މެމްބަރުވެސް ވަނީ ހޯރަފުށީގައި ހޮސްޕިޓަލެއް ގާއިމުކޮށް ދިނުން ރައީސް ޞާލިޙްގެ ވަޢުދުގެ ތެރޭގައި ހިމެނޭ ކަމަށާއި، އެ މަސައްކަތް ގޮސްފައި އޮތް ހިސާބެއް ސާފުކޮށްލަން ރައްޔިތުން ބޭނުންވާ ކަމަށް ވިދާޅުވެފައެވެ. މިނިސްޓަރ ވިދާޅުވީ ހޯރަފުއްޓާއި އިހަވަންދޫގެ ހޮސްޕިޓަލުގެ މަސްކަތް ވަރަށް ގާތުން ބަލަމުން ދާކަމަށެވެ. އަދި އެ ދެ ހޮސްޕިޓަލް ގާއިމުކުރުމުގެ މަސައްކަތް ކުރިއަށް ގެންދާނީ ކޮންޓްރެކްޓަރ ފައިނޭންސިންގެ ދަށުން ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
ގުޅުން ހުރެދާނެ ލިޔުން
ރައްޒާން، އިސްތިއުފާ ދެއްވައިފި...
16 - އޮގަސްޓު - 2026
ސަރުކާރުން ހއ އަތޮޅުގައި އިމާރާތްކުރަމުންދާ 3 ހޮސްޕިޓަލްގެ މަސައްކަތުގެ ދުވެލި ހާސްބައި ތަފާތު!
15 - އޮގަސްޓު - 2026
ހޮސްޕިޓަލެއްގެ ބަދަލުގައި، އިހަވަންދޫ ރައްޔިތުންނަށް ލިބުނީ "ބޮއް ފެކްޓްރީއެއް" – ޝިފާއު
28 - ޖޫން - 2026
އާމިނާދިޔޯ ހެލްތް ސެންޓަރުގައި ޖީ.ސިކްސް.ޕީ.ޑީ ޓެސްޓު ހަދަން ފަށައިފި
9 - މޭ - 2026
ހއ. މާރަންދޫ، އުތީމު އަދި ވަށަފަރު ހެލްތް ސެންޓަރުގައި ލެބޯޓަރީގެ ޚިދުމަތް ފަށައިފި!
28 - މާރިޗު - 2026
އިތުރު ދެ ޕޮލިޓިކަލް ޑިރެކްޓަރުން އާމިނާދިޔޯ ސިއްޙިމަރުކަޒަށް އައްޔަންކޮށްފި، ޖުމުލަ އަދަދު 4 އަށް!
24 - މާރިޗު - 2026
އުބައްޖަހައި، ހޮސްޕިޓަލް އަޅާބިން އަނެއްކާވެސް ކޮންނަން ފަށައިފި!
15 - މާރިޗު - 2026
އިހަވަންދޫ، ހޯރަފުށި، ދިއްދޫ، ބާރަށް އަދި މޮޅަދޫ ހިމެނޭހެން 56 ރަށަކަށް އެމްބިއުލާންސް ހަވާލުކޮށްފި
18 - ޖެނުއަރީ - 2026
ހުއްޓިފައިވާ އިހަވަންދޫ ހޮސްޕިޓަލްގެ މަސައްކަތް، އައު ޑިޒައިނަކާއި އެކު ފަށަނީ!
10 - އޮގަސްޓު - 2025
އިހަވަންދޫއަށް ތާރީހީ ދުވަހެއް : އިހަވަންދޫ ހޮސްޕިޓަލްގެ ކޮންކްރީޓް މަސައްކަތް ފަށައިފި !
16 - ޖުލައި - 2025
ކޮމެންޓް
އަދި ކޮމެންޓެއް ނެތް