އާމިނާދިޔޯ ޞިއްޙީ މަރުކަޒުގައި އެތެރެހަށީގެ ޚާއްޞަ ޑޮކްޓަރުގެ ޚިދުމަތް ފަށައިފި!
ހއ. އިހަވަންދޫ އާމިނާދިޔޯ ޞިއްޙީ މަރުކަޒުގައި އެތެރެހަށީގެ ބަލިތަކަށް ޚާއްޞަ ޑޮކްޓަރުގެ ޚިދުމަތް މިއަދު ފަށައިފިއެވެ. އާމިނާދިޔޯ ޞިއްޙީމަރުކަޒުން އިއުލާން ކޮށްފައިވާ ގޮތުގައި އެތެރެހަށީގެ ބަލިތަކަށް ޚާއްޞަ ޑޮކްޓަރުގެ ޚިދުމަތް މިއަދު 9:00 އިން ފެށިގެން ލިބިގެން ދާނެއެވެ.
މިއީ އާމިނާދިޔޯ ޞިއްޙީ މަރުކަޒުގައި ޤާއިމްކުރެވުނު ދާއިމީ ދެވަނަ ސްޕެޝަލިސްޓް އޯޕީޑީ ހިދުމަތެވެ. އިހަވަންދޫގައި ފުރަތަމަ ފަހަރަށް ސްޕެޝަލިސްޓް އޯޕީޑީއެއްގެ ހިދުމަތް ފަށާފައިވަނީ، 2022 ވަނަ އަހަރުގެ އޭޕްރިލް މަހުގެ 3 ވަނަ ދުވަހުއެވެ. އެއީ ކުޑަކުދިން ހާއްސަ ޑޮކްޓަރުގެ ހިދުމަތެވެ. އާމިނާދިޔޯ ޞިއްޙީމަރުކަޒުގައި އެތެރެހަށީގެ ބަލިތަކަށް ޚާއްޞަ ޑޮކްޓަރުގެ ޚިދުމަތް ފަށާފައިމިވަނީ، އާމިނާދިޔޯ ޞިއްޙީމަރުކަޒުގައި ފެށުމަށް ހަމަޖެހިފައިވާ ޑަޔަލައިސިސް ސެންޓަރު ގާއިމްކުރުމުގެ މަސައްކަތުގެ ތެރެއިންނެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އާމިނާދިޔޯ ޞިއްޙީމަރުކަޒުގައި ތަރައްޤީ ކުރަމުން އަންނަ ޑަޔަލައިސިސް ސެންޓަރު މާދަމާ ރަސްމީކޮށް ހުޅުވާނެއެވެ. މިއީ ސިއްޙީމަރުކަޒެއްގައި ގާއިމްކުރެވޭ ފުރަތަމަ ޑަޔަލައިސިސް ސެންޓަރެވެ.
އާމިނާދިޔޯ ޞިއްޙީ މަރުކަޒަކީ އެހެން ޞިއްޙީމަރުކަޒުތަކާއި އަޅާބަލާއިރު ގިނަ އަދަދެއްގެ ބަލިމީހުންނަށް ކޮންމެ ދުވަހަކުވެސް ފަރުވާދެމުންދާ ޞިއްޙީމަރުކަޒެކެވެ. އެގޮތުން 2024 ވަނަ އަހަރު 18086 ކޮންސަލްޓޭޝަން ހަދާފައިވާއިރު، 4052 މީހަކު ލެބޯޓަރީގެ ހިދުމަތް ހޯދައިފައިވެއެވެ.
ގުޅުން ހުރެދާނެ ލިޔުން
އިހަވަންދޫ، ހޯރަފުށި، ދިއްދޫ، ބާރަށް އަދި މޮޅަދޫ ހިމެނޭހެން 56 ރަށަކަށް އެމްބިއުލާންސް ހަވާލުކޮށްފި
18 - ޖެނުއަރީ - 2026
ޑުޕްލެކްސްއާ ބިން ހަވާލުކުރުމުން މަސައްކަތް ފަށައިފި
9 - މާރިޗު - 2023
އިހަވަންދޫ ހޮސްޕިޓަލް އަޅަން ޑުޕްލެކްސްއާ ހަވާލުކޮށްފި
16 - ޖެނުއަރީ - 2023
ކޮވިޑް ފެސިލިޓީ އާމިނާދިޔޯ ސިއްހީމަރުކަޒާ ހަވާލުކުރަނީ
3 - ނޮވެމްބަރު - 2022
އާމިނާދިޔޯ ސިއްޙީމަރުކަޒަށް ޕީޑީއެޓްރިކް ޑޮކްޓަރެއް ހޯދަނީ
27 - ސެޕްޓެމްބަރު - 2021
އާމިނާދިޔޯ ސިއްހީމަރުކަޒުން ކުރިން ނުހެދޭ ޓެސްޓްތަކެއް ހެދުމުގެ ހިދުމަތް ދޭންފަށައިފި
9 - އޭޕްރީލް - 2021
އިހަވަންދޫއިން ބޮޑު ބިމެއް ހެލްތްމިނިސްޓްރީއަށް ދޫކޮށްފި
10 - ސެޕްޓެމްބަރު - 2020
އަސްލަމަށް ވަޒީފާދިނުމަށް ޓްރައިބިޔުނަލުން އަމުރު ކޮށްފި
19 - ސެޕްޓެމްބަރު - 2012
ރައްޒާން، އިސްތިއުފާ ދެއްވައިފި...
16 - އޮގަސްޓު - 2026
ސަރުކާރުން ހއ އަތޮޅުގައި އިމާރާތްކުރަމުންދާ 3 ހޮސްޕިޓަލްގެ މަސައްކަތުގެ ދުވެލި ހާސްބައި ތަފާތު!
15 - އޮގަސްޓު - 2026
ކޮމެންޓް
އަދި ކޮމެންޓެއް ނެތް