ހއ. އަތޮޅުގެ 6 ރަށެއް ހިމެނޭގޮތަށް ޖުމުލަ 19 ރަށެއްގައި އައިލެންޑް ރިސޯސް ރިކަވަރީ ސެންޓަރުތަކެއް ގާއިމް ކުރުމަށް ބީލަން ހުށައެޅުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
ޑިޒައިން ބިލްޑް އުޞޫލުން އިމާރާތްކުރުމަށް ހަމަޖެހިފައިވާ މިސެންޓަރުތައް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ ދިވެހި ސަރުކާރަށް، އޮޕެކް ފަންޑް ފޯރ އިންޓަރނޭޝަނަލް ޑެވެލޮޕްމަންޓް (އޮފިޑް) ލޯން އެހީގެ ގޮތުގައި ލިބިފައިވާ ފައިސާއިން ކަމަށް ފިނޭންސް މިނިސްޓުރީން މައުލޫމާތު ދެއްވައެވެ.
އައިލެންޑް ރިސޯސް ރިކަވަރީ ސެންޓަރުތަކެއް ގާއިމް ކުރުމަށް ހަމަޖެހިފައިވާ ހއ އަތޮޅުގެ ރަށްތަކަކީ ހއ.މާރަންދޫ، ހއ. އުލިގަމް، ހއ. މޮޅަދޫ، ހއ. ތަކަންދޫ، ހއ. މުރައިދޫ އަދި ހއ. ދިއްދޫ އެވެ.
އައިލޭންޑް ރިސޯސް ސެންޓަރު ގާއިމުކުރަން ހުޅުވާލާ 19 ރަށް:
ހއ.މާރަންދޫ،
ހއ. އުލިގަމް،
ހއ. މޮޅަދޫ،
ހއ. ތަކަންދޫ،
ހއ. މުރައިދޫ
ހއ. ދިއްދޫ
ހދ. ނޮޅިވަރަން،
ހދ. ކުމުންދޫ،
ހދ. ވައިކަރަދޫ،
ހދ. މަކުނުދޫ،
ހދ. ފިނޭ،
ހދ. ހިރިމަރަދޫ
ހދ. ކުރިނބީ
ށ. ބިލަތްފަހި،
ށ. ފީވައް،
ށ. ފޭދޫ،
ށ.ކަނޑިތީމު،
ށ. ޅައިމަގު އަދި
ށ. ނޫމަރާ
ކޮންމެ ބީލަމެއްގެ ބައިވެރިވުމަށް -/1500 (ފަނަރަ ސަތޭކަ) ދިވެހި ރުފިޔާ ނުވަތަ 100.00ޔޫ.އެސް. ޑޮލަރުގެ ނަން-ރިފަންޑަބަލް ރަޖިސްޓްރޭޝަން ފީއެއް ދައްކަން ޖެހޭއިރު ހއ. އަތޮޅުގެ 6 ރަށުގެ ބީލަމުގެ ބިޑު ސެކިއުރިޓީގެ ގޮތުގައި 70،000 ރުފިޔާ ހުށައަޅަން ޖެހެއެވެ.
މި މަސައްކަތަށް ޝަރުތުހަމަވާ ފަރާތެއް ހޯދުމުގެ ކަންތައް ކުރިޔަށް ގެންދެވޭނީ ނޭޝަނަލް ކޮމްޕެޓިޓިވް ބިޑިންގ (އެން.ސީ.ބީ) އުސޫލުގެ މަތިންކަމަށާއި އަދި މިކަމަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުޠުތަކާއި އިވެލުއޭޓްކުރެވޭ ކްރައިޓީރިއާ ބީލަން ފޮތުގައި ބަޔާންކުރެވިފައިވާނެކަމަށް ފައިނޭންސް މިނިސްޓްރީން ހާމަކުރެއްވިއެވެ.
މިމަޝްރޫޢުގެ ބީލަންތައް ހުޅުވުން އޮންނާނީ 15 އޮގަސްޓް 2021 ވާ އާދިއްތަ ދުވަހުގެ 13:00 ގައި އެމިނިސްޓްރީގެ ނެޝަނަލް ޓެންޑަރގެ ޖަލްސާކުރާ މާލަމުގައި ކަމަށް އެ މިނިސްޓްރީން ހާމަކުރައްވައެވެ.