އުތީމް އަތުން ބަލިވެ އިހަވަންދޫއަށް މުބާރާތް ނިމިއްޖެ
ގޯލްޑެން ފުޓްސަލް ޗެލެންޖު 2024 ގައި ވާދަކުރާ އިހަވަންދޫ ފުޓްސަލް ޓީމް، ހއ އަތޮޅު ބުރުގެ ކުއާޓަރ ފައިނަލްގައި އުތީމްއަތުން ބަލިވުމުން އިހަވަންދޫ ޓީމަށް މުބާރާތް ނިމިއްޖެއެވެ.
ރޭ ހުޅުމާލޭ ރެހެންދި ދެ ނަންބަރު ފުޓްސަލް ދަނޑުގައި ކުޅުނު ކުއާޓާރ ފައިނަލް މެޗުން އިހަވަންދޫ ބަލިވީ 5-2 ގެ ނަތީޖާއަކުންނެވެ. މެޗުގެ ފުރަތަމަ ހާފުގައި ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ އިރު ފުރަތަމަ ހާފު ނިމިގެންދިޔައީ 2-0 ގެ ނަތީޖާއަކުން އުތީމު ކުރީގައި އޮވެގެންނެވެ. އަދި މެޗުގެ ދެވަނަ ހާފުގައި އުތީމުން އިތުރު ތިން ގޯލް ޖެހި އިރު އިހަވަންދޫ އިން ވެސް ވަނީ ދެ ގޯލް ޖަހާފައެވެ.
މިމެޗުގައި އުތީމުގެ ތާހާ މުހައްމަދު ދެ ގޯލް ޖެހިއިރު، އެޓީމުގެ އަހުމަދު އައިހަމް، މުހައްމަދު ނަބީލުގެ އިތުރުން މުހައްމަދު ރިޝްމީ މިއިން ކޮންމެ ކުޅުންތެރިއެއް ވަނީ އެއް ގޯލް ޖަހާފައެވެ. މީގެއިތުރުން މިމެޗުގައި އިހަވަންދޫގެ ޓީމްގެ ހާމިދު އަދި ސާޖިދު މިއިން ކޮންމެ ކުޅުންތެރިއެއް ވަނީ އެއް ގޯލް ޖަހާފައެވެ. މިމެޗުގެ މޭން އޮފް ދަ މެޗަކަށް ހޮވިފައިވަނީ އުތީމުގެ އަހުމަދު އައިހަމް އެވެ.
މިދިޔަ އަހަރުގެ މުބާރާތުން އިހަވަންދޫ ވަކިވާންޖެހުނީ ގްރޫޕް ސްޓޭޖުން އެއް ޕޮއިންޓާއި އެކުއެވެ. ވުމާއިއެކު މިއަހަރުގެ މުބާރާތުގައި ނޮކްއައުޓް ބުރަށް ދަތުރުކުރުމަކީ ކުރިއެރުމެއްކަން ފާހަގަވެއެވެ. މިއަހަރުގެ މުބާރާތުގައި ޖުމްލަ 129 ޓީމު ބައިވެރިވެފައިވާއިރު، މުބާރާތުގައި 320 މެޗު ކުޅުމަށް ވަނީ ހަމަޖެހިފައެވެ.
ގުޅުން ހުރެދާނެ ލިޔުން
އިހަވަންދޫ ޓީމް ކުއާޓަރ ފައިނަލަށް ދަތުރުކޮށްފި
24 - ޖެނުއަރީ - 2024
އިހަވަންދޫ ޓީމް ފިއްލަދޫ އަތްދަށުވެއްޖެ!
19 - ޖެނުއަރީ - 2024
މުރައިދޫ ބަލިކޮށް އިހަވަންދޫ މުބާރާތްފެށީ މޮޅަކުން
16 - ޖެނުއަރީ - 2024
ގޯލްޑެން ފުޓްސަލް ޗެލެންޖް: އިހަވަންދޫ، މާރަންދޫ، ފިއްލަދޫ އަދި މުރައިދޫ އެއް ގްރޫޕަކަށް
25 - ޑިސެމްބަރު - 2023
ޕޮއިންޓަކާއިއެކު އިހަވަންދޫ ޓީމަށް މުބާރާތް ނިމިއްޖެ
11 - ފެބްރުއަރީ - 2023
ތަށި މިލްކްކުރަން ނުކުތް އިހަވަންދޫ ޓީމް ދެވަނަ މެޗުންވެސް ބަލިވެއްޖެ
8 - ފެބްރުއަރީ - 2023
ތަށި މިލްކްކުރަން ނުކުތް އިހަވަންދޫ ޓީމް ފުރަތަމަ މެޗުން ބަލިވެއްޖެ
6 - ފެބްރުއަރީ - 2023
ހއ އަތޮޅުގެ ތާޖުކޮޅު އިހަވަންދޫއިން ދިފާޢުކޮށްފި!
27 - ފެބްރުއަރީ - 2022
ހުރިހާ ވިސްނުމެއް ހުރީ ތާޖު ދިފާޢުކުރުން : އިހަވަންދޫގެ ކެޕްޓަން
27 - ފެބްރުއަރީ - 2022
ފަހަތުން އަރައި މުރައިދޫ ބަލިކޮށް އިހަވަންދޫއިން އަތޮޅު ފައިނަލަށް!
25 - ފެބްރުއަރީ - 2022
ކޮމެންޓް
އަދި ކޮމެންޓެއް ނެތް