އިހަވަންދޫ ކައުންސިލްގެ ފޭސްބުކް ޕޭޖް ހެކް ކޮށްފި
އިހަވަންދޫ ކައުންސިލްގެ ފޭސްބުކް ޕޭޖް "ހެކް" ކޮށްފިއެވެ. އިހަވަންދޫ ކައުންސިލުންވަނީ، ކައުންސިލްގެ ވައިބަރ ކޮމިއުނިޓީގައި އެކަން ރައްޔިތުންގެ ސަމާލުކަމަށް ގެނެސްފައެވެ. ކައުންސިލުން ބުނެފައިވަނީ ކައުންސިލްގެ ރަސްމީ ފޭސްބުކް ޕޭޖް ހެކްކޮށް، ޕޭޖުން މިހާރު އެހެން ފަރާތަކުން ޕޯސްޓް ކުރަމުންދާތީ އެކަން ސަމާލުކަމަށް ޓަކައި ދަންނަވާކަމުގައެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ކައުންސިލް ޕޭޖްގެ އެކްސެސް، ހުރިހާ އެޑްމިނުންނަށް ގެއްލިފައިވާތީ ޕޭޖް އަނބުރާ ހޯދުމުގެ މަސައްކަތް އިއްޔައިންފެށިގެން ދިޔައީ ކުރަމުންނެވެ. ކައުސިލްގެ ރައީސް އަޙްމަދު ސޮބާހް ވިދާޅުވީ ކައުންސިލް ފޭސްބުކް ޕޭޖްގެ ކޮންޓްރޯލް ހޯދުމުގެ މަސައްކަތް ކުރިޔަށް ދާކަމަށާ، ކައުންސިލް ފޭސްބުކް ޕޭޖް ހެކްކުރި މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވާކަމުގައެވެ.
އިހަވަންދޫ ކައުންސިލްގެ ފޭސްބުކް ޕޭޖަކީ، ކައުންސިލުން ރައްޔިތުންނަށް ފޯރުކޮށް ދޭންޖެހޭ އެންގުންތަކާއި މައުލޫމާތު ގެނެސްދިނުމަށް ހާއްސަކޮށްފައިވާ ޕޭޖެކެވެ. އިހަވަންދޫ ކައުންސިލްގެ ޕޭޖަކީ 2015 ވަނަ އަހަރުން ފެށިގެން ހިންގާ ޕޭޖަކަށްވެފައި، އެޕޭޖަށް ގިނަ އަދަދެއްގެ ފޮޓޮއާއި ވީޑިއޯ ޕޯސްޓްކޮށްފައި އެބަހުއްޓެވެ. އެހެންކަމުން އެޕޭޖަށް ގެއްލުމެއް ދީފިނަމަ އެތަކެތި ގެއްލުމުގެ ބިރުވެސް އެބައޮތެވެ. އިހަވަންދޫ ކައުންސިލްގެ ފޭސްބުކް ޕޭޖް ހެކްކުރުމަށްފަހު މިއަދުވަނީ ޕޮޕްކޯން ތައްޔާރުކުރާނެ ގޮތުގެ ވީޑިއޯއެއް ޕޯސްޓް ކޮށްފައެވެ.
ގުޅުން ހުރެދާނެ ލިޔުން
އަލަށް ގޯތިދިން ސަރަހަށްދާއި، ރަށް ވަށައިގެން މަގުބައްތި ޖަހަނީ!
1 - އޮކްޓޯބަރު - 2026
އޯޕަން ސްޓޭޖް ގޯތި ތެރޭގައި މައިޒާނެއް ހަދައިދޭނެ ފަރާތެއް ހޯދަނީ
1 - އޮކްޓޯބަރު - 2026
އިހަވަންދޫ ކައުންސިލްގެ ރަސްތަރި ޤުރްއާން މުބާރާތް، ޑިސެންބަރު މަހު ބާއްވަނީ!
10 - ސެޕްޓެމްބަރު - 2026
ހުޅުވިތާ 1 އަހަރާ 8 މަސްވީ، ކުޑަކުދިންގެ ޕާކުގެ ޓާފް ބަދަލުކުރަނީ!
5 - ސެޕްޓެމްބަރު - 2026
ހަލާކުވެފައި އޮންނަތާ ގިނަދުވަސް ތަކަކަށްފަހު، އައިސް އުފުލާ ލޮރީ މަރާމާތުކޮށްފި
25 - އޮގަސްޓު - 2026
ކައުންސިލުން ގްރާންޓްގެ ގޮތުގައި އިހަވަންދޫ ސްކޫލަށް މިއަހަރު ދެނީ 200،000ރ
19 - އޮގަސްޓު - 2026
އިހަވަންދޫ ކައުންސިލުން ވަގުތީ ކުނި ކޮށްޓެއް ޤާއިމްކުރަނީ!
18 - އޮގަސްޓު - 2026
ބިންތައް އަތުލެވޭ އިސްލާހު ބޭރުކުރަން އިހަވަންދޫ ކައުންސިލުން ގޮވާލައިފި
16 - އޮގަސްޓު - 2026
އޯޕަން ސްޓޭޖް ސަރަހައްދުގައި މައިޒާނެއް ތަރައްޤީކުރަނީ...
13 - އޮގަސްޓު - 2026
ކައުންސިލުން އިހަވަންދޫ ސްކޫލަށްދޭ ގްރާންޓްގެ %20 އިނާމު ދިނުމުގެ ޖަލްސާއަށް...
11 - އޮގަސްޓު - 2026
ކޮމެންޓް
އަދި ކޮމެންޓެއް ނެތް