އިހަވަންދޫ ކައުންސިލްގެ ރަސްތަރި ޤުރްއާން މުބާރާތް މިއަހަރުގެ ޑިސެންބަރު މަހު ބާއްވާނެކަން އިހަވަންދޫ ކައުންސިލުން އިއުލާންކޮށްފިއެވެ.
އިހަވަންދޫ ކައުންސިލުން އިއުލާން ކޮށްފައިވާގޮތުގައި، މިއަހަރުގެ ރަސްތަރު ޤުރްއާން މުބާރާތް ފެށުމަށް ހަމަޖެހިފައިވަނީ، ޑިސެންބަރު މަހުގެ 24 ވަނަ ދުވަހުއެވެ. މިއީ މިމުބާރާތް ބާއްވާ 4 ވަނަ ފަހަރެވެ. މިމުބާރާތް މިހާތަނަށް 3 ފަހަރު ބާއްވާފައިވާއިރު، އެ ތިން ފަހަރުވެސް ރަސްތަރިޔަށް ހޮވިފައިވަނީ ހއ. އިހަވަންދޫ، ދޭލިޔާގެ، ޔައިޝާ ޔާސިރު އިބްރާހިމްއެވެ.
މިދިޔަ އަހަރު ބޭއްވި ރަސްތަރި މުބާރާތުގެ އެއްވަނަ ހޯދީ ހއ. ދިއްދޫއެވެ. ދެވަނަ އިހަވަންދޫ ހޯދިއިރު، ތިންވަނަ ހޯދީ ކެލައެވެ. ޔައިޝާ އެމުބާރާތުގެ އެއްވަނަ ހޯދިއިރު، ދެވަނަ ހޯދީ މަރިޔަމް ހިބާ ހުސައިން / ވިގޯރަސް، ހއ. ދިއްދޫއެވެ. އަދި މިމުބާރާތުގެ 3 ވަނަ ހޯދީ އައިޝަތު މައިހާ މާހިރު / ރަށްމެދުގެ، ހއ. އިހަވަންދޫއެވެ.
އެންމެ ފުރަތަމަ 2022 ވަނަ އަހަރު މިމުބާރާތް ބޭއްވީ “އިހަވަންދިއްޕޮޅު ރަސްތަރި މުބާރާތުގެ” ނަމުގައި މުޅި ހއ އަތޮޅަށް ހުޅުވާލައިގެންނެވެ. އެފަހަރުގެ މުބާރާތުގައި 8 ރަށަކުން ވާދަކުރިއެވެ. އެއަށްފަހު އެއްއަހަރުގެ މެދުކެނޑުމަކަށްފަހު 2024 އަދި 2025 ވަނަ އަހަރުވެސް މިމުބާރާތް ބާއްވާފައިވެއެވެ.
ކޮމެންޓް
އަދި ކޮމެންޓެއް ނެތް