ކައުންސިލްގެ ފޭސްބުކް ޕޭޖް ހެކްކުރިފަހުން ޕޭޖަށް ބޮޑު ކުރިއެރުމެއް، ހެކަރު އާއްމުކުރާ ވީޑިއޯތަކަށް މިލިއަނެއްހާ ވިއުސް
އިހަވަންދޫ ކައުންސިލްގެ ފޭސްބުކް ޕޭޖް ހެކްކޮށް އެހެން ފަރާތެއްގެ ބާރުގެ ދަށަށް ޕޭޖް ގެނަފަހުން، ޕޭޖަށް ބޮޑު ކުރިއެރުމެއް ލިބިފައިވާކަން ފާހަގަކުރެވިއްޖެއެވެ. ޕޭޖް ހެކް ކުރިއިރު ޕޭޖަށް ފޮލޯ ކުރަމުންއައީ 5200 އެއްހާ މީހުންނެވެ. ނަމަވެސް މިހާރު އެއަދަދުވަނީ 6000 އަށްވުރެ މަތިވެފައެވެ. މީގެ އިތުރުން ހެކަރުން އެޕޭޖަށް އަޕްލޯޑްކުރާ ވީޑިއޯތަކަށްވެސް މިހާތަނަށްވަނީ މިލިއަނެއްހާ ވިއުސް ލިބިފައެވެ.
އިހަވަންދޫ ކައުންސިލްގެ ފޭސްބުކް ޕޭޖް ހެކްކުރިކަން ރައްޔިތުންގެ ސަމާލުކަމަށް ކައުންސިލުން ގެނައީ މިދިޔަ މާރިޗް މަހުގެ 30 ވަނަ ދުވަހުއެވެ. އޭގެފަހުން ހެކަރުންވަނީ 140 އަށްވުރެގިނަ ވީޑިއޯ އަޕްލޯޑް ކޮށްފައެވެ. އޭގެތެރެއިން ބައެއް ވީޑިއޯތައް ވަރަށްބޮޑަށް ވައިރަލް ވެފައިވާއިރު، ހުރިހާ ވީޑިއޯއަކަށް މިހާތަނަށްވަނީ މިލިއަނެއްހާ ވިއުސް ލިބިފައެވެ.
އިހަވަންދޫ ކައުންސިލްގެ ފޭސްބުކް ޕޭޖަކީ، ކައުންސިލުން ރައްޔިތުންނަށް ފޯރުކޮށް ދޭންޖެހޭ އެންގުންތަކާއި މައުލޫމާތު ގެނެސްދިނުމަށް ހާއްސަކޮށްފައިވާ ޕޭޖެކެވެ. އިހަވަންދޫ ކައުންސިލްގެ ޕޭޖަކީ 2015 ވަނަ އަހަރުން ފެށިގެން ހިންގާ ޕޭޖަކަށްވެފައި، އެޕޭޖަށް ގިނަ އަދަދެއްގެ ފޮޓޮއާއި ވީޑިއޯ ޕޯސްޓްކޮށްފައި އެބަހުއްޓެވެ. އެހެންކަމުން އެޕޭޖަށް ގެއްލުމެއް ދީފިނަމަ އެތަކެތި ގެއްލުމުގެ ބިރުވެސް އެބައޮތެވެ. ހެކްކުރުމުގެ ކުރިން އެޕޭޖަށް އަޕްލޯޑް ކޮށްފައިހުރި ކޮންޓެންޓް މިހާތަނަށް ޑިލީޓް ކޮށްފައި ހުރިކަމަކަށް ނުބެލެވެއެވެ.
ކައުންސިލްގެ ރައީސް ވިދާޅުވީ ކަމާބެހޭ ފަރާތްތަކާ ގުޅިގެން ޕޭޖް ހޯދުމުގެ މަސައްކަތް ކުރިޔަށްދާކަމުގައެވެ.
ގުޅުން ހުރެދާނެ ލިޔުން
އަލަށް ގޯތިދިން ސަރަހަށްދާއި، ރަށް ވަށައިގެން މަގުބައްތި ޖަހަނީ!
1 - އޮކްޓޯބަރު - 2026
އޯޕަން ސްޓޭޖް ގޯތި ތެރޭގައި މައިޒާނެއް ހަދައިދޭނެ ފަރާތެއް ހޯދަނީ
1 - އޮކްޓޯބަރު - 2026
އިހަވަންދޫ ކައުންސިލްގެ ރަސްތަރި ޤުރްއާން މުބާރާތް، ޑިސެންބަރު މަހު ބާއްވަނީ!
10 - ސެޕްޓެމްބަރު - 2026
ހުޅުވިތާ 1 އަހަރާ 8 މަސްވީ، ކުޑަކުދިންގެ ޕާކުގެ ޓާފް ބަދަލުކުރަނީ!
5 - ސެޕްޓެމްބަރު - 2026
ހަލާކުވެފައި އޮންނަތާ ގިނަދުވަސް ތަކަކަށްފަހު، އައިސް އުފުލާ ލޮރީ މަރާމާތުކޮށްފި
25 - އޮގަސްޓު - 2026
ކައުންސިލުން ގްރާންޓްގެ ގޮތުގައި އިހަވަންދޫ ސްކޫލަށް މިއަހަރު ދެނީ 200،000ރ
19 - އޮގަސްޓު - 2026
އިހަވަންދޫ ކައުންސިލުން ވަގުތީ ކުނި ކޮށްޓެއް ޤާއިމްކުރަނީ!
18 - އޮގަސްޓު - 2026
ބިންތައް އަތުލެވޭ އިސްލާހު ބޭރުކުރަން އިހަވަންދޫ ކައުންސިލުން ގޮވާލައިފި
16 - އޮގަސްޓު - 2026
އޯޕަން ސްޓޭޖް ސަރަހައްދުގައި މައިޒާނެއް ތަރައްޤީކުރަނީ...
13 - އޮގަސްޓު - 2026
ކައުންސިލުން އިހަވަންދޫ ސްކޫލަށްދޭ ގްރާންޓްގެ %20 އިނާމު ދިނުމުގެ ޖަލްސާއަށް...
11 - އޮގަސްޓު - 2026
ކޮމެންޓް
އަދި ކޮމެންޓެއް ނެތް