އެޗްއާރްއެފް ވޮލީ ލީގު: ކެލާ ބަލިކޮށް އިމަގަށް ހިންހަމަޖެހުމެއް
އެޗްއާރްއެފް ވޮލީ ލީގުގައި އިމަގު ޖަމިއްޔާއިން ކުޅުނު 4 ވަނަ މެޗްގައި ޓީމް ކެލާ ބަލިކޮށްފިއެވެ. މިމެޗުން އިމަގު މޮޅުވީ، 3 ސެޓް 1 ސެޓުން ޓީމް ކެލާގެ މައްޗަށް ކުރިހޯދައިގެންނެވެ.
އިއްޔަ ހަވީރު ހޯރަފުށި އައުޓްޑޯ ވޮލީ ކޯޓުގައި ކުޅުނު މިމެޗްގެ ސެޓްތައް އިމަގުން ކާމިޔާބުކުރީ 25-21، 25-23 އަދި 25-22 އިންނެވެ. ކެލާ އިން ތިންވަނަ ސެޓް ގެންދިޔައީ 25-19 އިންނެވެ. މި މެޗުގެ މޮޅުކުޅުންތެރިއަކަށް ހޮވިފައިވަނީ އިމަގު ޖަމިއްޔާގެ ބިދޭސީ ކުޅުންތެރިޔާ ގަގަންދީޕް ސިންގެވެ.
މިމުބާރާތުގެ ގްރޫޕް ސްޓޭޖްގައި އިމަގަށް ބާކީ ދެންއޮތީ އެއް މެޗެވެ. އެމެޗްގައި މިމަހުގެ 3 ވަނަ ދުވަހު އިމަގު ނުކުންނާނީ ހޯރަފުށި ޕޮލިހާ ދެކޮޅަށެވެ. އިމަގުން މިހާތަނަށް މިމުބާރާތުގައި 4 މެޗް ކުޅެފައިވާއިރު، 3 މެޗުން ވަނީ މޮޅުވެފައެވެ.
ޖުމަލަ 6 ޓީމް ވާދަކުރާ މިމުބާރާތުގެ ގްރޫޕް ސްޓޭޖުން އެންމެގިނަ ޕޮއިންޓްހޯދާ ޓީމެއް ސީދާ ފައިނަލަށް ދަތުރުކުރާއިރު، ގްރޫޕް ސްޓޭޖުން 2 އަދި 3 ވަނަ ހޯދާ ދެ ޓީމް ސެމީ ފައިނަލަށް ދަތުރުކުރާނެއެވެ.
އެޗްއާރްއެފް ވޮލީ ލީގަކީ ވޮލީ ބޯޅާގައި ހުނަރުވެރި ޒުވާނުންތަކެއް އުފެއްދުމުގެ މަގުސަދުގައި ހޯރަފުށީ ކައުންސިލުން އިންތިޒާމު ކޮށްގެން މިއަހަރު މުޅިން އަލަށް ބާއްވާ މުބާރާތެކެވެ. މި މުބާރާތް ކުރިއަށް ގެންދަނީ ހއ. އަތޮޅަށް ހުޅުވާލައިގެންނެވެ. މިފަހަރުގެ މުބާރާތުގައި އިހަވަންދޫ އިމަގު އަދި ކެލާ ކައުންސިލްގެ އިތުރުން, ހޯރަފުށީ ކްލަބްތައް ކަމުގައިވާ ޓީމް ހިޔާ, އެފްސީ ފްރިގޭޓަރ، ގަޑި ސްޕޯޓްސް އަދި ޕޮލިސް ކްލަބް ވަނީ ބައިވެރިވެފައެވެ.
ގުޅުން ހުރެދާނެ ލިޔުން
އެޗްއާރްއެފް ވޮލީ ލީގު: ސެމީ ގައި ފުރިގޭޓަރ އަތުން ބަލިވެ އިމަގަށް މުބާރާތް ނިމިއްޖެ
4 - މޭ - 2024
އެޗްއާރްއެފް ވޮލީ ލީގު: އިމަގުން ފަހަތުންއަރާ ޓީމް ހިޔާ ބަލިކޮށްފި
1 - މޭ - 2024
ފަހުވަގުތާޖެހެންދެން ހިތްވަރުކުރި ނަމަވެސް، އިމަގު ދެވަނަ މެޗުން ބަލިވެއްޖެ!
28 - އޭޕްރީލް - 2024
ކްލަބް ޖީއެސް ބަލިކޮށް އިމަގުން ފެށުން ރަނގަޅުކޮށްފި
27 - އޭޕްރީލް - 2024
އެޗްއާރްއެފް ވޮލީ ލީގު: ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ހޯރަފުށީ ޕޮލިސް ޗެމްޕިއަންކަން ހޯދައިފި
6 - މޭ - 2024
އެޗްއާރްއެފް ވޮލީ ލީގު: ގްރޫޕް ސްޓޭޖުން ދެވަނަ ޓީމްގެ ގޮތުގައި އިމަގު ސެމީ ފައިނަލަށް
3 - މޭ - 2024
ހޯރަފުށީ ކައުންސިލް ކަޕް: ފުރިގޭޓަރ މުބާރާތްފެށީ ލަނޑު ގޯންޏަކުން!
14 - ސެޕްޓެމްބަރު - 2026
އިމަގު ޖަމިއްޔާގެ 14 ވަނަ ދައުރުގެ ރައީސްކަމަށް މުހައްމަދު ރަޝީދު...
25 - ޖޫން - 2026
އިމަގުގެ 30 ވަނަ އަހަރީދުވަހާ ގުޅުވައިގެން ހަންޑި ހޮހޮޅަ މިރޭ ދައްކާލަނީ!
4 - ޖޫން - 2026
9 ދައުރަށްފަހު އިމަގުގެ ރައީސްކަމުން މޫސާ އަލީ ދުރަށް
2 - މޭ - 2026
ކޮމެންޓް
އަދި ކޮމެންޓެއް ނެތް