އިހަވަންދޫ ކައުންސިލުން ޤާއިމްކޮށްފައިވާ އައުޓްޑޯ ޖިމް މިރޭ ހުޅުވަނީ
އިހަވަންދޫ ކައުންސިލުން ޤާއިމްކޮށްފައިވާ އައުޓްޑޯ ޖިމް މިރޭ ހުޅުވަން ނިންމައިފިއެވެ. އިހަވަންދޫ ޣާޒީ ދަނޑުގެ އުތުރުން، ފެނަކަ ޓްރާންސްފޯމަރުގެ އިރުމައްޗަށް ވާގޮތައް ހަދާފައިވާ އައުޓްޑޯ ޖިމް ހުޅުވުމުގެ ރަސްމިއްޔާތު އޮންނާނީ މިރޭ 20:15 ގައެވެ.
ކައުންސިލުން ޤާއިމްކޮށްފައިވާ އައުޓްޑޯ ޖިމަށް ދީފައިވާ ނަމަކީ "އިހަމަ" އެވެ. "އިހަމަ" ރަމްޒު ކޮށްދެނީ އިހަވަންދޫ ހަށިހެޔޮ މައިޒާނެވެ. މި އައުޓްޑޯ ޖިމަކީ އިހަވަންދޫ ކައުންސިލްގެ ހަރަދުގައި ހަދާފައިވާ ތަނެކެވެ. ކައުންސިލްގެ ރައީސް އަހްމަދު ސޮބާހް ވިދާޅުވީ އެޖިމް ތަރައްޤީކުރަން ކައުންސިލުން ހަތަރު ލައްކަ ރުފިޔާއަށްވުރެ ބޮޑު ހަރަދެއް ކޮށްފައިވާކަމުގައެވެ. ސޮބާހް ފާހަގަކުރެއްވި ގޮތުގައި މި އައުޓްޑޯ ޖިމްގެ ބޭނުމަކީ އިހަވަންދޫއަކީ ކުޅިވަރާއި ހަށިހެޔޮކަމަށް ލޯބިކުރާފަރާތަތަކެއް ދިރިއުޅެމުންދާ ރަށަކަވެފައި އެފަރާތްތަކަށް އެފުރުސަތު ފަހި ކޮށްދިނުން ކަމުގައެވެ. އަދި ހަމަ އެއާއިއެކު މިކަމަކީ މިދައުރުގެ ކައުންސިލްގެ ވައުދު ތަކުގެ ތެރޭގައި ހިމެނޭ ކަމެއްކަންވެސް ސޮބާހް ފާހަގަކުރެއްވިއެވެ.
ގުޅުން ހުރެދާނެ ލިޔުން
އަލަށް ގޯތިދިން ސަރަހަށްދާއި، ރަށް ވަށައިގެން މަގުބައްތި ޖަހަނީ!
1 - އޮކްޓޯބަރު - 2026
އޯޕަން ސްޓޭޖް ގޯތި ތެރޭގައި މައިޒާނެއް ހަދައިދޭނެ ފަރާތެއް ހޯދަނީ
1 - އޮކްޓޯބަރު - 2026
އިހަވަންދޫ ކައުންސިލްގެ ރަސްތަރި ޤުރްއާން މުބާރާތް، ޑިސެންބަރު މަހު ބާއްވަނީ!
10 - ސެޕްޓެމްބަރު - 2026
ހުޅުވިތާ 1 އަހަރާ 8 މަސްވީ، ކުޑަކުދިންގެ ޕާކުގެ ޓާފް ބަދަލުކުރަނީ!
5 - ސެޕްޓެމްބަރު - 2026
ހަލާކުވެފައި އޮންނަތާ ގިނަދުވަސް ތަކަކަށްފަހު، އައިސް އުފުލާ ލޮރީ މަރާމާތުކޮށްފި
25 - އޮގަސްޓު - 2026
ކައުންސިލުން ގްރާންޓްގެ ގޮތުގައި އިހަވަންދޫ ސްކޫލަށް މިއަހަރު ދެނީ 200،000ރ
19 - އޮގަސްޓު - 2026
އިހަވަންދޫ ކައުންސިލުން ވަގުތީ ކުނި ކޮށްޓެއް ޤާއިމްކުރަނީ!
18 - އޮގަސްޓު - 2026
ބިންތައް އަތުލެވޭ އިސްލާހު ބޭރުކުރަން އިހަވަންދޫ ކައުންސިލުން ގޮވާލައިފި
16 - އޮގަސްޓު - 2026
އޯޕަން ސްޓޭޖް ސަރަހައްދުގައި މައިޒާނެއް ތަރައްޤީކުރަނީ...
13 - އޮގަސްޓު - 2026
ކައުންސިލުން އިހަވަންދޫ ސްކޫލަށްދޭ ގްރާންޓްގެ %20 އިނާމު ދިނުމުގެ ޖަލްސާއަށް...
11 - އޮގަސްޓު - 2026
ކޮމެންޓް
އަދި ކޮމެންޓެއް ނެތް