ހޯރަފުށީގެ ފަޅުގައި ހަދާ މޯލްޑިވްސް އިކޮނޮމިކް ގޭޓްވޭ ތަރައްޤީކުރުމަށް އިފްޒާ އާއިއެކު އެމްއޯޔޫއެއްގައި ސޮއެކޮށްފި
ހޯރަފުށީގެ ފަޅުގައި ހަދާ މޯލްޑިވްސް އިކޮނޮމިކް ގޭޓްވޭ ތަރައްޤީކުރުމަށް ޔޫއޭއީގެ އިންޓަނޭޝަނަލް ފްރީ ޒޯން އޮތޯރިޓީ (އިފްޒާ) އާއެކު އެމްއޯޔޫއެއްގައި ސޮއިކޮށްފިއެވެ.
މި އެއްބަސްވުމުގައި ސޮއެކުރީ، އިއްޔަ މީރުމާގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ. ރާއްޖޭގެ ފަރާތުން މި އެއްބަސްވުމުގައި، އިޤްތިޞާދީ ތަރައްޤީއާއި ބެހޭ ވަޒީރު މުޙައްމަދު ސައީދު ސޮއެކުރެއްވިއިރު އިފްޒާ ކުންފުނީގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ ޗެއާމަން މާޓިން ގްރެގާސް ޕެޑެސެންއެވެ.
މި ރަސްމީއްޔާތުގައި ވާހަކަދައްކަވަމުން އިޤްތިޞާދީ ތަރައްޤީއާއި ބެހޭ ވަޒީރު މުޙައްމަދު ސައީދު ވިދާޅުވީ، ގާތްގަނޑަކަށް 4 މަސް ދުވަހުގެ ތެރޭ، މި އެމްއޯޔޫގެ ދަށުން އެއްބަސްވުމަކަށް އާދެވޭނެ ކަމަށެވެ. އިހަވަންދިއްޕޮޅު އިކޮނޮމިކް ގޭޓްވޭ މަޝްރޫޢުގެ ތެރެއިން އިފްޒާގެ ތަޖުރިބާގެ ބޭނުންކޮށް އިންވެސްޓަރުން ގެނައުމުގެ މަސައްކަތް ކުރެވިގެންދާނެކަމަށް އިޤްތިޞާދީ ތަރައްޤީއާއި ބެހޭ ވުޒާރާއި ވިދާޅުވެއެވެ.
އިފްޒާއާ ހަވާލުކުރީ ކ. ފުނަދޫގައި އަޅާ ސްޕެޝަލް އިކޮނޮމިކް އެންޑް ފައިނޭޝަލް ޒޯނާއި އިހަވަންދިއްޕޮޅުގެ ހޯރަފުށީގެ ފަޅުގައި ހަދާ މޯލްޑިވްސް އިކޮނޮމިކް ގޭޓްވޭ ހެދުމަށެވެ. މޯލްޑިވްސް އިކޮނޮމިކް ގޭޓްވޭގައި އިންޑަސްޓްރިއަލް، ފައިނޭޝަލް އަދި ޓޫރިޒަމަށް ހާއްސަ ސަރަހައްދުތަކެއް ތަރައްގީ ކުރުމުގެ އިތުރުން އިހަވަންދިއްޕޮޅުގައި މީހުން ދިރިއުޅުމަށް ހާއްސަ ސަރަހައްދެއް ވެސް ކަނޑައަޅާނެ އެވެ. އެ ސަރަހައްދުން 2،500 ހެކްޓަރުގެ ބިން ހިއްކަން ވެސް ވަނީ ކަނޑައަޅައިފަ އެވެ.
އިފްޒާއަކީ ބޭންކިން އާއި އިންޝުއަރެންސާއި ކޮމާޝަލް ރިއަލް އެސްޓޭޓުގެ އިތުރުން ކޯޕަރޭޓް ޓްރެއިނިން ދިނުމުގައި ދުބާއީގައި މަޝްރޫއު ކުންފުންޏެކެވެ. އެއީ ދުބާއީގެ ކުންފުންޏަކަށް ވިޔަސް، ޗައިނާ އާއި ޖަރުމަނާއި ސްވިޒަލެންޑާއި ސްޕެއިން އާއި ސީޝެލްސް ފަދަ ގައުމުތަކުގައި އެ ކުންފުނީގެ މަޝްރޫއުތައް އަންނަނީ ހިންގަމުންނެވެ.
ގުޅުން ހުރެދާނެ ލިޔުން
ނޫރު މަދަހަ މުބާރާތް އިހަވަންދިއްޕޮޅަށް ހުޅުވާލައިފި: އެއްވަނައަށް އުމުރާ ދަތުރަކާއި 6000 ރުފިޔާ
6 - ފެބްރުއަރީ - 2026
ހއ އަތޮޅުގެ ފުރަތަމަ މަލްޓި-ސްޕޭޝަލްޓީ ކްލިނިކް މިމަހު ހުޅުވަނީ!
1 - ނޮވެމްބަރު - 2025
ހޯރަފުށި އެއާޕޯޓް އިންޓަނޭޝަނަލް ކުރަނީ
15 - މާރިޗު - 2024
އިހަވަންދިއްޕޮޅުގެ މި އުދާހަށް އިޖާބައެއް ނެތީބާ؟
25 - ސެޕްޓެމްބަރު - 2023
އިހަވަންދިއްޕޮޅުން ޑަވިޔަނިއަތޮޅުގެ އަޑު
4 - އޮގަސްޓު - 2022
އިހަވަންދިއްޕޮޅުގައި ތެޔޮ ސްޓޯރޭޖެއް ހަދައި، ބަންކަރިން ހިދުމަތް ފަށަނީ
31 - މޭ - 2022
މޮޅަދޫގައި ފެނާއި ނަރުދަމާ ނިޒާމު ޤާއިމުކޮށްދޭނެ ބަޔަކު ހޯދަނީ!
20 - ފެބްރުއަރީ - 2020
އިހަވަންދިއްޕޮޅުގައި އިތުރު ދެ ރިސޯޓް ތަރައްޤީކުރަނީ
18 - ޑިސެމްބަރު - 2019
ފުއްޓަރު މައިޒާން ތަރައްޤީކުރުމަށް ކަނޑައަޅާފައިވާ ބަޖެޓުން 3 ލައްކަ ރުފިޔާ ކުޅިވަރު ދެ މުބާރާތަކަށް!
22 - އޮގަސްޓު - 2026
ހއ. މާދުނިފަރުގައި ރިސޯޓް ތަރައްޤީކުރުމަށް 3 ސްލޮޓެއް ބީލަމަށް
9 - ފެބްރުއަރީ - 2026
ކޮމެންޓް
އަދި ކޮމެންޓެއް ނެތް