އިހަވަންދިއްޕޮޅުގައި ތެޔޮ ސްޓޯރޭޖެއް ހަދައި، ބަންކަރިން ހިދުމަތް ފަށަނީ
އިހަވަންދިއްޕޮޅުގައި ބައިނަލްއަގުވާމީ ތެޔޮ ބަންކަރިންގެ ހިދުމަތާއި ތެޔޮ ސްޓޯރޭޖެއް އަޅަން ނިންމާފައިވާ ކަމަށް އެސްޓީއޯގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ހުސެއިން އަމްރު ވިދާޅުވެއްޖެއެވެ.
ރޭ ކްރޮސްރޯޑްސްގައި ބޭއްވި އެސްޓީއޯގެ އަހަރީ އާއްމު ޖަލްސާގައި އަމްރު ވިދާޅުވީ، ރާއްޖެ އޮންނަ ލޮކޭޝަންގެ ގޮތުން އިހަވަންދިއްޕޮޅު ކައިރިން ދުވާލަކު 300 އަށް ވުރެ ގިނަ އާގު ބޯޓު ދަތުރުކުރާ ކަމަށެވެ. އެ ސަރަހައްދުގައި އެ ބޯޓުފަހަރަށް ހިދުމަތްތައް ދެވޭނެ މާ ގިނަ ގޮތްތަކެއް ނެތް ކަމަށާއި އެސްޓީއޯއިން ބޭނުންވަނީ އެތަނުގެ ތެލުގެ ސްޓޯރޭޖެއް ހަދައި އިންޓަނޭޝަނަލް ބަންކަރިން ހިދުމަތް ދިނުން ކަމަށް އަމްރު ވިދާޅުވި އެވެ.
ތެލުގެ ވިޔަފާރިއަކީ އެސްޓީއޯގެ އެންމެ ބޮޑު ވިޔަފާރިކަން ފާހަގަ ކުރައްވައި އަމްރު ވިދާޅުވީ ތެލުގެ ކެޕޭސިޓީ އިތުރުކުރަން ޖެހިފައި އޮތް ނަމަވެސް ކ. ފޮނަދޫ ގައި ހުންނަ އެސްޓީއޯގެ ފިއުލް ޓާމިނަލް ބޮޑުކުރެވެން ނެތް ކަމަށެވެ. އޭނާ ވިދާޅުވީ ރާއްޖޭގައި ތެޔޮ ބޭނުން ކުރާ މިންވަރު އިތުރުވަމުން އަންނަކަމަށާއި ކެޕޭސިޓީ އިތުރުކުރަން ޖެހޭ ކަމަށެވެ. މިދިޔަ އަހަރު ވެސް އެސްޓީއޯ އަށް ތެލުގެ ވިޔަފާރިން ހަ ބިލިއަން ރުފިޔާ ލިބުނެވެ.
ރާއްޖޭގެ އުތުރުގައި ތެޔޮ ބަންކަރެއް ހެދުމުން ދުނިޔޭގެ ބޮޑެތި ބޯޓުތަކަށް ހިދުމަތް ދެވޭނެ އެވެ. އެ ސަރަހައްދަށް އާންމުކޮށް މަޑުކުރަނީ އޮސްޓްރޭލިއާ ސަރަހައްދަށް ދަތުރުކުރާ އާގު ބޯޓުތަކެވެ. އޭގެ ސަބަބުން ރާއްޖެ އަށް މިހާރަށް ވުރެ ގިނައިން ތެޔޮ އެތެރެ ކުރަން ޖެހޭނެ އެވެ. އަދި މިއީ ރާއްޖެ އަށް ބޭނުންވާ ތެލުގެ އަގު ހެޔޮވާނެ ކަމެއް ކަމަށް ވެސް އަމްރު ކުރިން ވިދާޅުވެފައިވެ އެވެ.
ތެޔޮ ވިއްކައިގެން ލިބޭ އާމްދަނީން ރާއްޖޭގެ ޓޫރިޒަމް އިންޑަސްޓްރީއާ ވާދަކުރެވޭ ވަރުގެ އިންޑަސްޓްރީއަކަށް ބަދަލުކުރުމުގެ ފުރުސަތު ފަހިވާނެ އެވެ.
މިކަން ކުރުމުގެ މަސައްކަތް ކުރާ އިރު ރާއްޖޭގެ ރަށްތަކަށް ގޭސް ގެންދިއުމުގައި ފަސޭހަ ގޮތްތަކެއް ހަމަޖައްސާނެ ކަމަށް އޭނާ ވިދާޅުވި އެވެ. އަމްރު ވިދާޅުވީ، ރާއްޖޭގެ ރަށްތަކަށް މިހާރު ގޭސް ގެންދަނީ ތިލަފުށިން ކަމަށެވެ. އަމްރު ވިދާޅުވީ އެސްޓީއޯގެ ވިސްނުން ހުރީ އެންމެ ފުރަތަމަ ފްލޯޓިންގ ސްޓޯރޭޖެއްގައި އިހަވަންދިއްޕޮޅުގައި އެ ޙިދުމަތް ފެށުން ކަމަށާއި، އެ ޙިދުމަތްދޭން ފެށުން ވެގެންދާނީ ރާއްޖޭގެ އިޤްތިސާދަށް ވަރަށް ބޮޑު ބަދަލެއް އަންނާނެ ކަމަކަށް ކަމަށެވެ.
ގުޅުން ހުރެދާނެ ލިޔުން
އެސްޓީއޯއިން ފިޔާ ކިލޯއެއް 13ރ އަށް ލިބޭނެކަމުގެ ޔަޤީންކަން ދީފި
17 - ޖޫން - 2026
އެސްޓީއޯއިން ދޮގުހެދުމުން މަސްވެރިންނާއި އާންމުންގެ ރުޅިވެރިކަން އިންތިހާއަށް!
18 - މާރިޗު - 2026
އުނބައްޖަހައި، އެސްޓީއޯ އިން ތެލުގެ އަގު ހެއޮކުރާނެކަމަށް ބުނެފި!
17 - މާރިޗު - 2026
އިހަވަންދޫގައި އެސްޓީއޯ ރޭޓުގައި ތެޔޮ ލިބޭނެ އިންތިޒާމް ހަމަޖައްސައި، އެފް.އެސް.އެމްގެ ހިދުމަތް ދޭން ފަށައިފި!
25 - ފެބްރުއަރީ - 2026
ނޫރު މަދަހަ މުބާރާތް އިހަވަންދިއްޕޮޅަށް ހުޅުވާލައިފި: އެއްވަނައަށް އުމުރާ ދަތުރަކާއި 6000 ރުފިޔާ
6 - ފެބްރުއަރީ - 2026
ހއ އަތޮޅުގެ ފުރަތަމަ މަލްޓި-ސްޕޭޝަލްޓީ ކްލިނިކް މިމަހު ހުޅުވަނީ!
1 - ނޮވެމްބަރު - 2025
ދަމާ ގާޑިޔަލުގައި އައިސް އުފުލުން ނިމުމަކަށް ގެނެސް، އިހަވަންދޫ ކައުންސިލްގެ ވައުދު ފުއްދައިފި
26 - އޮކްޓޯބަރު - 2025
ތެލުގެ ވިޔަފާރިއަށް ދިހަހާސް އަކަފޫޓްގެ ބިމެއް އެސްޓީއޯ އަށް
18 - ޑިސެމްބަރު - 2024
އިހަވަންދޫ ހިމެނޭހެން، 21 ރަށެއްގައި ފިއުލް ސްޓޯރޭޖް ފެސިލިޓީ ސެޓަޕް ހަދަނީ
10 - ނޮވެމްބަރު - 2024
ހޯރަފުށީގެ ފަޅުގައި ހަދާ މޯލްޑިވްސް އިކޮނޮމިކް ގޭޓްވޭ ތަރައްޤީކުރުމަށް އިފްޒާ އާއިއެކު އެމްއޯޔޫއެއްގައި ސޮއެކޮށްފި
13 - މޭ - 2024
ކޮމެންޓް
އަދި ކޮމެންޓެއް ނެތް