13 ގޯލުން ބަލިވުމުން ގަތް ލަދަކީ ކާމިޔާބަށް ކޮށުނު މަގު : ޖުވޭދު
މިދިޔަ އަހަރުގެ ޖެނުއަރީ މަހުގެ ދެވަނަ ދުވަހު އިމަގު ޣާޒީ ކަޕްގައި، ޖަންގަލް ޓީމުން 13-1 އިން އެފްސީ ބޮޑުމަގު ބަލިކޮށް ލަދުގަންނަވާލުމަކީ ބޮޑުމަގު ޓީމަށް ކާމިޔާބަށް ކޮށުނު މަގު ކަމަށް ބޮޑުމަގު ޓީމްގެ އެއްފައުންޑަރު ކަމަށްވާ އަލީ ޖުވޭދު ބުނެފިއެވެ.
ބޮޑުތިލަދުންމަތި ފުޓްސަލް ޗެލެންޖް 2024 ގެ ފައިނަލް މެޗްގެ ކުރިން، މިނުހާ ވާހަކަދައްކަމުން ޖުވޭދު ބުނީ، އެމެޗުން 13 ގޯލުން ބަލިވުމުން، ސަޕޯޓަރުންގެ ފަރާތުން ވަރަށްބޮޑަށް ނުތަނަވަސްކަން ހިއްސާކުރިކަމުގައެވެ. "އެހިސާބުން އަޅުގަނޑުމެން ނިންމައިފިން، ޓީމްގެ ސްޓެރެޓެޖީ ބަދަލުކުރަން. ނަމެއްގަ މުބާރާތްތަކުގަ ބައިވެރިނުވަން" ޖުވޭދު ބުންޏެވެ. ޖުވޭދުބުނީ ދެންއެޓީމުން ނަމެއްގައި މުބާރާތްތަކުގަ ބައިވެރިނުވާނެ ކަމުގައެވެ. "ޓީމުގެ ނަން ބާއްވާށޭކިޔާފަ ދެން މުބާރާތެއްގަ ބައިވެރިއެއްނުވާނަން. ތައްޓަށް އަމާޒުކޮށް ދެން ޓީމް ހަދާނީ. ހަރަދުވެސް ކޮށްގެން" ޖުވޭދު ބުންޏެވެ.
ބޮޑުމަގު އުފަންވީ 2013 ވަނަ އަހަރުގެ މައިކަޕް ފުޓްބޯޅަ މުބާރާތުގައި ބޮޑުމަގުގެ ނަމުގައި އެޓީމް ނުކުތް ހިސާބުންނެވެ. އޭގެފަހުން އިހަވަންދޫގައި ބޭއްވި ގިނަ މުބާރާތްތަކުގައި އެޓީމް ބައިވެރިވި ނަމަވެސް އިހަވަންދޫގައި ބޭއްވި ފުޓްބޯޅަ މުބާރާތެއްގެ ޗެމްޕިއަންކަން އެޓީމަށް ހޯދުނީ އަލަށެވެ. ބޮޑުތިލަދުންމަތި ފުޓްސަލް ޗެލެންޖް 2024 ގެ ޗެމްޕިއަންކަން ހޯދުމާއިއެކު އެޓީމުން އަނަނީ ވަރަށްބޮޑަށް އެކަމުގެ އުފާ ފާޅުކުރަމުންނެވެ.
ޖުވޭދުބުނީ އެޓީމަށް ހޯދުނު ކާމިޔާބުގެ ފަހަތުގައި ތިބީ ދެގޮތެއްނުވެ އެޓީމަށް އެހީތެރިކަން ފޯރުވަމުންދާ އެޓީމްގެ ސަޕޯޓަރުންނާއި ފަރުދާގެ ކުރިމަތިންނާއި ފަހަތުން އެޓީމް މެނޭޖް ކުރަމުންދާ ހިތްވަރުގަދަ މެނޭޖްމެންޓް ޓީމް ކަމުގައެވެ.
ގުޅުން ހުރެދާނެ ލިޔުން
އިހަވަން ފުސަލް ޗެލެންޖް 2025: ބޮޑު މަގު ސެމީފައިނަލަށް!
27 - ޖުލައި - 2025
ބޮޑުތިލަދުންމަތި ފުޓްސަލް ޗެލެންޖްގެ ޗެމްޕިއަންކަން ހޯދާ ބޮޑުމަގު ތާރީހުގެ ތެރެއަށް
20 - މޭ - 2024
ބީއެފްސީ ފައިނަލް މިރޭ، ބޮޑުމަގު ޓީމަށް ސާކްގެ ވަރުގަދަ އިންޒާރެއް!
19 - މޭ - 2024
ބޮޑުތިލަދުންމަތި ފުޓްސަލް ޗެލެންޖްގެ ސެމީފައިނަލް މިރޭ
17 - މޭ - 2024
ބޮޑުމަގުން އެންވީކޭ ހިފެހެއްޓިއިރު، މަނަފަރު މުބާރާތްފެށީ މޮޅަކުން
11 - މޭ - 2024
ބޮޑުތިލަދުންމަތި ފުޓްސަލް ޗެލެންޖް 2024 ގައި ބައިވެރިވީ 9 ޓީމެއް
7 - މޭ - 2024
ގްރޫޕް އޭ ގެ އެއްވަނަ އާއިއެކު ސެމީފައިނަލްގެ ފަހު ޖާގަ ޔުނައިޓެޑް ޔޫތަށް
28 - ޖުލައި - 2023
ޔުނައިޓެޑް ޔޫތަށް ފުރުސަތު ތަނަވަސްވިއިރު އެންވީކޭގެ އަމިއްލަބާރު ކެނޑިއްޖެ!
25 - ޖުލައި - 2023
ހަނިމާދޫ އަދި އެންވީކޭ ޕޮއިންޓް ތާވަލްގެ އެންމެ ކުރިޔަށް
22 - ޖުލައި - 2023
ޓީމް ނައިވާދޫ އަދި އެންވީކޭ ފެށުން ރަނގަޅުކޮށްފި
21 - ޖުލައި - 2023
ކޮމެންޓް
އަދި ކޮމެންޓެއް ނެތް