ގްރޫޕް އޭ ގެ އެއްވަނަ އާއިއެކު ސެމީފައިނަލްގެ ފަހު ޖާގަ ޔުނައިޓެޑް ޔޫތަށް
ދިރާގު ބޮޑުތިލަދުންމަތި ފުޓްސަލް ޖެލެންޖްގެ ސެމީފައިނަލްގެ ފަހުޖާގަ، ޔުނައިޓެޑް ޔޫތުން ހޯދައިފިއެވެ. މިއަދު ހަވީރު ކުޅުނު މިމުބާރާތުގެ ފަހުމެޗުގައި ބޮޑުމަގު 3-1 އިބަލިކޮށް ޔުނައިޓެޑް ޔޫތުން ސެމީފައިނަލްގެ ޖާގަ ކަށަވަރުކުރީ ގްރޫޕް އޭ ގެ އެއްވަނަ ޓީމްގެ ގޮތުގައެވެ.
މިއަދުގެ މެޗްގެ ފުރަތަމަ ގޯލްޖެހީ ޔުނައިޓެޑް ޔޫތްގެ ޝިފާޒް އިބާރާހިމްއެވެ. ނަމަވެސް ބޮޑުމަގުގެ އަހްމަދު މުނީޒް ވަނީ ގޯލެއްޖަހާ ނަތީޖާ ހަމަހަމަކޮށްފައެވެ. ފަހު ހާފުގައި ޔުނައިޓެޑް ޔޫތުން ލީޑްނެގީ އެޓީމްގެ މުހައްމަދު އާދަމް ޖެހި ގޯލުންނެވެ. މުހައްމަދު އާދަމްއަކީ ޔުނައިޓެޑް ޔޫތްގެ ތަޖްރިބާކާރު ކޯޗް ހުސައިން ފަޔާޒްގެ ގޭމް ޕްލޭންގައި، ސުޕަރ ސަބްސްޓިޓިއުޓެއްގެ ގޮތުގައި ބޭނުންކުރަމުން އަންނަ ކުޅުންތެރިއެކެވެ. އޭނާވަނީ މިމުބާރާތުގައި ކުޅުނު ހުރިހާމެޗެއްގައި ގޯލްޖަހާފައެވެ. އަދި ގްރޫޕް ސްޓޭޖްގެ ކުޅުން ނިމުނުއިރު 6 ގޯލާއިއެކު އޭނާ ހިމެނިފައިވަނީ އެންމެ ގިނަ ގޯލް ޖެހި ކުޅުންތެރިންގެ ލިސްޓްގެވެސް އެންމެ ކުރީގައެވެ. ޔުނައިޓެޑް ޔޫތަށް ލީޑް ފުޅާކޮށްދިނީ މިމެޗްގެ މޮޅުކުޅުންތެރިޔާއަށް ހޮވުނު އަހުމަދު ހަލީމް ޖެހި ޕެނަލްޓީއިންނެވެ.
މިއަދު ޖޭއޭ މަނަފަރު އަދި މާރަންދޫ ޔޫތް ސޮސައިޓީ ބައްދަލުކުރި މެޗް ނިމުނީ 8-2 އިން މާރަންދޫ ޔޫތް ސޮސައިޓީ މޮޅުވެގެންނެވެ. އެމެޗްގެ މޮޅު ކުޅުންތެރިޔާއަށް ހޮވުނީ މާރަންދޫ ޓީމްގެ އިމްރާން އާދަމްއެވެ.
ގްރޫޕް ސްޓޭޖްގެ މެޗްތައް ނިމުނުއިރު، މިމުބާރާތުގެ ސެމީފައިނަލަށް ދަތުރުކޮށްފައިވަނީ ޔުނައިޓެޑް ޔޫތް، ޓީމް ހަނިމާދޫ، ޓީމް ނައިވާދޫ އަދި ކުޅިމަގެވެ. ސެމީ ފައިނަލްގެ މެޗްތައް އޮންނާނީ މާދަމާ ހަވީރުއެވެ.
ޔުނައިޓެޑް ޔޫތު
ކުލަބު ޕޯލްސްޓަރ
ބޮޑުމަގު
މާރަންދޫ ޔޫތު ސޮސައިޓީ
ސީޕީއެސް ސްޕޯރޓްސް އެންޑް ރެކްރިއޭޝަން ކްލަބް
ބޮޑުތިލަދުންމަތީ ފުޓްސަލް ޗެލެންޖް
ގުޅުން ހުރެދާނެ ލިޔުން
ޔުނައިޓެޑް ޔޫތަށް ފުރުސަތު ތަނަވަސްވިއިރު އެންވީކޭގެ އަމިއްލަބާރު ކެނޑިއްޖެ!
25 - ޖުލައި - 2023
ހަނިމާދޫ އަދި އެންވީކޭ ޕޮއިންޓް ތާވަލްގެ އެންމެ ކުރިޔަށް
22 - ޖުލައި - 2023
ބޮޑުތިލަދުންމަތި ފުޓްސަލް ޗެލެންޖް 2024 ގައި ބައިވެރިވީ 9 ޓީމެއް
7 - މޭ - 2024
ދިރާގު ބޮޑުތިލަދުންމަތި ފުޓްސަލް ޖެލެންޖް 2023 ގެ ޗެމްޕިއަންކަން ޔުނައިޓެޑް ޔޫތް ހޯދައިފި
1 - އޮގަސްޓު - 2023
ތަށިހޯދަން މިތިބީ ކެތްމަދުވެފައި – ކޯޗް ފަޔާޒް
30 - ޖުލައި - 2023
ސަޕޯޓަރުން ޓީމާއިއެކު ތިބިއްޔާ މީއަހަރެމެންގެ ތައްޓެއް – ނައިވާދޫ ކޯޗް
30 - ޖުލައި - 2023
މާރަންދޫއަށް ފުރުސަތު ހުޅުވުނިއިރު ހަނިމާދޫ އަދި ކުޅިމަގަށް އިތުރު އިންތިޒާރެއް
25 - ޖުލައި - 2023
މިއަދުގެ މެޗްތަކުން ނާވައިދޫ، ކުޅިމަގު އަދި ޔުނައިޓެޑްޔޫތް މޮޅުވެއްޖެ
23 - ޖުލައި - 2023
ޔުނައިޓެޑް ޔޫތުން ވަރުގަދަ ނައިވާދޫ ހިފަހައްޓައިފި
22 - ޖުލައި - 2023
ފަހަތުންއަރާ، ކުޅިމަގުން މާރަންދޫ ޔޫތް ސޮސައިޓީ ބަލިކޮށްފި
21 - ޖުލައި - 2023
ކޮމެންޓް
އަދި ކޮމެންޓެއް ނެތް