ޝޮޕިންގ ކޮމްޕްލެކްސް އިމާރާތެއް ތަރައްޤީކުރުމަށް އިހަވަންދޫއިން ބިން ކުއްޔަށް ދޫކުރަނީ
އިހަވަންދޫ އުތުރު ފަރާތު ބަނދަރު ސަރަޙައްދުގައި (ނާރެސްމަގުގެ ދެކުނުން ސިނާއީމަގުން ހުޅަނގަށް) އޮތް 7250 (ހަތްހާސް ދުއިސައްތަ ފަންސާސް) އަކަފޫޓުގެ ހުސްބިން ޝޮޕިންގ ކޮމްޕްލެކްސް އިމާރާތެއް ތަރައްޤީކުރުމަށް 25 އަހަރުގެ މުއްދަތައް ކުއްޔަށް ދޫކުރުމަށް އިހަވަންދޫ ކައުންސިލުން އިޢުލާންކޮށްފިއެވެ. އިހަވަންދޫ ކައުންސިލުން ކޮށްފައިވާ އިޢުލާނުގައި ވާގޮތުން މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން 30 ސެޕްޓެންބަރު 2024 ވާ ހޯމަ ދުވަހުގެ 13:00 އަށް އިހަވަންދޫ ކައުންސިލްގެ އިދާރާއަށް ޕްރޮޕޯސަލް ހުށަހެޅަންޖެހެއެވެ.
އިހަވަންދޫ ކައުންސިލުން މައުލޫމާތު ދީފައިވާ ގޮތުގައި ސޮޕިންގ ކޮމްޕްލެކްސް އިމާރާތުގައި މަދުވެގެން ދެ ފުލޯ ހުންނަން ޖެހޭއިރު، އިމާރާތުގައި މަދުވެގެން 5 ފިހާރަ، 2 ފާހަނާ އަދި ޕާކިންގް ޒޯނެއް ހުންނަންޖެހެއެވެ. ކޮމްޕްލެކްސް ތަރައްޤީކުރާ ފަރާތް ބޭނުންނަމަ އެތަން 3 ވަނަ ފަރާތަކަށް ކުއްޔަށް ދިނުމުގެ އިޚްތިޔާރު ލިބެއެވެ.
ގުޅުން ހުރެދާނެ ލިޔުން
އަލަށް ގޯތިދިން ސަރަހަށްދާއި، ރަށް ވަށައިގެން މަގުބައްތި ޖަހަނީ!
1 - އޮކްޓޯބަރު - 2026
އޯޕަން ސްޓޭޖް ގޯތި ތެރޭގައި މައިޒާނެއް ހަދައިދޭނެ ފަރާތެއް ހޯދަނީ
1 - އޮކްޓޯބަރު - 2026
އިހަވަންދޫ ކައުންސިލްގެ ރަސްތަރި ޤުރްއާން މުބާރާތް، ޑިސެންބަރު މަހު ބާއްވަނީ!
10 - ސެޕްޓެމްބަރު - 2026
ހުޅުވިތާ 1 އަހަރާ 8 މަސްވީ، ކުޑަކުދިންގެ ޕާކުގެ ޓާފް ބަދަލުކުރަނީ!
5 - ސެޕްޓެމްބަރު - 2026
ހަލާކުވެފައި އޮންނަތާ ގިނަދުވަސް ތަކަކަށްފަހު، އައިސް އުފުލާ ލޮރީ މަރާމާތުކޮށްފި
25 - އޮގަސްޓު - 2026
ކައުންސިލުން ގްރާންޓްގެ ގޮތުގައި އިހަވަންދޫ ސްކޫލަށް މިއަހަރު ދެނީ 200،000ރ
19 - އޮގަސްޓު - 2026
އިހަވަންދޫ ކައުންސިލުން ވަގުތީ ކުނި ކޮށްޓެއް ޤާއިމްކުރަނީ!
18 - އޮގަސްޓު - 2026
ބިންތައް އަތުލެވޭ އިސްލާހު ބޭރުކުރަން އިހަވަންދޫ ކައުންސިލުން ގޮވާލައިފި
16 - އޮގަސްޓު - 2026
އޯޕަން ސްޓޭޖް ސަރަހައްދުގައި މައިޒާނެއް ތަރައްޤީކުރަނީ...
13 - އޮގަސްޓު - 2026
ކައުންސިލުން އިހަވަންދޫ ސްކޫލަށްދޭ ގްރާންޓްގެ %20 އިނާމު ދިނުމުގެ ޖަލްސާއަށް...
11 - އޮގަސްޓު - 2026
ކޮމެންޓް
އަދި ކޮމެންޓެއް ނެތް