ތިލައުތުރު ފުޓްސަލް މުބާރާތުގެ ގުރުނަގައިފި
ހއ އަތޮޅުގެ ރަށްތަކަށް ހުޅުވާލައިގެން "ތިލައުތުރު ފުޓްސަލް މުބާރާތް – 2024" ގެ ނަމުގައި، ހއ އަތޮޅު ކައުންސިލާއި ހއ ކެލާ ކައުންސިލް ގުޅިގެން ބާއްވާ ފުޓްސަލް މުބާރާތުގެ ގުރު ނަގައިފިއެވެ.
ޖުމުލަ 10 ޓީމެއް ބައިވެރިވެފައިވާ މިމުބާރާތުގެ ގުރުއަތުލުމުގެ ޙަފްލާ ބާއްވާފައިވަނީ މިރޭ ހއ. ކެލާގައެވެ. އަންނަ ނޮވެމްބަރ މަހުގެ 3 ވަނަ ދުވަހު ފެށުމަށް ހަމަޖެހިފައިވާ މިމުބާރާތުގެ މެޗްތައް ކުޅުމަށް ހަމަޖެހިފައިނީ ޓީމްތައް ދެ ގްރޫޕަކަށް ބަހާލައިގެން ކޮންމެ ގްރޫޕެއްގައި ހިމެނޭ ޓީމް ތަކުގެ މެދުގައި ޕޮއިންޓް އުސޫލުން މެޗްތައްކުޅެ ކޮންމެ ގްރޫޕަކުން އެއްވަނަ އަދި ދެވަނަ ޓީމް ސެމީ ފައިނަލަށް ދަތުރުކުރާ ގޮތަށެވެ.
މިމުބާރާތުގައި ގްރޫޕް 1 ގައި ހިމެނެނީ ވަށަފަރު، މުރައިދޫ، ދިއްދޫ، ބާރަށް އަދި ފިއްލަދޫއެވެ. ގްރޫޕް 2 ގައި ހިމެނެނީ ތުރާކުނު، އުތީމް، އުލިގަން، ކެލާ އަދި އިހަވަންދޫއެވެ.
ކުރީ އަހަރުތަކާ އެއްގޮތަށް މިއަހަރުގެ މުބާރާތުގައިވެސް ބައިވެރިވެވެނީ ކޮންމެ ރަށަކުންވެސް އެއް ޓީމަށެވެ. މުބާރާތުގެ ބޭނުމަށް އެރަށެއްގެ ރަށްވެއްސެއްކަމަށް ބަލަނީ 1 ޖެނުއަރީ 2024 ގެ ކުރިން އެރަށެއްގައި ރަށްވެހިވެފައިވާ ފަރާތްތަކަށެވެ.
މިއަދިޔަ އަހަރު ހއ އަތޮޅު ކައުންސިލުން ބޭއްވި، ތިލައުތުރު ފުޓްސަލް މުބާރާތް 2023 ކުރިޔަށް ގެންދިޔައީ މާރަންދޫ ކައުންސިލާއި ގުޅިގެން މާރަންދޫގައެވެ. މިއަހަރުގެ މުބާރާތް ކުރިޔަށް ގެންދިއުމަށް ނިންމާފައިވަނީ ހއ އަތޮޅު ކައުންސިލާއި ކެލާ ކައުންސިލާއި ގުޅިގެން ކެލާގައެވެ.
މިމުބާރާތަކީ ތިލައުތުރު ފުޓްސަލް މުބާރާތުގެ 3 ވަނަ މުބާރާތެވެ. މިދިޔަ އަހަރު ކުޅުނު މިމުބާރާތުގެ ދެވަނަ މުބާރާތުގެ ޗެމްޕިއަންކަން ހޯދީ ވަށަފަރު ޓީމެވެ. މި މުބާރާތުގެ ޗެމްޕިއަން ޓީމަށް 30000 (ތިރީސްހާސް) ރުފިޔާ، ރަނަރަޕް ޓީމަށް 15000 (ފަނަރަހާސް) ރުފިޔާ އަދި ފެއާޕްލޭ ޓީމަށް 10000 (ދިހަހާސް) ރުފިޔާގެ ފައިސާގެ އިނާމުވަނީ ހުށަހަޅާފައެވެ.
ގުޅުން ހުރެދާނެ ލިޔުން
ތިލައުތުރު ފުޓްސަލް މުބާރާތް 2024 ގެ ޗެމްޕިއަންކަން އިހަވަންދޫ ހޯދައިފި
11 - ނޮވެމްބަރު - 2024
ތިލައުތުރު ފުޓްސަލް މުބާރާތް 2024: ޗެރިޓީ ޝީލްޑް ކެލައަށް
4 - ނޮވެމްބަރު - 2024
ތިލައުތުރު ފުޓްސަލް މުބާރާތް 2024 ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި
16 - އޮގަސްޓު - 2024
ވަށަފަރު ބަލިކޮށް އިހަވަންދޫގެ ފެށުން ރަނގަޅުކޮށްފި
21 - ޖެނުއަރީ - 2023
ތިލައުތުރު ފުޓްސަލް މުބާރާތުގައި ބައިވެރިވީ 10 ރަށުން
8 - ޖެނުއަރީ - 2023
ފިނޭންސް މިނިސްޓްރީގެ ނިންމުމަކާ ގުޅިގެން "ތިލައުތުރު ފުޓްސަލް މުބާރާތް" ބާއްވާނެ ރަށެއް ހޯދުމުގެ އިއުލާން ބާތިލްކޮށްފި!
17 - ފެބްރުއަރީ - 2026
ތިލައުތުރު ފުޓްސަލް މުބާރާތް 2025: ތަށި އުފުއްލާލައި މުބާރާތުގެ އެންމެ ކާމިޔާބު ޓީމަކަށް އުތީމު
13 - ނޮވެމްބަރު - 2025
ތިލައުތުރު ފުޓްސަލް މުބާރާތް 2025: ޕެނަލްޓީއިން ކުރި ހޯދައިގެން މުރައިދޫ އަދި އުތީމު ފައިނަލަށް
11 - ނޮވެމްބަރު - 2025
ތިލައުތުރު ފުޓްސަލް މުބާރާތް 2025: ސެމީ ފައިނަލްގެ މެޗްތައް މިއަދު
10 - ނޮވެމްބަރު - 2025
ތިލައުތުރު ފުޓްސަލް މުބާރާތް 2025: އިހަވަންދޫގެ ފެންވަރު ދައްކާލައި ސެމީފައިނަލްގެ ޖާގައެއް ކަށަވަރުކޮށްފި
7 - ނޮވެމްބަރު - 2025
ކޮމެންޓް
އަދި ކޮމެންޓެއް ނެތް