ނަފުސާނީ ދުޅަހެއޮކަމާއި ދަރިން ތަރުބިއްޔަތުކުރުމަށް އަމާޒުކޮށް، ވިމެންސް ކޮމިޔުނިޓީން ހަރަކާތެއް ކުރިޔަށްގެންދަނީ
އަންހެން ކަނބަލުންގެ ނަފުސާނީ ދެޅަހެއޮކަން އިތުރުކުރުމާއި، ދަރިން ތަރުބިއްޔަތު ކުރުމުގައި އަމަލުކުރަންޖެހޭ ކަންކަމަށް ހޭލުންތެރިކަން އިތުރުމަށް، އިހަވަންދޫ ވިމެންސް ކޮމިޔުނިޓީން ހަރަކާތްތަކެއް ކުރިޔަށް ގެންދިމަށް ނިންމައިފިއެވެ. މިހަރަކާތްތައް ކުރިޔަށްދާނީ މިމަހުގެ 9 އަދި 11 ގައެވެ.
މިމަހުގެ 9 ވަނަ ދުވަހު ކުރިޔަށްދާ އަންހެނުންގެ ބައްދަލުވުމުގައި، ކަނބަލުންނަށް ނަފްސާނީގޮތުން ދިމާވާ ގޮންޖެހުންތަކުން އަރައިގަނެ ކުރިޔަށްދާން ހިތްވަރުދީ އަދި ނަފްސާނީ ދުޅަހެއޮކަން އިތުރުކުރާނެ ގޮތުގެ މައުލޫމާތު ފޯރުކޮށްދޭނެއެވެ. މިމަހުގެ 11 ވަނަ ދުވަހު ކުރިޔަށްދާނީ، ދަރިން ތަރުބިއްޔަތުކުރުމުގައި މައިންބަފައިން އަމަލުކުރަންޖެހޭ ގޮތްތަކާ ކުއްޖާ ދުޅަހެއޮކުއްޖެއްގެ ގޮތުގައި ބައްޓަންކުރުމަށް ކަންކަން ބަހައްޓާނެ ގޮތުގެ ހުނަރުތައް ފޯރުކޮއްދިނުމަށް ކުރިޔަށްގެންދާ ހަރަކާތެކެވެ. އެހަރަކާތުގައި މަންމަ އަދި ބައްޕަވެސް ބައިވެރިވުމުގެ ފުރުސަތުވަނީ ހުޅުވާލައިފައެވެ.
މިކަމާގުޅިގެން އިހަވަންދޫ ވިމެންސް ކޮމިޔުނިޓީގެ ރައީސާ ފާތިމަތު ޝާއިރާ ވިދާޅުވީ، އިޖުތިމާއި ގޮތުން މިފަދަ ހަރަކާތްތައް އެންޖީއޯތަކާ މުއައްސަސާތައް ގުޅިގެން ހިންގުމަކީ ވަރަށް މުހިއްމު ކަމެއްކަމުގައެވެ. އެގޮތުން މިއިވެންޓްގައި އިހަވަންދޫ ވިމެންސް ކޮމިޔުނިޓީ އާއި އެކު އިހަވަންދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ، މަސްވެރި އިހަވަންދޫ، އިހަވަންދޫ ކައުންސިލް، އިހަވަންދޫ ޕޮލިސް، އިހަވަންދޫ ސްކޫލް އަދި އިހަވަންދޫ ކޮމިއުނިޓީ ސެންޓަރު ބައިވެރިވާކަން ފާހަގަކުރެއްވިއެވެ. "އެބޭފުޅުން އަޅުގަނޑުމެންނާއިއެކު ބައިވެރިވުމަކީ، އަޅުގަނޑުމެންނަށް ލިބުނު ވަރަށްބޮޑު ހިތްވަރެއް. ޝުކުރު ވެރިކަމާއިއެކު އެބޭފުޅުންގެ އެހީތެރިކަން ފާހަގަކުރަން" ޝާއިރާ ވިދާޅުވިއެވެ. މިއިވެންޓާއި ރަށުގައި ބޭއްވޭ އެހެން އިވެންޓްތަކާއި އެންމެ ބޮޑު ތަފާތަކަށް ޝާއިރާ ފާހަގަކުރެއްވީ، މިއިވެންޓްގައި ދާއިރާގެ ރަށެއްކަމަށްވާ މާރަންދޫ ބައިވެރިވުމެވެ. އަދި އިހަވަންދޫ ވިމެންސް ކޮމިޔުނިޓީން ވަނީ، މިއިވެންޓްގެ ފެސިލިޓޭޓަރ މޫމިނާ ސަލީމް، ހއ ބާރަށް އަދި މޮޅަދޫގައި މިސެޝަންތައް ކުރިޔަށް ގެންދިއުމަށް ފުރުސަތު ފަހިކޮށްދީފައެވެ.
މިހަރަކާތްތަކުގައި ބައިވެރިވުމުގެ ފުރުސަތު މިމަހުގެ 6 ވަނަ ދުވަހުގެ 14:00 އާއި ހަމަޔަށްވަނީ ހުޅުވާލާފައެވެ. އެހަރަކާތްތަކުގައި ބައިވެރިވާން ބޭނުންވާ ބޭފުޅުން، ފުރިހަމަނަން އަދި ގުޅޭނެ ނަންބަރ ޖައްސަވާފަ 9829919 ވައިބަރ ކޮއްލުމުން ނުވަތަ ގޫގަލްފޯމެއް ފުރުއްވައިގެން ބައިވެރިވެވޭނެއެވެ.
އިހަވަންދޫ ވިމެންސް ކޮމިޔުނިޓީ އަކީ ހޭލުންތެރި މުޖުތަމަޢުއެއް ބިނާކުރުމާއި، އަންހެނުންގެ ހިއްސާ މުޖުތަމަޢުގައި އިތުރުކުރުމާއި، ދުޅަހެޔޮ ޖީލެއް ބިނާކުރުމަށްޓަކައި އަންހެނުންގެ ދައުރު ފުޅާކުރުމާއި، އެކިއެކި ދާއިރާތަކުން ލިބެންހުރި ފުރުޞަތުތައް ހޯދައިދިނުމަށް މަސައްކަތް ކުރުމާއި، ފުދުންތެރި ދިރިއުޅުމަކަށް ބޭނުންވާނެ ހުނަރާއި ޤާބިލުކަން އިތުރުކުރުމަށްޓަކައި ތަފާތު ޕްރޮގްރާމުތައް ހިންގުމުގެ، މަގުސަދުގައި ތަފާތު ހަރަކާތްތައް ހިންގަމުންއަންނަ ޖަމިއްޔާއެވެ. އެޖަމިއްޔާ ރަޖިސްޓްރީ ކޮށްފައިވަނީ 2021 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 25 ވަނަ ދުވަހުއެވެ.
ގުޅުން ހުރެދާނެ ލިޔުން
އިހަވަންދޫ ޑަބުލިޔު ޑީސީން އިސްނަގައިގެން ބައިނަލްއަޤްވާމީ އަންހެނުންގެ ދުވަސް ފާހަގަ ކުރަނީ
2 - މާރިޗު - 2022
އައި.ޑަބްލިއު.ސީ.ޖީ ކޮއްކޮމެންގެ މަދަހަ މުބާރާތުން މިދުހާ މެދު އުޑަށް!
14 - ޖޫން - 2020
އައި.ޑަބުލިއު.ސީ.ޖީ ކޮއްކޮމެންގެ މަދަޙަ މުބާރަތް ފެށެނީ...
10 - އޭޕްރީލް - 2020
އިހަވަންދޫ ކަނބަލުންގެ އަމާޒު- ހަމަހަމަ ޖީލަކަށް..
10 - މާރިޗު - 2020
ސަރުކާރުން ހއ އަތޮޅުގައި އިމާރާތްކުރަމުންދާ 3 ހޮސްޕިޓަލްގެ މަސައްކަތުގެ ދުވެލި ހާސްބައި ތަފާތު!
15 - އޮގަސްޓު - 2026
ފޮޓޯ: އެފްއޭއެމް ފުޓްސަލް ޗެމްޕިއަންޝިޕްގެ ހއ އަތޮޅުގެ ފައިނަލް މެޗް
11 - އޮގަސްޓު - 2026
އެފްއޭއެމް ފުޓްސަލް ޗެމްޕިއަންޝިޕްގެ ހއ އަތޮޅުގެ ޗެމްޕިއަންކަން އިހަވަންދޫ ހޯދައިފި!
10 - އޮގަސްޓު - 2026
މާދަމާރޭގެ މެޗަށް ފިއްލަދޫ ޓީމް އިހަވަންދޫއަށް...
9 - އޮގަސްޓު - 2026
އިހަވަންދޫ ޓީމުގެ ފުރަތަމަ މެޗް މިމަހުގެ 10 ވަނަ ދުވަހުގެރޭ އިހަވަންދޫގައި!
5 - އޮގަސްޓު - 2026
ދައުލަތަށް ގިނަ ދުވަހު ޚިދުމަތް ކުރުމުގެ އިނާމު ޢަބްދުލްޚާލިޤު މޫސާއަށް
27 - ޖުލައި - 2026
ކޮމެންޓް
އަދި ކޮމެންޓެއް ނެތް