އިހަވަންދޫ ޑަބުލިޔު ޑީސީން އިސްނަގައިގެން ބައިނަލްއަޤްވާމީ އަންހެނުންގެ ދުވަސް ފާހަގަ ކުރަނީ
ހއ އިހަވަންދޫ ގައި މި އަހަރުގެ އަންހެނުންގެ ދުވަސްފާހަގަ ކުރުމަށް ހަރަކަތްތަކެއް ރާވަމުން އެބަދެއެވެ. އިހަވަންދޫ ޑަބުލިއު ޑީ ސީ އިން އިސް ނަގައިގެން އިހަވަންދޫގެ ކުލަބު ޖަމިއްޔާތަކާ، ކައުންސިލާ ގުޅިގެން މާރިޗް 8 އިން 11 އަށް ކުރިއަށް ގެންދިއުމަށްޓަކައި ތަފާތު ހަރަކާތްތަކެއް ރާވާ ޖަމިއްޔާތަކާ މަޝްވަރާކޮށް ނިމިފައިވާ ކަމަށް ޑަބުލިއު ޑިސީގެ ރައީސާ ރަޝީދާ ހަސަން މީނުހަށް މައުލޫމާތު ދެއްވައެވެ.
ރަޝީދާ ހަސަން ވިދާޅުވީ "މިއަހަރުގެ އަންހެނުންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން އަންހެނުން ބާރުވެރި ކުރުމަށް މައުލުމާތު ދިނުމުގެ ސެޝަން އަކާއި، ދުވަހާ ގުޅިގެން، ދުވުމުގެ ހަރަކާތަކާއޮ، ކެއްކުމުގެ މުބާރާތަކާއި ޝަރަފުވެރިންގެ އެވޯޑު ނައިޓެއް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށެވެ.
އަދި މީގެ އިތުރުން ރަށުގެ އެކިސަރަހައްދު ތަކުގައި ބެހެއްޓުމަށް އަންހެނުން ބާރުވެރިކުރުމަށް މެސެޖުތަކެއް ހިމެނޭ ބެނާތަކެއް ތައްޔާރުކޮށް ކައުންސިލަށް ބެނާތައް ހަވާލުކުރުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށްވެސް ރަޝީދާ މައުލޫމާތު ދެއްވައެވެ.
މިހަރަކާތުގައި ރަށުގެ އެންމެހާ ކަނބަލުން ބައިވެރިވުމަށް ހަރަކާތް ހިންގާ ފަރާތްތަކުން ދައުވަތު އަރުވައެވެ.
މާރިޗު މަހުގެ 8 ވަނަ ދުވަހަކީ އިޤުތިޞާދީ، ސިޔާސީ އަދި އިޖްތިމާޢީ ކަންކަމުގައި އަންހެނުންގެ ދައުރު ފާހަގަކުރުމަށާއި، އަންހެނުންނަށް ކުރާ އަނިޔާ ހުއްޓުވުމަށާއި، އަންހެނަކަށް ވީތީ ކުރާ ތަފާތުކުރުން ނައްތާލުމަށާއި، އަންހެނުންގެ ހައްޤުތައް ހޯދައިދިނުމަށް މަސައްކަތްކުރުމުގެ ގޮތުން ބައިނަލްއަޤްވާމީ ފެންވަރުގައި ފާހަގަ ކުރާ އަންހެނުންގެ ދުވަހެވެ.
ގުޅުން ހުރެދާނެ ލިޔުން
ނަފުސާނީ ދުޅަހެއޮކަމާއި ދަރިން ތަރުބިއްޔަތުކުރުމަށް އަމާޒުކޮށް، ވިމެންސް ކޮމިޔުނިޓީން ހަރަކާތެއް ކުރިޔަށްގެންދަނީ
3 - ނޮވެމްބަރު - 2024
އައި.ޑަބްލިއު.ސީ.ޖީ ކޮއްކޮމެންގެ މަދަހަ މުބާރާތުން މިދުހާ މެދު އުޑަށް!
14 - ޖޫން - 2020
އައި.ޑަބުލިއު.ސީ.ޖީ ކޮއްކޮމެންގެ މަދަޙަ މުބާރަތް ފެށެނީ...
10 - އޭޕްރީލް - 2020
އިހަވަންދޫ ކަނބަލުންގެ އަމާޒު- ހަމަހަމަ ޖީލަކަށް..
10 - މާރިޗު - 2020
ސަރުކާރުން ހއ އަތޮޅުގައި އިމާރާތްކުރަމުންދާ 3 ހޮސްޕިޓަލްގެ މަސައްކަތުގެ ދުވެލި ހާސްބައި ތަފާތު!
15 - އޮގަސްޓު - 2026
ފޮޓޯ: އެފްއޭއެމް ފުޓްސަލް ޗެމްޕިއަންޝިޕްގެ ހއ އަތޮޅުގެ ފައިނަލް މެޗް
11 - އޮގަސްޓު - 2026
އެފްއޭއެމް ފުޓްސަލް ޗެމްޕިއަންޝިޕްގެ ހއ އަތޮޅުގެ ޗެމްޕިއަންކަން އިހަވަންދޫ ހޯދައިފި!
10 - އޮގަސްޓު - 2026
މާދަމާރޭގެ މެޗަށް ފިއްލަދޫ ޓީމް އިހަވަންދޫއަށް...
9 - އޮގަސްޓު - 2026
އިހަވަންދޫ ޓީމުގެ ފުރަތަމަ މެޗް މިމަހުގެ 10 ވަނަ ދުވަހުގެރޭ އިހަވަންދޫގައި!
5 - އޮގަސްޓު - 2026
ދައުލަތަށް ގިނަ ދުވަހު ޚިދުމަތް ކުރުމުގެ އިނާމު ޢަބްދުލްޚާލިޤު މޫސާއަށް
27 - ޖުލައި - 2026
ކޮމެންޓް
އަދި ކޮމެންޓެއް ނެތް