އިހަވަންދޫ ތިލައުތުރު ވޮލީ މުބާރާތުގެ ސެމީ ފައިނަލަށް ދަތުރުކޮށްފި
ހއ. މުރައިދޫގައި ކުރިއަށްދާ "ތިލައުތުރު ވޮލީ މުބާރާތް - 2024" ގައި އިހަވަންދޫ ޓީމް ދިއްދޫ ބަލިކޮށް ސެމީ ފައިނަލަށް ދަތުރުކޮށްފިއެވެ. މި މުބާރާތަކީ ހއ. އަތޮޅު ކައުންސިލާއި ހއ. މުރައިދޫ ކައުންސިލް ގުޅިގެން ބާއްވާ މުބާރާތެކެވެ.
އިއްޔެ ކުޅުނު މެޗުގައި އިހަވަންދޫ ޓީމުން ވަނީ ދިއްދޫ 3 ސެޓުން ބަލިކޮށްފައެވެ. މި މެޗުން އިހަވަންދޫ މޮޅުވީ 25-7، 25-15 އަދި 25-20 އިންނެވެ. މެޗުގެ އެންމެ މޮޅު ކުޅުންތެރިޔާއަށް ހޮވުނީ އިހަވަންދޫ ޓީމުގެ ޖާޒީ ނަންބަރު 9، އީނަތު އަހްލާއެވެ.
އިހަވަންދޫ ޓީމުން ވަނީ މި މުބާރާތުގައި ކުޅުނު ދެ މެޗުންވެސް މޮޅުވެފައެވެ. ފުރަތަމަ މެޗުގައި އިހަވަންދޫ ވަނީ ބާރަށް 25-7، 25-8 އަދި 25-8 އިން ބަލިކޮށްފައެވެ.
މި މުބާރާތް ފެށުނީ މި މަހުގެ 15 ވަނަ ދުވަހުއެވެ. އަދި ނިމޭނީ 23 ވަނަ ދުވަހުއެވެ. މުބާރާތުގައި ބައިވެރިވެފައިވަނީ 7 ޓީމެވެ. އެއީ މުރައިދޫ، އުތީމް، ކެލާ، ވަށަފަރު، އިހަވަންދޫ، ބާރަށް އަދި ދިއްދޫއެވެ. މުބާރާތް ކުރިއަށްދަނީ ދެ ގްރޫޕަކަށް ބަހާލައިގެންނެވެ.
މުބާރާތުގެ ޗެމްޕިއަން ޓީމަށް 20،000 ރުފިޔާ، ރަނަރަޕް ޓީމަށް 10،000 ރުފިޔާ އަދި ފެއަރ ޕްލޭ ޓީމަށް 5،000 ރުފިޔާގެ ފައިސާގެ އިނާމު ދިނުމަށް ވަނީ ހަމަޖެހިފައެވެ.
ގުޅުން ހުރެދާނެ ލިޔުން
ތިލައުތުރު ވޮލީ މުބާރާތުގެ ތަށި މިފަހަރުވެސް ގެންދިޔައީ މުރައިދޫއަށް!
2 - ޖޫން - 2025
ތިލައުތުރު ވޮލީ މުބާރާތް 2025: މިފަހަރުވެސް މުރައިދޫއާ އިހަވަންދޫގެ ފައިނަލެއް!
1 - ޖޫން - 2025
ދިއްދޫ މުބާރާތުން ވަކިވެއްޖެ، ގްރޫޕް ސްޓޭޖްގެ ފަހު މެޗްތައް މިރެޔާ މާދަމާރޭ!
29 - މޭ - 2025
ހޯރަފުށިން އެކުލަވައިލި ކޮމިޓީތައް ސައްހަ، ޑިސިޕްލިނަރީ ކޮމިޓީގެ ނިންމުން ރަނގަޅު، މުބާރާތް މެދުކަނޑައިލި ހިސާބުން ފަށަނީ!
28 - މޭ - 2025
ތިލަ އުތުރު ވޮލީ މުބާރާތް ފަނިވެއްޖެ!
28 - މޭ - 2025
ކުޅުނު ހުރިހާ މެޗެއްގެ ހުރިހާ ސެޓަކުންމޮޅުވެ މުރައިދޫ ފައިނަލަށް!
27 - މޭ - 2025
ޑިފެންޑިންގް ޗެމްޕިއަން މުރައިދޫ، މިފަހަރުގެ އަމާޒްވެސް ތައްޓަށް!
23 - މޭ - 2025
ފަސް ޓީމާއިއެކު ތިލަ އުތުރު ވޮލީ މުބާރާތް މިމަހުގެ 23 ހުގައި ފަށަނީ
14 - މޭ - 2025
އިހަވަންދޫއާއި އެކު 7 ޓީމެއް ތިލައުތުރު ވޮލީ މުބާރާތުގައި ބައިވެރިވެއްޖެ!
17 - އޭޕްރީލް - 2025
މިއަހަރުގެ ތިލައުތުރު ވޮލީ މުބާރާތް ހޯރަފުށީގައި، ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި!
23 - މާރިޗު - 2025
ކޮމެންޓް
އަދި ކޮމެންޓެއް ނެތް