އިންޓަރސްކޫލް ވޮލީ މުބާރާތް: ފިރިހެންޓީމް ސެމީއަށް ދަތުރުކުރިއިރު އަންހެންޓީމް ދެވަނަ ބުރަށް
ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން ކުރިޔަށްގެންދާ އިންޓަރސްކޫލް ވޮލީ މުބާރާތުގައި، އިހަވަންދޫ ސްކޫލްގެ 19 އަހަރުން ދަށުގެ ފިރިހެން ޓީމް ކެޔޮދޫ ބަލިކޮށް އަތޮޅު ބުރުގެ ސެމީ ފައިނަލަށް ދަތުރުކުރިއިރު، އަންހެންޓީމް ދެވަނަ ބުރަށް ދަތުރުކޮށްފިއެވެ.
މިމުބާރާތުގެ އަތޮޅު ކެޓަގަރީގައި، 19 އަހަރުން ދަށުގެ ފިރިހެން ޑިވިޜަންގައި ޕޫލް "އޭ" ގައި ކުޅުނު ހުރިހާ މެޗަކުންވެސް އިހަވަންދޫ ސްކޫލްގެ ފިރިހެން ޓީމް މޮޅުވެފައިވާއިރު، އެޓީމް ދެން ނުކުންނާނީ މިމަހުގެ 30 ވަނަ ދުވަހު 15:00 ގައި ސެމީ ފައިނަލްމެޗަށެވެ. އެމެޗުން މޮޅުވެސްޖެނަމަ އަތޮޅު ކެޓަގަރީގެ ފައިނަލަށް އެޓީމް ދަތުރުކުރާނެއެވެ. މީގެ އިތުރުން ފިރިހެން ޓީމްވަނީ ދެ ވަނަ ރައުންޑަށް ކޮލިފައި ވެފައެވެ. އެރައުންޑުގައި ވާދަކުރާނީ އަތޮޅު ކެޓަގެރީގެ 4 ޓީމަކާއި މާލެ ކެޓަގަރީގެ 4 ޓީމެކެވެ.
އިހަވަންދޫ ސްކޫލުން 19 އަހަރުން ދަށުގެ އަންހެން ޑިވިޜަންގައި ވާދަކުރާ ޓީމަށް އަތޮޅު ކެޓަގަރީގެ ވަނަޔަކަށް ވާދަކުރުމުގެ ފުރުސަތު ނުލިބުނު ނަމަވެސް އެޓީމްވަނީ ދެ ވަނަ ރައުންޑަށް ކޮލިފައި ވެފައެވެ. އެރައުންޑުގައި ވާދަކުރާނީ އަތޮޅު ކެޓަގެރީގެ 4 ޓީމަކާއި މާލެ ކެޓަގަރީގެ 4 ޓީމެކެވެ.
ގުޅުން ހުރެދާނެ ލިޔުން
އިހަވަންދޫ ސްކޫލުން މުބާރާތް ނިންމައިލީ ލޮއެ މެޑަލް އާއި އެކު!
14 - އޮގަސްޓު - 2026
ސެމީގައި ސީއެޗްއެސްއީ އަތުން ބަލިވެ، އިހަވަންދޫ ސްކޫލް 3 ވަނަ ހޮވާ މެޗަށް!
12 - އޮގަސްޓު - 2026
ޖޫނިއަރ ވޮލީބޯޅަ ޗެމްޕިއަންޝިޕްގެ ސެމީ ފައިނަލްގައި އިހަވަންދޫ ސްކޫލް މިރޭ ކުޅޭނެ..
11 - އޮގަސްޓު - 2026
އިހަވަންދޫ ސްކޫލް ފުރަތަމަ މެޗުން މޮޅުވެ، ސެމީ ފައިނަލަށް!
9 - އޮގަސްޓު - 2026
އިހަވަންދޫ ސްކޫލްގެ ވޮޅީޓިމްތަކުން ހޯދި ކާމިޔާބީ ފާހަގަކޮށްފި
15 - ޑިސެމްބަރު - 2024
އިހަވަންދޫ ސްކޫލްގެ ވޮލީ ޓީމަށް ރަތް ދޫލައިގެ މަރުހަބާއެއް!
8 - ޑިސެމްބަރު - 2024
އިންޓަރސްކޫލް ވޮލީ މުބާރާތް: 19 އަހަރުން ދަށުގެ ފިރިހެން ޑިވިޜަންގެ ޗެމްޕިއަންކަން އިހަވަންދޫ ސްކޫލް ހޯދައިފި
6 - ޑިސެމްބަރު - 2024
އިންޓަރސްކޫލް ވޮލީ މުބާރާތް: އަންހެން ޓީމް 3 ވަނަ ހޮވާމެޗަށް، ފިރިހެން ޓީމް ފައިނަލަށް
4 - ޑިސެމްބަރު - 2024
އިންޓަރސްކޫލް ވޮލީ މުބާރާތް: ފިރިހެން އަދި އަންހެން ޑިވިޜަންގެ ސެމީ ފައިނަލް މިއަދު
4 - ޑިސެމްބަރު - 2024
އިންޓަރސްކޫލް ވޮލީ މުބާރާތް: އިހަވަންދޫ ސްކޫލްގެ ފިރިހެން ޓީމް އަތޮޅު ކެޓަގަރީގެ ޗެމްޕިއަންކަން ހޯދައިފި
2 - ޑިސެމްބަރު - 2024
ކޮމެންޓް
އަދި ކޮމެންޓެއް ނެތް