އިންޓަރސްކޫލް ވޮލީ މުބާރާތް: ފިރިހެން އަދި އަންހެން ޑިވިޜަންގެ ސެމީ ފައިނަލް މިއަދު
ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން ކުރިޔަށްގެންދާ އިންޓަރސްކޫލް ވޮލީ މުބާރާތުގެ ފައިނަލް ރައުންޑްގައި، އިހަވަންދޫ ސްކޫލްގެ 19 އަހަރުން ދަށުގެ ފިރިހެން އަދި އަންހެން ޓީމް ވާދަކުރާ ސެމީ ފައިނަލް މެޗްތައް މިއަދު އޮންނާނެއެވެ.
ސެމީ ފައިނަލްގެ މެޗްގައި އިހަވަންދޫ ސްކޫލްގެ 19 އަހަރުން ދަށުގެ އަންހެން ޓީމް ނުކުންނާނީ، ފާފު އަތޮޅު އެޑިއުކޭޝަން ސެންޓަރާ ދެކޮޅަށެވެ. ޓާފް 3 ގައި ކުޅޭ އެމެޗް ފަށާނީ މިއަދު 15:00 ގައެވެ. މި ދެ ޓީމްވަނީ އަތޮޅު ކެޓަގަރީގެ ގްރޫޕް ސްޓޭޖްގައިވެސް ކުޅެފައެވެ. އެމެޗް 2 ސެޓް 1 ސެޓުން ކާމިޔާބުކުރީ ފާފު އަތޮޅު އެޑިއުކޭޝަން ސެންޓަރެވެ.
ސެމީ ފައިނަލްގެ މެޗްގައި އިހަވަންދޫ ސްކޫލްގެ 19 އަހަރުން ދަށުގެ ފިރިހެން ޓީމް ނުކުންނާނީ މީމު އަތޮޅު އެޑިއުކޭޝަން ސެންޓަރާއި ދެކޮޅަށެވެ. ޓާފް 3 ގައި ކުޅޭ އެމެޗް ފަށާނީ މިރޭ 19:45 ގައެވެ. މިމުބާރާތުގެ 19 އަހަރުން ދަށުގެ ފިރިހެން ޑިވިޜަންގެ އެއްވަނަ ހޯދާފައިވާ އިހަވަންދޫ ސްކޫލްގެ ޓީމް ވަނީ އަތޮޅު ކެޓަގަރީގައި މި ދެ ޓީމް ބައްދަލުކުރި މެޗް 2 ސެޓް 0 ސެޓުން ކާމިޔާބު ކޮށްފައެވެ.
މިއީ މާލޭގައި ބާއްވާ އިންޓަރ ސްކޫލް ވޮލީމުބާރާތެއްގައި އިހަވަންދޫ ސްކޫލް ބައިވެރިވާ ފުރަތަމަ ފަހަރުކަން ފާހަގަކުރެވެއެވެ.
ގުޅުން ހުރެދާނެ ލިޔުން
އިހަވަންދޫ ސްކޫލުން މުބާރާތް ނިންމައިލީ ލޮއެ މެޑަލް އާއި އެކު!
14 - އޮގަސްޓު - 2026
ސެމީގައި ސީއެޗްއެސްއީ އަތުން ބަލިވެ، އިހަވަންދޫ ސްކޫލް 3 ވަނަ ހޮވާ މެޗަށް!
12 - އޮގަސްޓު - 2026
ޖޫނިއަރ ވޮލީބޯޅަ ޗެމްޕިއަންޝިޕްގެ ސެމީ ފައިނަލްގައި އިހަވަންދޫ ސްކޫލް މިރޭ ކުޅޭނެ..
11 - އޮގަސްޓު - 2026
އިހަވަންދޫ ސްކޫލް ފުރަތަމަ މެޗުން މޮޅުވެ، ސެމީ ފައިނަލަށް!
9 - އޮގަސްޓު - 2026
އިހަވަންދޫ ސްކޫލްގެ ވޮޅީޓިމްތަކުން ހޯދި ކާމިޔާބީ ފާހަގަކޮށްފި
15 - ޑިސެމްބަރު - 2024
އިހަވަންދޫ ސްކޫލްގެ ވޮލީ ޓީމަށް ރަތް ދޫލައިގެ މަރުހަބާއެއް!
8 - ޑިސެމްބަރު - 2024
އިންޓަރސްކޫލް ވޮލީ މުބާރާތް: 19 އަހަރުން ދަށުގެ ފިރިހެން ޑިވިޜަންގެ ޗެމްޕިއަންކަން އިހަވަންދޫ ސްކޫލް ހޯދައިފި
6 - ޑިސެމްބަރު - 2024
އިންޓަރސްކޫލް ވޮލީ މުބާރާތް: އަންހެން ޓީމް 3 ވަނަ ހޮވާމެޗަށް، ފިރިހެން ޓީމް ފައިނަލަށް
4 - ޑިސެމްބަރު - 2024
އިންޓަރސްކޫލް ވޮލީ މުބާރާތް: ފިރިހެންޓީމަށް ފަސޭހަ މޮޅެއް، އަންހެންޓީމް ދެވަނަ މެޗުންވެސް ބަލި
27 - ނޮވެމްބަރު - 2024
އިންޓަރސްކޫލް ވޮލީ މުބާރާތް: އިހަވަންދޫ ސްކޫލަށް ފުރަތަމަ މެޗުން މޮޅުވެވޭ ގޮތެއްނުވި
26 - ނޮވެމްބަރު - 2024
ކޮމެންޓް
އަދި ކޮމެންޓެއް ނެތް