އިންޓަރސްކޫލް ވޮލީ މުބާރާތް: އަންހެން ޓީމް 3 ވަނަ ހޮވާމެޗަށް، ފިރިހެން ޓީމް ފައިނަލަށް
ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން ކުރިޔަށްގެންދާ އިންޓަރސްކޫލް ވޮލީ މުބާރާތުގެ ފައިނަލް ރައުންޑްގެ ސެމީ ފައިނަލްގައި، ފާފު އަތޮޅު އެޑިއުކޭޝަން ސެންޓަރު އަތުން ބަލިވެ އިހަވަންދޫ ސްކޫލްގެ 19 އަހަރުން ދަށުގެ އަންހެން ޓީމަށް ފައިނަލަށް ދިއުމުގެ މަގު ބަންދުވެއްޖެއެވެ. މިމެޗުން ފާފު އަތޮޅު އެޑިއުކޭޝަން ސެންޓަރު މޮޅުވީ 2 ސެޓް 1 ސެޓުންނެވެ. އިހަވަންދޫ ސްކޫލްގެ 19 އަހަރުން ދަށުގެ އަންހެން ޓީމް ދެން ކުޅެންޖެހޭނީ 3 ވަނަ ހޮވާ މެޗްގައެވެ. މާދަމާ ހަވީރު 16:30 ފަށާ އެމެޗްގައި، އިހަވަންދޫ ސްކޫލް ނުކުންނާނީ ކޮޔޮދޫ ސްކޫލާއި ދެކޮޅަށެވެ.
ފައިނަލް ރައުންޑްގައި ވާދަކުރާ އިހަވަންދޫ ސްކޫލްގެ 19 އަހަރުން ދަށުގެ ފިރިހެން ޓީމްވަނީ މިމުބާރާތުގެ ފައިނަލުން ޖާގަ ހޯދައިފައެވެ. މިރޭ ކުޅުނު ސެމީ ފައިނަލް މެޗުން މީމު އަތޮޅު އެޑިއުކޭޝަން ސެންޓަރުގެ މައްޗަށް އެޓީމް ކުރި ހޯދީ 2 ސެޓް 1 ސެޓުންނެވެ. ފައިނަލްގައި އަންނަ ހުކުރު ދުވަހުގެ ރޭ 20:00 ގައި އިހަވަންދޫ ސްކޫލްގެ 19 އަހަރުން ދަށުގެ ފިރިހެން ޓީމް ނުކުންނާނީ ސީއެޗް އެސްއީ ހުޅުމާލެ އާއި ދެކޮޅަށެވެ.
މިމުބާރާތުގައި އިހަވަންދޫ ސްކޫލުން ބައިވެރިކުރީ ދެ ޓީމެވެ. އެއީ 19 އަހަރުން ދަށުގެ އަންހެން ޓީމަކާއި 19 އަހަރުން ދަށުގެ ފިރިހެން ޓީމެކެވެ. 19 އަހަރުން ދަށުގެ ފިރިހެންޓީމް ފައިނަލް ރައުންޑްގެ ފައިނަލަށް ދަތުރު ކޮށްފައިވާއިރު، އެޓީމްވަނީ އަތޮޅު ކެޓަގަރީގެ ޗެމްޕިއަންކަން ހޯދައިފައެވެ. 19 އަހަރުން ދަށުގެ އަންހެންޓީމަށް އަތޮޅު ކެޓަގަރީގެ ވަނަޔަކަށް ވާދަނުކުރެވުނު ނަމަވެސް، ފައިނަލަށް ރައުންޑްގެ 3 ވަނަ ހޮވާ މެޗްގައި ކުޅުމުގެ ފުރުސަތު ވަނީ ލިބިފައެވެ.
މިއީ މާލޭގައި ބާއްވާ އިންޓަރ ސްކޫލް ވޮލީމުބާރާތެއްގައި އިހަވަންދޫ ސްކޫލް ބައިވެރިވާ ފުރަތަމަ ފަހަރުކަން ފާހަގަކުރެވެއެވެ.
ގުޅުން ހުރެދާނެ ލިޔުން
އިހަވަންދޫ ސްކޫލުން މުބާރާތް ނިންމައިލީ ލޮއެ މެޑަލް އާއި އެކު!
14 - އޮގަސްޓު - 2026
ސެމީގައި ސީއެޗްއެސްއީ އަތުން ބަލިވެ، އިހަވަންދޫ ސްކޫލް 3 ވަނަ ހޮވާ މެޗަށް!
12 - އޮގަސްޓު - 2026
ޖޫނިއަރ ވޮލީބޯޅަ ޗެމްޕިއަންޝިޕްގެ ސެމީ ފައިނަލްގައި އިހަވަންދޫ ސްކޫލް މިރޭ ކުޅޭނެ..
11 - އޮގަސްޓު - 2026
އިހަވަންދޫ ސްކޫލް ފުރަތަމަ މެޗުން މޮޅުވެ، ސެމީ ފައިނަލަށް!
9 - އޮގަސްޓު - 2026
އިހަވަންދޫ ސްކޫލްގެ ވޮޅީޓިމްތަކުން ހޯދި ކާމިޔާބީ ފާހަގަކޮށްފި
15 - ޑިސެމްބަރު - 2024
އިހަވަންދޫ ސްކޫލްގެ ވޮލީ ޓީމަށް ރަތް ދޫލައިގެ މަރުހަބާއެއް!
8 - ޑިސެމްބަރު - 2024
އިންޓަރސްކޫލް ވޮލީ މުބާރާތް: 19 އަހަރުން ދަށުގެ ފިރިހެން ޑިވިޜަންގެ ޗެމްޕިއަންކަން އިހަވަންދޫ ސްކޫލް ހޯދައިފި
6 - ޑިސެމްބަރު - 2024
އިންޓަރސްކޫލް ވޮލީ މުބާރާތް: ފިރިހެން އަދި އަންހެން ޑިވިޜަންގެ ސެމީ ފައިނަލް މިއަދު
4 - ޑިސެމްބަރު - 2024
އިންޓަރސްކޫލް ވޮލީ މުބާރާތް: ފިރިހެންޓީމަށް ފަސޭހަ މޮޅެއް، އަންހެންޓީމް ދެވަނަ މެޗުންވެސް ބަލި
27 - ނޮވެމްބަރު - 2024
އިންޓަރސްކޫލް ވޮލީ މުބާރާތް: އިހަވަންދޫ ސްކޫލަށް ފުރަތަމަ މެޗުން މޮޅުވެވޭ ގޮތެއްނުވި
26 - ނޮވެމްބަރު - 2024
ކޮމެންޓް
އަދި ކޮމެންޓެއް ނެތް