އިހަވަންދޫގައި ޑޮކްޔާޑެއް ތަރައްޤީކުރުމުގެ އެއްބަސްވުމުގައި ސޮއެކޮށްފި
މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން އިހަވަންދޫގައި ޑޮކްޔާޑެއް ތަރައްޤީކުރުމުގެ އެއްބަސްވުމުގައި އިހަވަންދޫ ކައުންސިލާއިއެކު ސޮއެކޮށްފިއެވެ. މިއެއްބަސްވުމުގައި ސޮއެކޮށްފައިވަނީ އިއްޔަ މެންދުރުފަހު، އިހަވަންދޫ ރަށްވެހިގޭގައި ބޭއްވި ރަސްމިއްޔާތެއްގައެވެ.
އެމްޕީއެލްގެ ފަރާތުން މިއެއްބަސް ވުމުގައި، އެކުންފުނީގެ ސީއީއޯ މުޙައްމަދު ވަޖީހު އިބްރާހިމް ސޮއެކުރެއްވިއިރު، އިހަވަންދޫ ކައުންސިލްގެ ފަރާތުން މިއެއްބަސްވުމުގައި ސޮއެކުރެއްވީ އިހަވަންދޫ ކައުންސިލްގެ ރައީސް އަޙްމަދު ސޮބާހްއެވެ.
އިއްޔަގެ ރަސްމިއްޔާތުގައި ދެއްކެވި ވާހަކާގައި އިހަވަންދޫ ކައުންސިލްގެ ރައީސް ސޮބާހް ބޮޑަށް ފާހަގަކުރެއްވީ، ކައުންސިލަށް ކުރެވުނު ތަޖްރިބާއަށް ބަލާފައި ބޮޑަށް މަސައްކަތް ކުރެއްވީ ބިން ދޫކުރުމަށްފަހު އަވަހަށް މަސައްކަތް ފެށޭނެކަން ޔަޤީން ކުރައްވަން ކަމުގައެވެ. އެގޮތުން ކުރިން ހަމަ އެސަރަހައްދުގައި ބޯޓް ޔާޑެއް ތަރައްޤީކުރުމަށް، މޯލްޑިވްސް ޓުރާންސްޕޯރޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމް.ޓީ.ސީ.ސީ) އަށް ބިން ދޫކުރެވުނުކަން ފާހަގަކުރައްވިއެވެ. އަދި އެކަމުގެ އެއްވެސް އަމަލީ މަސައްކަތެއް ނުފެށުމުން އެމް.ޓީ.ސީ.ސީ އާއި އެކު ހަދާފައިވާ އެއްބަސްވުން އުވާލިކަން ފާހަގަކުރައްވައި ސޮބާހް ވިދާޅުވީ، މިއެއްބަސްވުމުގެ ދަށުން އެމްޕީއެލް އާއި ހަވާލުކުރީ ކުރިން އެމް.ޓީ.ސީ.ސީއާއި ހަވާލުކުރި ބިންކަމުގައެވެ. އަދި އެބިން އެމްޕީއެލްއަށް ދޫކޮށްފައިވަނީ 50 އަހަރުގެ މުއްދަތަށް ފީއެއް ނުނަގާ ގޮތަށްކަމަށް ސޮބާހް ވިދާޅުވިއެވެ.
އިއްޔަގެ ރަސްމިއްޔާތުގައި އެމްޕީއެލްގެ ސީއީއޯ މުޙައްމަދު ވަޖީހު އިބްރާހިމް ފާހަގަކުރެއްވީ، އިހަވަންދޫ ކައުންސިލަށް ކުރިން ކުރެވުނު ހިތި ތަޖްރިބާ ތަކުރާރުނުވާނެ ގޮތަކަށް ކަންކަން އިންތިޒާމްކުރަން އެކުންފުނިން އިސްކަން ދޭކަމަށާއި އެގޮތުން އަންނަ މަހު ޑޮކްޔާޑުގެ ތަރައްޤީކުރުމުގެ އަމަލީ މަސައްކަތް ފެށޭނެކަމުގެ ޔަޤީންކަން ވަޖީހު ދެއްވިއެވެ.
މިއަހަރުގެ ސެޕްޓެމްބަރ މަހުގެ 20 ވަނަ ދުވަހު، ޑޮކްޔާޑާއި ސްލިޕްވޭ ތަރައްޤީކުރުމުގެ އެމްއޯޔޫ އެއްގައި އެމްޕީއެލްއާއި އިހަވަންދޫ ކައުންސިލާއި ދެމެދު ސޮކުރިއެވެ.
އިހަވަންދޫގައި ބޯޓްޔާޑެއް ތަރައްޤީކުރުމަށް، އެމް.ޓީ.ސީ.ސީ އާއި އެކު ހެދި އެއްބަސްވުން އުވައިލަން އިހަވަންދޫ ކައުންސިލުން ނިންމީ މިއަހަރުގެ ސެޕްޓެމްބަރ މަހުގެ 11 ވަނަ ދުވަހު ބޭއްވި އިހަވަންދޫ ކައުންސިލްގެ 4 ވަނަ ދައުރުގެ 163 ވަނަ ޖަލްސާގައެވެ. އެމްޓީސީސީއާ ކައުންސިލާއި ދެމެދު ހަދާފައިވާ އެއްބަސްވުމުގެ ދަށުން، 2022 ވަނަ އަހަރުގެ ޖޫންމަހުގެ 25 ވަނަ ދުވަހު 2 ލައްކަ އަކަފޫޓްގެ ބިމެއް، 50 އަހަރުގެ މުއްދަތަށް އެމްޓީސީސީއާ ހަވާލުކުރިއެވެ. އެއަހަރުތެރޭ ބޯޓްޔާޑް ތަރަށްގީކުރުމުގެ މަސައްކަތް ފަށާނެކަމުގެ ޔަޤީންކަން އެމްޓީސީސީއިން ދިންނަމަވެސް އެއްބަސްވުން އުވައިލުމާއި ހަމަޔަށްވެސް ބޯޓްޔާޑްގެ އެއްވެސް އަމަލީ މަސައްކަތެއް ފަށައިފައެއްނުވެއެވެ.
ގުޅުން ހުރެދާނެ ލިޔުން
ބަންދު ކޮށްފައިވާ ސިޑީގެ ހާލަތު ގޯސްވެ، ކަދުރު ރުއް ހެދެން ފަށައިފި!
31 - ޖެނުއަރީ - 2026
އިހަވަންދޫގައި ތައްޤީކުރުމަށް އެއްބަސްވުމުގައި ސޮއެކުރި ޑޮކްޔާޑް، ވަޖީހުއާއި ހަމައިން ހުއްޓުނީތަ؟
18 - ނޮވެމްބަރު - 2025
އިހަވަންދޫ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢުގެ މަސައްކަތް ނިމިއްޖެ – އެމްޓީސީސީ
13 - އޮކްޓޯބަރު - 2025
އިހަވަންދޫގެ އިރުމަތީ ފަރާތުން 712 މީޓަރުގެ ސަރަހައްދެއް ގިރައިފި – އިހަވަންދޫ ކައުންސިލް
29 - އޮގަސްޓު - 2025
ބޮޑު ބަދަލަކަށްފަހު އިހަވަންދޫ ކުޑަކުދިންގެ ޕާކް އަލުން ހުޅުވައިފި
20 - ޑިސެމްބަރު - 2024
ފެރީ ޓާމިނަލް ސިޑިއާ އިންވެގެން ހުޅަގަށްއޮތް ސަރަހައްދުގެ ޕޭވްމަންޓްގެ ދަށުން ފަސްގަނޑު ދަމައިގަނެފި
22 - ސެޕްޓެމްބަރު - 2024
ކެރޭން އޮޕަރޭޓްކޮށްގެން ލިބޭ އާމްދަނީގެ %100 ލިބޭނީ ކައުންސިލަށް : ސޮބާހް
21 - ސެޕްޓެމްބަރު - 2024
އެމްޕީއެލްއިން އިހަވަންދޫ ކައުންސިލަށް ހަދިޔާކުރާ ކެރޭން ހަވާލުކޮށްފި
20 - ސެޕްޓެމްބަރު - 2024
އެމްޕީއެލްއިން އިހަވަންދޫ ކައުންސިލަށް ކެރޭނެއް ހަދިޔާކުރަނީ
19 - ސެޕްޓެމްބަރު - 2024
ބޯޓްޔާޑެއް ތަރައްޤީކުރުމަށް، އެމްޓީސީސީ އާއި އެކު ހެދި އެއްބަސްވުން އުވާލަން ނިންމައިފި
18 - ސެޕްޓެމްބަރު - 2024
ކޮމެންޓް
އަދި ކޮމެންޓެއް ނެތް