ކެރޭން އޮޕަރޭޓްކޮށްގެން ލިބޭ އާމްދަނީގެ %100 ލިބޭނީ ކައުންސިލަށް : ސޮބާހް
މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ހއ. އިހަވަންދޫ ކައުންސިލަށް ހަދިޔާކޮށްފައިވާ ކެރޭން އޮޕަރޭޓް ކޮށްގެން ލިބޭ އާމްދަނީގެ %100 ލިބޭނީ އިހަވަންދޫ ކައުންސިލަށް ކަމަށް، އިހަވަންދޫ ކައުންސިލްގެ ރައީސް އަހްމަދު ސޮބާހް ވިދާޅުވެއްޖެއެވެ. ސޮބާހް މިހެން ވިދާޅުވީ މިރޭ ސޯޝަލް މީޑިޔާގައި ކުރެއްވި ޕޯސްޓެއްގައެވެ.
ސޮބާހް އިތުރަށް ވިދާޅުވީ ކެރޭނަކީ، ވިޔަފާރިވެރިންނާއި މުޅި ރައްޔިތުންނަށް ލިބިގެން ދިޔަ ލުއިފަސޭހަކަމެއްކަމަށާ، ކައުންސިލަށް އާމްދަނީ ހޯދުމަށް ކުރެވުނު ބޮޑު އިންވެސްޓްމެންޓެއްކަމުގައެވެ. އެމްޕީއެލް އިން ކެރޭން ހަދިޔާކުރުމުން، ރަށަށްޓަކައި އުފާކޮށް އަގުވަޒަންކޮށް ޝުކުރު އަދާކުރަން ޖެހޭކަން ފާހަގަކުރައްވައި 'ތެދު' ވާހަކަދައްކަން ސޮބާހް އިރުޝާދު ދެއްވިއެވެ. ބެލެވޭގޮތުގައި ސޮބާހް އިޝާރާތް އެކުރެއްވީ، ކެރޭން އޮޕަރޭޓްކޮށްގެން ލިބޭ އާމްދަނީއިން ބައެއް އެމްޕީއެލްއަށް ދޭންޖެހޭކަމަށް ބުނެ ބައެއްފަރާތްތަކުން ވާހަކަދައްކާތީކަމަށް ބެލެވެއެވެ.
އެމް.ޕީ.އެލްއިން އިހަވަންދޫ ކައުންސިލަށް ހަދިޔާކުރީ “KOBELCO” ބްރޭންޑްގެ 25 ޓަނުގެ ކެރޭނެކެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި މި ކެރޭން ކައުންސިލާއި ހަވާލުކޮށްފައިވަނީ 5 އަހަރު ދުވަހުގެ މުއްދަތަކަށެވެ. ކެރޭން އިހަވަންދޫ ކައުންސިލާއި ހަވާލުކޮށްފައިވަނީ އިއްޔަ މެންދުރުފަހު ބޭއްވި ރަސްމިއްޔާތެއްގައެވެ. އެމްޕީއެލްއިންވަނީ ކެރޭން އޮޕަރޭޓްކުރާނެ ޑްރައިވަރުން ތަމްރީންކުރުމަށް 1 މަސް ދުވަހަށް އެމްޕީއެލްގެ މުވައްޒަފެއް ފޮނުވާފައެވެ. އިހަވަންދޫ ކައުންސިލުން ކެރޭނެއް ގަތުމަށް ދެ ފަހަރު އިޢުލާނުކުރިއެވެ. ނަމަވެސް އެކަމަށް އެކަށީގެންވާ ތަރުހީބެއް ނުލިބުނުވެ.
ގުޅުން ހުރެދާނެ ލިޔުން
އިހަވަންދޫގައި ތައްޤީކުރުމަށް އެއްބަސްވުމުގައި ސޮއެކުރި ޑޮކްޔާޑް، ވަޖީހުއާއި ހަމައިން ހުއްޓުނީތަ؟
18 - ނޮވެމްބަރު - 2025
އިހަވަންދޫގައި ޑޮކްޔާޑެއް ތަރައްޤީކުރުމުގެ އެއްބަސްވުމުގައި ސޮއެކޮށްފި
21 - ޑިސެމްބަރު - 2024
ބޮޑު ބަދަލަކަށްފަހު އިހަވަންދޫ ކުޑަކުދިންގެ ޕާކް އަލުން ހުޅުވައިފި
20 - ޑިސެމްބަރު - 2024
އެމްޕީއެލްއިން އިހަވަންދޫ ކައުންސިލަށް ހަދިޔާކުރާ ކެރޭން ހަވާލުކޮށްފި
20 - ސެޕްޓެމްބަރު - 2024
އެމްޕީއެލްއިން އިހަވަންދޫ ކައުންސިލަށް ކެރޭނެއް ހަދިޔާކުރަނީ
19 - ސެޕްޓެމްބަރު - 2024
އޯޕަން ސްޓޭޖް ގޯތިތެރޭގައި މައިޒާނެއް ހަދައިދިނުމަށް 'މެކްސްއެމް' އާއި ހަވާލުކޮށްފި...
27 - އޮކްޓޯބަރު - 2026
ރަޟިއްޔާ އަދި ޝަހީރާ، މޯލްޑިވްސް އެކްސްޕޯ 2026 އިން ރަންވަނަތަކެއް ހޯދައިފި
26 - އޮކްޓޯބަރު - 2026
ކައުންސިލަށް ލަފާދޭ ޒުވާނުންގެ ބޯޑު ހިންގާނެގޮތުގެ އުސޫލު ފާސްކޮށްފި
22 - އޮކްޓޯބަރު - 2026
އިހަވަންދޫގައި އުމުރުން ދުވަސްވީ މީހުންނަށް ޚާއްސަ ލައިސަންސް ނެގުމުގެ ފުރުސަތު ހުޅުވާލައިފި
21 - އޮކްޓޯބަރު - 2026
ކައުންސިލް ކަޕް ފުޓްސަލް މުބާރާތް ހއ އަތޮޅަށް ހުޅުވާލައިފި
20 - އޮކްޓޯބަރު - 2026
ކޮމެންޓް
އަދި ކޮމެންޓެއް ނެތް