އެމްޕީއެލްއިން އިހަވަންދޫ ކައުންސިލަށް ކެރޭނެއް ހަދިޔާކުރަނީ
މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ހއ. އިހަވަންދޫ ކައުންސިލަށް ކެރޭނެއް ހަދިޔާކުރަން ނިންމައިފިއެވެ. މި ކެރޭން ވަނީ އިއްޔެ ހަވީރު އިހަވަންދޫއަށް ގެނެސްފައެވެ. އަދި މާދަމާ ހަވީރު ބޭއްވުމަށް ހަމަޖެހިފައިވާ ހަފުލާއެއްގައި ކެރޭން ކައުންސިލާ ހަވާލުކުރުމަށް ވަނީ ހަމަޖެހިފައެވެ.
އިހަވަންދޫ ކައުންސިލް މެމްބަރު މުހައްމަދު ޒާހިރު ހަސަން މި ނޫހަށް މަޢުލޫމާތު ދެއްވިގޮތުގައި، މި ކެރޭން ވަނީ 5 އަހަރުގެ މުއްދަތަށް އެމްޕީއެލްއިން ހަދިޔާކުރަން ނިންމައިފައެވެ. އޭނާ ވިދާޅުވިގޮތުގައި، މި ކެރޭނުގެ ސަބަބުން ގިނަގުނަ ފަސޭހަތަކެއް ލިބިގެން ދާނެއެވެ. އެގޮތުން ކެރޭން ބޭނުންކުރާނީ ކައުންސިލްގެ ބޭނުންތަކަށާއި ރައްޔިތުނާއި ވިޔަފާރިތަކުގެ ބޭނުންތަކަށް ކުއްޔަށް ދޫކުރުމަށެވެ.
އިހަވަންދޫ ކައުންސިލުން ކެރޭނެއް ގަތުމަށް ދެ ފަހަރު އިޢުލާނުކުރިއެވެ. ނަމަވެސް އެކަމަށް އެކަށީގެންވާ ތަރުހީބެއް ނުލިބުނުވެ. އިހަވަންދޫ ކައުންސިލުން އެމްޕީއެލްއާއި އެކު ކުރެވުނު މަޝްވަރާއިން ކައުންސިލަށް ކެރޭނެއް ހަދިޔާކުރާއިރު، ޒާހިރު ވިދާޅުވިގޮތުގައި، ބޮޑެތި މަރާމާތުތަކާއި ޓެކްނިކަލް ކަންކަމުގައި އެމްޕީއެލްގެ އެހީތެރިކަން ލިބޭނެއެވެ. އަދި އަދި ކެރޭން އޮޕަރޭޓްކުރާނެ ޑްރައިވަރުން ތަމްރީނު ކުރުމަށްޓަކައި އެމްޕީއެލްގެ ޑްރައިވަރެއް 1 މަހުގެ މުއްދަތަށް އިހަވަންދޫއަށް ފޮނުވާފައިވާކަމަށްވެސް ޒާހިރު ވިދާޅުވިއެވެ.
ގުޅުން ހުރެދާނެ ލިޔުން
އިހަވަންދޫގައި ތައްޤީކުރުމަށް އެއްބަސްވުމުގައި ސޮއެކުރި ޑޮކްޔާޑް، ވަޖީހުއާއި ހަމައިން ހުއްޓުނީތަ؟
18 - ނޮވެމްބަރު - 2025
އިހަވަންދޫގައި ޑޮކްޔާޑެއް ތަރައްޤީކުރުމުގެ އެއްބަސްވުމުގައި ސޮއެކޮށްފި
21 - ޑިސެމްބަރު - 2024
ބޮޑު ބަދަލަކަށްފަހު އިހަވަންދޫ ކުޑަކުދިންގެ ޕާކް އަލުން ހުޅުވައިފި
20 - ޑިސެމްބަރު - 2024
ކެރޭން އޮޕަރޭޓްކޮށްގެން ލިބޭ އާމްދަނީގެ %100 ލިބޭނީ ކައުންސިލަށް : ސޮބާހް
21 - ސެޕްޓެމްބަރު - 2024
އެމްޕީއެލްއިން އިހަވަންދޫ ކައުންސިލަށް ހަދިޔާކުރާ ކެރޭން ހަވާލުކޮށްފި
20 - ސެޕްޓެމްބަރު - 2024
އޯޕަން ސްޓޭޖް ގޯތިތެރޭގައި މައިޒާނެއް ހަދައިދިނުމަށް 'މެކްސްއެމް' އާއި ހަވާލުކޮށްފި...
27 - އޮކްޓޯބަރު - 2026
ރަޟިއްޔާ އަދި ޝަހީރާ، މޯލްޑިވްސް އެކްސްޕޯ 2026 އިން ރަންވަނަތަކެއް ހޯދައިފި
26 - އޮކްޓޯބަރު - 2026
ކައުންސިލަށް ލަފާދޭ ޒުވާނުންގެ ބޯޑު ހިންގާނެގޮތުގެ އުސޫލު ފާސްކޮށްފި
22 - އޮކްޓޯބަރު - 2026
އިހަވަންދޫގައި އުމުރުން ދުވަސްވީ މީހުންނަށް ޚާއްސަ ލައިސަންސް ނެގުމުގެ ފުރުސަތު ހުޅުވާލައިފި
21 - އޮކްޓޯބަރު - 2026
ކައުންސިލް ކަޕް ފުޓްސަލް މުބާރާތް ހއ އަތޮޅަށް ހުޅުވާލައިފި
20 - އޮކްޓޯބަރު - 2026
ކޮމެންޓް
އަދި ކޮމެންޓެއް ނެތް