އެމްޕީއެލްއިން އިހަވަންދޫ ކައުންސިލަށް ހަދިޔާކުރާ ކެރޭން ހަވާލުކޮށްފި
މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ހއ. އިހަވަންދޫ ކައުންސިލަށް ހަދިޔާކުރުމަށް ނިންމި ކެރޭން، އިހަވަންދޫ ކައުންސިލާއި ހަވާލުކޮށްފިއެވެ. އެމް.ޕީ.އެލްއިން އިހަވަންދޫ ކައުންސިލަށް ހަދިޔާކުރީ "KOBELCO" ބްރޭންޑްގެ 25 ޓަނުގެ ކެރޭނެކެވެ.
މި ކެރޭން އިހަވަންދޫ ކައުންސިލާއި ހަވާލު ކޮށްފައިވަނީ މިއަދު މެންދުރުފަހު އިހަވަންދޫ ބަނދަރުމަތީގައި ބޭއްވި ރަސްމިއްޔާތެއްގައެވެ. ކެރޭން ހަވާލުކުރުމުގެ އެއްބަސްވުމުގައި އެމްޕީއެލްގެ ފަރާތުން އުކުންފުނީގެ ސީއީއޯ މުޙައްމަދު ވަޖީހު އިބްރާހިމް ސޮއި ކުރެއްވިއިރު، އިހަވަންދޫ ކައުންސިލްގެ ފަރާތުން ސޮއެކުރެއްވީ ކައުންސިލްގެ ރައީސް އަހްމަދު ސޮބާހްއެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި މި ކެރޭން ކައުންސިލާއި ހަވާލުކޮށްފައިވަނީ 5 އަހަރު ދުވަހުގެ މުއްދަތަކަށެވެ.
މިއަދުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އިހަވަންދޫ ކައުންސިލްގެ ރައީސް އަހްމަދު ސޮބާހް، އިހަވަންދޫގެ އިގްތިސާދަށް މިފަދަ އުޅަނދެއްގެ މުހިއްމުކަމުގެ މައްޗަށް އަލިއަޅުވާލައްވާ ވާހަކަ ދެއްކެވިއެވެ. އަދި ސޮބާހް ފާހަގަކުރެއްވި ގޮތުގައި އެމްޕީއެލްއިން ކެރޭން ހަމަޖައްސަވައި ދެއްވީ އެކަމަށް ކައުންސިލުން އެދުނުތާ 30 ދުވަހުގެ ތެރޭގައެވެ. އެމްޕީއެލްގެ ސީއީއޯ މުޙައްމަދު ވަޖީހު އިބްރާހިމް ވިދާޅުވީ، ކެރޭން ކައުންސިލާއި ހަވާލުކުރިއިރު ޑްރައިވަރުން ތަމްރީންކުރުމަށް 1 މަސް ދުވަހަށް އެމްޕީއެލްގެ މުވައްޒަފެއް އިހަވަންދޫގައި މަޑުކުރާނެކަމުގައެވެ. އިހަވަންދޫ ކައުންސިލުން ކެރޭނެއް ގަތުމަށް ދެ ފަހަރު އިޢުލާނުކުރިއެވެ. ނަމަވެސް އެކަމަށް އެކަށީގެންވާ ތަރުހީބެއް ނުލިބުނުވެ.
ގުޅުން ހުރެދާނެ ލިޔުން
އިހަވަންދޫގައި ތައްޤީކުރުމަށް އެއްބަސްވުމުގައި ސޮއެކުރި ޑޮކްޔާޑް، ވަޖީހުއާއި ހަމައިން ހުއްޓުނީތަ؟
18 - ނޮވެމްބަރު - 2025
އިހަވަންދޫގައި ޑޮކްޔާޑެއް ތަރައްޤީކުރުމުގެ އެއްބަސްވުމުގައި ސޮއެކޮށްފި
21 - ޑިސެމްބަރު - 2024
ބޮޑު ބަދަލަކަށްފަހު އިހަވަންދޫ ކުޑަކުދިންގެ ޕާކް އަލުން ހުޅުވައިފި
20 - ޑިސެމްބަރު - 2024
ކެރޭން އޮޕަރޭޓްކޮށްގެން ލިބޭ އާމްދަނީގެ %100 ލިބޭނީ ކައުންސިލަށް : ސޮބާހް
21 - ސެޕްޓެމްބަރު - 2024
އެމްޕީއެލްއިން އިހަވަންދޫ ކައުންސިލަށް ކެރޭނެއް ހަދިޔާކުރަނީ
19 - ސެޕްޓެމްބަރު - 2024
އިހަވަންދޫ ކައުންސިލްގެ ރަސްތަރި ޤުރްއާން މުބާރާތް، ޑިސެންބަރު މަހު ބާއްވަނީ!
10 - ސެޕްޓެމްބަރު - 2026
ހުޅުވިތާ 1 އަހަރާ 8 މަސްވީ، ކުޑަކުދިންގެ ޕާކުގެ ޓާފް ބަދަލުކުރަނީ!
5 - ސެޕްޓެމްބަރު - 2026
ހަލާކުވެފައި އޮންނަތާ ގިނަދުވަސް ތަކަކަށްފަހު، އައިސް އުފުލާ ލޮރީ މަރާމާތުކޮށްފި
25 - އޮގަސްޓު - 2026
ކައުންސިލުން ގްރާންޓްގެ ގޮތުގައި އިހަވަންދޫ ސްކޫލަށް މިއަހަރު ދެނީ 200،000ރ
19 - އޮގަސްޓު - 2026
އިހަވަންދޫ ކައުންސިލުން ވަގުތީ ކުނި ކޮށްޓެއް ޤާއިމްކުރަނީ!
18 - އޮގަސްޓު - 2026
ކޮމެންޓް
އަދި ކޮމެންޓެއް ނެތް