ހީވެސްނުވޭ އަތުން ބަދަލު ހިފައި، ކުޅިމަގު ފުރަތަމަ ފަހަރަށް މައިކަޕްގެ ފައިނަލަށް
ބިއުޓިފުލް ބްލޫ މައިކަޕް 2024 ފުޓްބޯޅަ މުބާރާތުގެ ފައިނަލަށް ކުޅިމަގު ދަތުރުކޮށްފިއެވެ. ކުޅިމަގު މިމުބާރާތުގެ ފައިނަލަށް ދަތުރުކުރީ މިއަދު ހަވީރު ކުޅުނު ސެމީ ފައިނަލްގެ ފުރަތަމަ މެޗްގައި ދިއްދޫ ހީވެސްނުވޭ 4-1 އިން ބަލިކޮށްގެންނެވެ.
މިއަދުގެ މެޗްގެ މޮޅު ކުޅުންތެރިޔާއަށް ހޮވިފައިވަނީ، ކުޅިމަގު ޓީމްގެ ބިދޭސީ ކުޅުންތެރިޔާ އިބްރާހިމްއެވެ. އޭނާވަނީ މިމެޗްގައި ކުޅިމަގަށް ދެ ގޯލް ޖަހައިދީފައެވެ. މިއީ މައިކަޕް ފުޓްބޯޅަ މުބާރާތުގެ ފައިނަލަށް ކުޅިމަގު ދަތުރުކުރި ފުރަތަމަ ފަހަރެވެ.
އެންމެ ފަހުން 2019 ވަނަ އަހަރު ކުޅުނު މައިކަޕް ފުޓްބޯޅަ މުބާރާތުގެ ސެމީފައިނަލްގައިވެސް މިދެޓީމް ވާދަކުރިއެވެ. އެފަހަރުގެ ސެމީ ފައިނަލް މެޗަކީ މިހާތަނަށް މައިކަޕްގެ ތާރީހްގައި ކުޅުނު އެންމެ ނޭވާ ހިފަހައްޓައިލަންޖެހުނު އެއްމެޗެވެ. ކުޅިމަގުން ފުރަތަމަ ހާފްގައި ދެ ގޯލްޖަހައި ލީޑް ނަގާފައިވަނިކޮށް ހީވެސްނުވޭ އެއްވަރުކުރީ މެޗްގެ އެންމެ ފަހު ވަގުތު ކޮޅުގައެވެ. ކުޅިމަގު ކަޓުވާލައި، ދިއްދޫ ހީވެސްނުވޭ ފައިނަލަށް ދަތުރުކުރީ ޕެނަލްޓީގައި 8-7 ގެ ނަތީޖާއަކުން މޮޅުވެގެންނެވެ.
މައިކަޕްގައި ދިއްދޫ ހީވެސްނުވޭ ބައިވެރިވި މިއީ ދެވަނަ ފަހަރެވެ. ފުރަތަމަ ފަހަރު 13 ވަނަ މައިކަޕްގެ ރަންރަޕް ޓީމަކީ ހީވެސްނުވޭ އެވެ. ނަމަވެސް 14 ވަނަ މައިކަޕް މުބާރާތުން އެޓީމް މިވަނީ ސެމީ ފައިނަލާއި ހަމައިން މުބާރާތާއި އަލްވަދާއު ކިޔަންޖެހިފައެވެ.
ސެމީފައިނަލްގެ ދެވަނަ މެޗްގައި މިރޭ އެންވީކޭ ނުކުންނާނީ ހޯރަ ޔުނައިޓެޑާއި ދެކޮޅަށެވެ. އެމެޗް ފަށާނީ މިރޭ 20:15 ގައެވެ. ހޯރަ ޔުނައިޓެޑް ސެމީފައިނަލަށް ދަތުރުކުރީ ގްރޫޕް ބީ ގެ އެއްވަނަ ޓީމްގެ ގޮތުގައެވެ. އެންވީކޭ ސެމީފައިނަލަށް ދަތުރުކުރީ ގްރޫޕް އޭ ގެ ދެވަނަ ޓީމްގެ ގޮތުގައެވެ.
ގުޅުން ހުރެދާނެ ލިޔުން
އިހަވަންދޫ ޓީމެއްނެތި، މައިކަޕްގެ ފައިނަލެއް އަދި ނުކުޅޭ!
30 - ޑިސެމްބަރު - 2024
މައިކަޕް 2025: ސެމީ ފައިނަލްގެ މެޗްތައް މިއަދު!
27 - ޑިސެމްބަރު - 2025
މައިކަޕްގެ ޗެމްޕިއަންކަން ހޯދައި އެންވީކޭ، މައިކަޕްގެ އެންމެ ކާމިޔާބު ޓީމުތަކުގެ ލިސްޓަށް!
2 - ޖެނުއަރީ - 2025
ހަވާ އެރުވުމާއިއެކު މައިކަޕްގެ ފައިނަލް މިރޭ!
1 - ޖެނުއަރީ - 2025
ހޯރަ ޔުނައިޓެޑްގެ ސަޕޯޓަރުންނާއި ކުޅުންތެރިން މާރާމާރީހިންގި މެޗުން އެންވީކޭ މޮޅުވީކަމަށް ނިންމައިފި
31 - ޑިސެމްބަރު - 2024
މައި ކަޕް 2019: ހީވެސްނުވޭ ސްޕޯޓްސް ކުލަބުގެ ފުރަތަމަ އަހަރު ފައިނަލަށް
18 - ޑިސެމްބަރު - 2019
މައި ކަޕް 2019: ރަށުގައި ތަށި ބެހެއްޓާނެކަމުގެ ޔަޤީންކަން ދިނުން ކުޅިމަގަށް
17 - ޑިސެމްބަރު - 2019
މައިކަޕް 2025: ޖަންގަލް އަދި ހީވެސްނުވޭ ސެމީ ފައިނަލަށް!
25 - ޑިސެމްބަރު - 2025
މައިކަޕް 2025: ފުރަތަމަ މެޗްގައިފެންނާނީ އެންވީކޭ އަދި ޔޫތް
20 - ޑިސެމްބަރު - 2025
މައިކަޕްގެ އެންމެ ކާމިޔާބު ކޯޗް ހަމަޒާ، މިފަހަރު ފެންނާނީ އެންވީކޭ އިން!
13 - ޑިސެމްބަރު - 2024
ކޮމެންޓް
އަދި ކޮމެންޓެއް ނެތް