މައިކަޕް 2025: ސެމީ ފައިނަލްގެ މެޗްތައް މިއަދު!
މައިކަޕް 2025 ގެ ސެމީ ފައިނަލް މެޗްތައް މިއަދު ކުޅޭނެއެވެ. ސެމީ ފައިނަލްގެ ފުރަތަމަ މެޗްގައި ބައްދަލުކުރާނީ ގްރޫޕް ސްޓޭޖްގެ އެއްވަނަ ޖަންގަލް އަދި ގްރޫޕް ސްޓޭޖްގެ ހަތަރުވަނަ އެންވީކޭއެވެ. އެމެޗް ކުޅޭނީ މިއަދު ހަވީރު 16:00 ގައެވެ.
ސެމީ ފައިނަލްގެ ދެވަނަ މެޗްގައި ވާދަކުރާނީ ގްރޫޕް ސްޓޭޖްގެ 2 ވަނަ ދިއްދޫ ހީވެސްނުވޭ އަދި ގްރޫޕް ސްޓޭޖްގެ 3 ވަނަ ޔުނައިޓެޑް ޔޫތްއެވެ. އެމްޗް އޮންނާނީ މިރޭ 20:15 ގައެވެ. ޖުމުލަ 5 ޓީމެއް ވާދަކުރާ މިމުބާރާތުން މިހާތަނަށް ކަޓާފައިވަނީ އެންމެ ޓީމެކެވެ. އެއީ ތުރާކުނު ރެކްރިއޭޝަން ކްލަބެވެ.
2007 ވަނަ އަހަރުން ފެށިގެން މިހާތަނަށް، މައިކަޕްގެ 14 މުބާރާތެއް ބާއްވާފައިވާއިރު، މައިކަޕްގެ އެންމެ ކާމިޔާބު 4 ޓީމްގެ ތެރެއިން 3 ޓީމެއް މިއަހަރުގެ މުބާރާތުގައި ބައިވެރިވެފައިވެއެވެ. މިހާތަނަށް 4 ޓީމެއް 2 ފަހަރު ވަނީ މައިކަޕްގެ ތަށި އުފުއްލާލައިފައެވެ. އެއީ މާރަންދޫ ޔޫތް ސޮސައިޓީ، ޔުނައިޓެޑް ޔޫތް، އެންވީކޭ އަދި ޖަންގަލްއެވެ. މާރަންދޫ ޔޫތް ސޮސައިޓީ ފިޔަވާ އަނެއް ތިން ޓީމް މިމުބާރާތުގެ ސެމީ ފައިނަލަށް މިވަނީ ދަތުރުކޮށްފައެވެ. އެހެންކަމުން، މައިކަޕް 2 ފަހަރު ކާމިޔާބު ކޮށްފައިވާ، މަދުވެގެން ކޮންމެވެސް އެއް ޓީމެއް މިއަހަރުގެ ފައިނަލްގައި ކުޅޭނެކަން މިވަނީ ކަށަވަރު ވެފައެވެ.
މިދިޔަ އަހަރެކޭ އެއްގޮތަށް މިއަހަރުގެ މުބާރާތުގެ ޗެމްޕިއަން ޓީމަށް 100،000ރ ގެ ފައިސާގެ އިނާމު ހުށަހަޅާފައިވާއިރު، ދެވަނަ ޓީމަށް 35،000ރ ގެ ފައިސާގެ އިނާމު ހުށަހަޅާފައިވެއެވެ. މިއަހަރުގެ މައިކަޕް މުބާރާތް ކުރިޔަށްދާނީ މިއަދުން ފެށިގެން މިމަހުގެ 29 އާއި ހަމަޔަށެވެ.
ގުޅުން ހުރެދާނެ ލިޔުން
މައިކަޕް 2025: ޖަންގަލް އަދި ހީވެސްނުވޭ ސެމީ ފައިނަލަށް!
25 - ޑިސެމްބަރު - 2025
މައިކަޕް 2025: ފުރަތަމަ މެޗްގައިފެންނާނީ އެންވީކޭ އަދި ޔޫތް
20 - ޑިސެމްބަރު - 2025
ހީވެސްނުވޭ އަތުން ބަދަލު ހިފައި، ކުޅިމަގު ފުރަތަމަ ފަހަރަށް މައިކަޕްގެ ފައިނަލަށް
30 - ޑިސެމްބަރު - 2024
އިހަވަންދޫ ޓީމެއްނެތި، މައިކަޕްގެ ފައިނަލެއް އަދި ނުކުޅޭ!
30 - ޑިސެމްބަރު - 2024
އިރުމަތީ އަވަށު ޒުވާނުންގެ އިސްނެގުމާއެކު ހުރަވީ ދަނޑުގައި ޓާފު އަޅަނީ
5 - ޖެނުއަރީ - 2021
މައި ކަޕް 2019: ޔުނައިޓެޑް ޔޫތު ފައިނަލަށް
18 - ޑިސެމްބަރު - 2019
މައި ކަޕް 2019: ގްރޫޕް އެކަކުން ތިން ޓީމު ކުއާޓަރއަށް
13 - ޑިސެމްބަރު - 2019
ފޮޓޯ: މައިކަޕް ފުޓްބޯޅަ މުބާރާތް 2025، ނިންމުމުގެ ރަސްމިއްޔާތު
29 - ޑިސެމްބަރު - 2025
މައިކަޕް 2025: ތަޖުރުބާކާރު ކޯޗާއި ޒުވާން ކޯޗްގެ ކުރިމަތިލުމެއް!
29 - ޑިސެމްބަރު - 2025
ޔުނައިޓެޑް ޔޫތް ފައިނަލަށް، ޖަންގަލި އަދި އެންވީކޭ ސެމީއަށް
4 - ސެޕްޓެމްބަރު - 2025
ކޮމެންޓް
އަދި ކޮމެންޓެއް ނެތް