އާރު.ޓީ.އެލް ގެ އެޗް 1 ރޫޓަށް ބޮޑު ބަދަލެއް ގެންނަނީ!
މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން އޮޕަރޭޓްކުރާ، ރާއްޖެ ޓްރާންސްޕޯރޓް ލިންކް (އާރު.ޓީ.އެލް) ގެ އެޗް 1 ރޫޓަށް ބޮޑު ބަދަލެއް ގެންނަން ނިންމައިފިއެވެ. އެމްޓީސީސީ އިން ހާމަކޮށްފައިވާ ގޮތުގައި، އެޗް 1 ރޫޓަށް ގެންނަ ބަދަލަށް އަމަލުކުރަން ފަށާނީ މިމަހުގެ 25 ވަނަ ދުވަހުން ފެށިގެންނެވެ.
އާރު.ޓީ.އެލް ގެ އެޗް 1 ރޫޓަކީ އިހަވަންދޫއާއި ކުޅުދުއްފުއްޓާއި ދެމެދު ދަތުރުކުރާ ރޫޓެވެ. މިހާރު އެރޫޓުން ދަތުރުކުރަނީ އިހަވަންދޫއިން ހެނދުނު 7:10 ގައި ފުރުމަށްފަހު, ހޯރަފުށީގައި ޓްރާންސިޓް ކުރުމަށްފަހު ނައްޓާލާގޮތަށް ސީދާ ކުޅުދުއްފުއްޓަށް ދާގޮތަށެވެ. މިހާރު ދަތުރުކުރާ ގޮތުން ހެނދުނު 8:30 ގައި ކުޅުދުއްފުއްޓަށް ދެވެއެވެ. އެޗް 1 ރޫޓަށް ގެންނަ ބަދަލާއިއެކު، އެރޫޓުން ދަތުރުކުރާއިރު ހޯރަފުށީގެ އިތުރުން މާރަންދޫ އަދި ތަކަންދޫގައިވެސް ޓްރާންސިޓް ކުރާނެއެވެ. އަދި ކުޅުދުއްފުއްޓާއި ހަމަޔަށް ފޯރާނީ ހެނދުނު 8:50 ގައެވެ.
އެޗް 1 ރޫޓަށް ގެންނަ ބަދަލާއިއެކު، ކުޅުދުއްފުށިން ފުރާ ގަޑިއަށްވެސް ބަދަލު އަންނާނެއެވެ. މިހާރު 15:15 ގައި ފުރާއިރު އައު ބަދަލާއިއެކު 14:55 ގައި ފުރާނެއެވެ. އެޗް 1 ރޫޓް ގެ ތެރެއަށް މާރަންދޫ އަދި ތަކަންދޫ އިތުރުކޮށްފައިވާއިރު، މިމަހުގެ 25 ވަނަ ދުވަހުން ފެށިގެން މިގެންނަ ބަދަލާއި އެއްގޮތަށް ދަތުރުކުރުމަށް މިހާރުވަނީ ޓިކެޓް ވިއްކަން ފަށައިފައެވެ.
އެޗް 1 ރޫޓަށް ގެންނަ ބަދަލާއިއެކު އަންނާނެ ބަދަލުތައް:
* މިހާރު 80 މިނެޓުން ކުރާ ދަތުރު 100 މިނެޓަށް ބަދަލުވެގެންދާނެ.
* އިހަވަންދޫ އަދި ހޯރަފުށިން ދަތުރަށް އަރާފަރާތްތަކަށް މާރަންދޫ އަދި ތަކަންދޫއަށް އެދުވަހުގޮސް އެދުވަހު އާދެވޭނެ.
* މާރަންދޫ އަދި ތަކަންދޫއިން ދަތުރުކުރާ ފަރާތަކަށް ކުރުމަގަކުން ކުޅުދުއްފުއްޓަށް ދަތުރުކުރެވޭނެ މަގުފަހިވާނެ.
ގުޅުން ހުރެދާނެ ލިޔުން
ބަންދު ކޮށްފައިވާ ސިޑީގެ ހާލަތު ގޯސްވެ، ކަދުރު ރުއް ހެދެން ފަށައިފި!
31 - ޖެނުއަރީ - 2026
އާރުޓީއެލް ފެރީނިޒާމް މަޑުމަޑުން ފުނޑެނީ، ހުކުރުދުވަހު މިހާރު ދަތުރު ނުކުރޭ!
10 - އޭޕްރީލް - 2025
އިހަވަންދޫ ފެރީ ޓަރމިނަލްގެ މަސައްކަތް ނިމިއްޖެ
16 - މޭ - 2022
އިހަވަންދޫ ފެރީޓާމިނަލް އެޅުމަށް ބޭނުންވާ ބައެއް ސާމާނު ރަށަށް ގެނެސްފި
6 - މޭ - 2021
އެމްޓީސީސީގެ ހައި ސްޕީޑް ފެރީނިޒާމް ފެށުމަށް 70 މުވައްޒަފުން ހޯދަނީ
22 - އޭޕްރީލް - 2021
އެމް.ޓީ.ސީ.ސީ އިން އިހަވަންދޫ އޮޕަރޭޝަން ކުރިޔަކަށް ނުދާކަމަށް ބުނިއިރު، ހަވާލުކޮށްފައިވާ ބޮޑެތި މަޝްރޫއުތައް އޮތީ ހުއްޓިފައި!
12 - މޭ - 2026
ހޯރަފުށީ މަގު ހެދުމުގެ ތިންވަނަ ފިޔަވަހި އެމްޓީސީސީއާ ހަވާލުކޮށްފި
2 - އޭޕްރީލް - 2026
ދިއްދޫގައި ދަނާލެއް އިމާރާތް ކުރުމަށް އެމްޓީސީސީއާ ހަވާލުކޮށްފި
2 - އޭޕްރީލް - 2026
ދިއްދޫގައި ތަރައްޤީކުރާ މަތީފެންވަރުގެ ފުޓްބޯޅަ ދަނޑުގެ ޢަމަލީ މަސައްކަތް ފަށައިފި
30 - މާރިޗު - 2026
"ސިޔާސީ ރޯޅީގައި" ބައެއް މުވައްޒަފުން އިހަވަންދޫއަށް ބަދަލުކޮށްފި!
13 - ފެބްރުއަރީ - 2026
ކޮމެންޓް
އަދި ކޮމެންޓެއް ނެތް