އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީއަށް ވާދަކުރާ ކެންޑިޑޭޓުންގެ ނަން ތަރުތީބުކޮށްފި

ޢަބުދުﷲ ޙަމީދު

އިހަވަންދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީއަށް ވާދަކުރާ ކެންޑިޑޭޓުންގެ ނަން ތަރުތީބުކޮށްފިއެވެ. 2012 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 7 ވާ ބުދަދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ މި އިންތިޚާބުގައި ޖުމުލަ 14 ފަރާތެއް ވަނީ ބައިވެރިވެފައެވެ. އެފަރާތްތައް ކެންޑިޑޭޓު ނަންބަރު ތަރުތީބުން ތިރީގައި އެވަނީ އެވެ.

1- އާރިފާ ޙަސަން. ޕިންކްރޯސް ހއ. އިހަވަންދޫ

2- ރުޤިއްޔާ ޙަސަން. ބޮކަރުމާގެ ހއ. އިހަވަންދޫ

3- ޚަސީބަތު ސާނިޔާ. ސީސަންގެ ހއ. އިހަވަންދޫ

4- ރަޝީދާ ޙަސަން. އަތަމާގެ ހއ. އިހަވަންދޫ

5- ސާދާ އައްބާސް. ހުވަނދުމާގެ ހއ. އިހަވަންދޫ

6- ޒުހުރާ ޢަބުދުﷲ. ޒަމާނީވިލާ ހއ. އިހަވަންދޫ

7- މުނީރާ ޢަބުދުއްލަތީފް. ކުރިފަސް ހއ. އިހަވަންދޫ

8- ރުޤިއްޔާ މޫސާ. ދަނބުގެ ހއ. އިހަވަންދޫ

9- ސަޢީދާ އާދަމް. ލަކްސަމީގެ ހއ. އިހަވަންދޫ

10- އާމިނަތު ފަވާޒާ. ޗާންދަނީ ހއ. އިހަވަންދޫ

11- މަޖުދާ އާދަމް. ރަންދޯދި ހއ. އިހަވަންދޫ

12- ޙަލީމަތު މޫސާ. ސިތާރާގެ ހއ. އިހަވަންދޫ

13- ޝަހުމާ މޫސާ. ހަނދުވަރީނާޒް ހއ. އިހަވަންދޫ

14- ޢާއިޝަތު ސަނާ. އަތަގަސްދޮށުގެ ހއ. އިހަވަންދޫ

ލާމަރުކަޒީ ޤާނޫނުގައި ވާގޮތުން 2000 މީހުންނަށްވުރެ ކުޑަ އާބާދީއެއް އޮންނަ ކޮންމެ ރަށެއްގައި ކޮމެޓީއަށް އިންތިހާބުކުރާނީ 5 މެމްބަރުންނެވެ. 2000 އާއި 5000 އާ ދެމެދުގެ އާބާދީއެއް އޮންނަ ރަށެއްގައި ނަމަ އިންތިހާބުކުރާނީ 7 މެމްބަރުންނެވެ. އަދި 5000 އަށްވުރެ ބޮޑު އާބާދީތައް ހިމެނޭ ރަށެއްނަމަ އިންތިހާބުކުރާނީ 9 މެމްބަރުންނެވެ. އެހެންކަމުން އިހަވަންދޫގައި އިންތިހާބުކުރެވޭ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގައި ހިމެނޭނީ 7 މެމްބަރުންނެވެ.

އަންހެނުންގެ ކޮމެޓީގެ އިންތިހާބުގައި ވޯޓު ދެވޭނީ ހަމައެކަނި އަންހެނުންނަށެވެ. އެހެން އިންތިހާބުތަކެކޭ އެއްގޮތަށް 18 އަހަރުންމަތީގެ ކޮންމެ އަންހެނަކަށްވެސް އެ އިންތިހާބުގައި ވޯޓު ދެވޭނެއެވެ.