އިހަވަންދޫ ކައުންސިލުން، މާދަމާ ރޭ ރައްޔިތުންނާ ބައްދަލުކުރަނީ…
އިހަވަންދޫ ކައުންސިލުން، މާދަމާ ރޭ ރައްޔިތުންނާއި ބައްދަލުކުރާނެއެވެ. އިހަވަންދޫ ކައުންސިލުން އިޢުލާންކޮށްފައިވާ ގޮތުގައި މިބައްދަލުވުން އޮންނާނީ މާދަމާ ރޭ 20:30 ހުގައި އިހަވަންދޫ ރައްވެހި ހިޔާގައެވެ.
އިހަވަންދޫ ކައުންސިލްގެ ރައީސް އަހްމަދު ސޮބާހް ވިދާޅުވީ މާދަމާރޭގެ ބައްދަލުވުމަކީ، ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލަމަރުކަޒީ އުސޫލުން ހިނގުމަށް ޤާނޫނު ނަންބަރު 7/2010 ގެ 107 ވަނަ މާއްދަގެ ދަށުން ކައުންސިލްތަކުން ބޭއްވުމަށް ލާޒިމުކުރާ ފެބުރުއަރީ މަހު ބައްދަލުވުންކަމުގައެވެ. މާދަމާ ރޭގެ ރައްޔިތު ބައްދަލުވުމުގައި، 2024 ވަނަ އަހަރުގެ އަހަރީ ރިޕޯޓާއި މާލީ ބަޔާން ހުށަހެޅުމާއި، 2025 ވަނަ އަހަރަށް ކައުންސިލުން ރާވާފައިވާ ހަރަކާތްތަކާއި ގުޅޭގޮތުން މަޝްވަރާ ކުރުމުގެ އިތުރުން، އިހަވަންދޫގެ ލޭންޑް ޔޫސް ޕްލޭނަށް ކައުންސިލުން ގެންނަން ފެންނަ ބަދަލުތަކާއި ގުޅޭގޮތުން މަޝްވަރާކުރުމާއި ރައްޔިތުންގެ ސުވާލުތަކަށް ޖަވާބުދިނުން އޮންނާނެއެވެ.
މިބައްދަލުވުމުގައި ވީހާވެސް ގިނަ ރައްޔިތުން ބައިވެރިވުމަށް ކައުންސިލުން އެދިލައްވައެވެ.
ގުޅުން ހުރެދާނެ ލިޔުން
ލޭންޑު ޔޫސް ޕްލޭނަށް ރައްޔިތުންގެ ޚިޔާލު ހޯދައިފި
15 - މޭ - 2023
ލޭންޑު ޔޫސް ޕްލޭނަށް ރައްޔިތުންގެ ޚިޔާލު ހޯދުމަށް އާންމު ބައްދަލުވުމެއް ބާއްވަނީ
10 - މޭ - 2023
ލޭންޑް ޔޫސް ޕްލޭނަށް ހިޔާލު ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފި
1 - މޭ - 2023
އިހަވަންދޫގެ ލޭންޑްޔޫސް ޕްލޭން ހަދަން ރިޔަން އާ ހަވާލުކޮށްފި
14 - ނޮވެމްބަރު - 2022
ދައުރުގެ ފުރަތަމަ 3 މަސްދުވަހުގެ ތެރޭ ލޭންޑުޔޫސް ޕުލޭން ނިންމާލުމަށް އައު ކައުންސިލުން އަމާޒު ހިފައިފި
1 - ޖޫން - 2021
އިހަވަންދޫން ބިން ކުއްޔަށް ދޫކުރަން ކުރި އިޢުލާންތައް ބާތިލްކޮށްފި!
25 - ޖޫން - 2026
މިއަދުން ފެށިގެން މަހުބޮލާއި ގޮހޮރުވެސް އަޅަންޖެހޭނީ އެކަމަށް ހާއްސަ ކޮށްފައިވާ ސަރަހަށްދަށް!
9 - ޖެނުއަރީ - 2026
އިހަވަންދޫގައި ތައްޤީކުރުމަށް އެއްބަސްވުމުގައި ސޮއެކުރި ޑޮކްޔާޑް، ވަޖީހުއާއި ހަމައިން ހުއްޓުނީތަ؟
18 - ނޮވެމްބަރު - 2025
އެންވީކޭ ބަލިކޮށް ޔުނައިޓެޑް ޔޫތުން ކައުންސިލް ކަޕްގެ ޗެމްޕިއަންކަން ހޯދައިފި!
22 - އޮކްޓޯބަރު - 2025
ކައުންސިލް ކަޕްގެ ފައިނަލްގައި ވާދަވެރި އެންވީކޭ އަދި ޔުނައިޓެޑް ޔޫތުގެ ކުރިމަތިލުމެއް!
21 - އޮކްޓޯބަރު - 2025
ކޮމެންޓް
އަދި ކޮމެންޓެއް ނެތް