ކައުންސިލް ކަޕްގެ ފައިނަލްގައި ވާދަވެރި އެންވީކޭ އަދި ޔުނައިޓެޑް ޔޫތުގެ ކުރިމަތިލުމެއް!
އިހަވަންދޫ ކައުންސިލުން އިންތިޒާމްކޮށްގެން ކުރިއްޔަށް ގެންދާ “ކައުންސިލް ކަޕް 2025” ގެ ފައިނަލަށް އެންވީކޭ އަދި ޔުނައިޓެޑް ޔޫތް ދަތުރުކޮށްފިއެވެ.
ހަތަރު ޓީމް ވާދަކުރާ މިމުބާރާތުގެ ފައިނަލަށް އެންވީކޭ ގޮސްފައިވަނީ ގްރޫޕް ސްޓޭޖްގައި އެއްވަނަ ހޯދައިގެންނެވެ. އަދި ޔުނައިޓެޑް ޔޫތު ފައިނަލަށް ދަތުރުކޮށްފައިވަނީ ސެމީ ފައިނަލްގައި އިރަމާޔާއާ ދެކޮޅަށް ކުޅުނު މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު އެއްވަރުވެ، ޕެނަލްޓީ ޝޫޓްއައުޓުން މޮޅުވެގެންނެވެ.
އެންވީކޭ އަކީ މިމުބާރާތުގައި އެންމެ ކާމިޔާބު ޓީމެވެ. އެޓީމްވަނީ 5 ފަހަރު މިމުބާރާތް ކާމިޔާބުކޮށްފައެވެ. މިދިޔަ އަހަރު ބޭއްވި ކައުންސިލް ކަޕްގެ ޗެމްޕިއަން ޓީމަކީވެސް އެންވީކޭ އެވެ.
އެންވީކޭ އާއި ޔުނައިޓެޑް ޔޫތަކީ ވަރަށް ވާދަވެރި ދެ ޓީމެވެ. 2022 ވަނަ އަހަރުގެ ކައުންސިލް ކަޕްގެ ފައިނަލްގައިވެސް ވާދަކުރީ މި ދެ ޓީމެވެ. އެ ފަހަރުގެ ފައިނަލުން އެންވީކޭ މޮޅުވިއިރު، މެޗް ހޫނުވެ ބޮޑު ހަމަނުޖެހުމެއް ހިނގާފައިވެއެވެ. މިއީ މި ދެ ޓީމު ބޮޑު މުބާރާތެއްގެ ފައިނަލްގައި ކުޅޭ ތިންވަނަ ފަހަރެވެ.
އެންވީކޭއަށް އޮތް އެންމެ ބޮޑު ހިންހަމަޖެހުމަކީ ކުރީގެ ދެ ފައިނަލުންވެސް އެންވީކޭ މޮޅުވެފައިވުމެވެ. ޔުނައިޓެޑް ޔޫތަށް އޮތް ހިތްހަމަޖެހުމަކީ 2023 ވަނަ އަހަރު އެންވީކޭ ބަލިކޮށް ކައުންސިލް ކަޕް ކާމިޔާބުކުރި ޖަންގަލް ޓީމުގެ ކޯޗް ފަޔާޒް، މިހާރު އެ ޓީމުގެ ކޯޗަކަށް ހުރުމެވެ.
ކައުންސިލް ކަޕް ފުޓްބޯޅަ މުބާރާތް 2025 ގައި ބައިވެރިވެފައިވަނީ 4 ޓީމެކެވެ. އެއީ އެންވީކޭ، ކުޅިމަގު، ޔުނައިޓެޑް ޔޫތް އަދި ކްލަބް އިރަމާއެވެ. މިއަހަރުގެ މުބާރާތުގެ ޗެމްޕިއަން ޓީމަށް 50،000ރ އަދި ރަނަރަޕް ޓީމަށް 15،000ރ ގެ ފައިސާގެ އިނާމެއް ހުށަހަޅާފައިވެއެވެ. މިމުބާރާތުގެ ފައިނަލް މެޗްކުޅޭނީ މިރެއެވެ.
ގުޅުން ހުރެދާނެ ލިޔުން
އެންވީކޭ ބަލިކޮށް ޔުނައިޓެޑް ޔޫތުން ކައުންސިލް ކަޕްގެ ޗެމްޕިއަންކަން ހޯދައިފި!
22 - އޮކްޓޯބަރު - 2025
ކައުންސިލް ކަޕް 2022 ގެ ފައިނަލް މެޗުގައި ހިންގި ހަމަނުޖެހުމުގެ ސަބަބުން ބޮޑެތި ފިޔަވަޅުތަކެެއް އަޅަން ނިންމައިފި!
16 - ނޮވެމްބަރު - 2022
އެންވީކޭ އިން 4 ވަނަ ފަހަރަށް ކައުންސިލް ކަޕް ކާމިޔާބުކޮށްފި
12 - ނޮވެމްބަރު - 2022
ކައުންސިލް ކަޕްގެ ފައިނަލް މިރޭ ބައްދަލުކުރާނީ އެންވީކޭ އަދި ޔުނައިޓެޑް ޔޫތް
12 - ނޮވެމްބަރު - 2022
ކައުންސިލް ކަޕް 2025 ގައި ބައިވެރިވީ 4 ޓީމެއް!
17 - ސެޕްޓެމްބަރު - 2025
އެންވީކޭ ފައިނަލަށް ދަތުރުކުރިއިރު، އިރަމާ އަދި ޔޫތް ސެމީއަށް
9 - ސެޕްޓެމްބަރު - 2024
އެންވީކޭ އަދި އިރަމާ މުބާރާތްފެށީ މޮޅަކުން
8 - ސެޕްޓެމްބަރު - 2024
ކައުންސިލް ކަޕް، މިމަހުގެ 7 އިން 12 އަށް
4 - ސެޕްޓެމްބަރު - 2024
ކައުންސިލް ކަޕް 2022 ފުޓްސަލް ޓޯނަމެންޓްގެ ސެމީފައިނަލްގެ މެޗްތައް މިރޭ
10 - ނޮވެމްބަރު - 2022
ފޯޓޯ: ކައުންސިލް ކަޕް 2022 ފުޓްސަލް ޓޯނަމެންޓް (ޔުނައިޓެޑް ޔޫތް vs ކްލަބް އިރަމާ)
7 - ނޮވެމްބަރު - 2022
ކޮމެންޓް
އަދި ކޮމެންޓެއް ނެތް