މިއަދުން ފެށިގެން މަހުބޮލާއި ގޮހޮރުވެސް އަޅަންޖެހޭނީ އެކަމަށް ހާއްސަ ކޮށްފައިވާ ސަރަހަށްދަށް!
ޑަސްބިން ކުންޏާއި މަހުބޮލާއި ގޮހޮރު އަދި ކުނިވާޒާތުގެ ކުނި، ކޮންކްރީޓް އަދި ގައުކުނޑި އެޅުމަށް ހާއްސަ ސަރަހައެއްދެއް އިހަވަންދޫ ކައުންސިލުން ކަނޑައަޅައިފިއެވެ.
އިހަވަންދޫގެ ހުޅަނގު ފަރާތުން ރިންގް ރޯޑާއި ގުޅުވައިގެން އެކަމަށް ހާއްސަކޮށްފައިވާ ސަރަހައްދުގައި ވަގުތީ ފާލަމެއް ހަދާފައިވާއިރު، އެކި ބާވަތްތަކުގެ ކުނި އަޅަންވީ ސަރަހައްދުތައްވަނީ ބޯޑުޖަހައި ފާހަގަކޮށްފައެވެ.
މިކަމާއި ގުޅިގެން އިހަވަންދޫ ކައުންސިލުން ކޮށްފައިވާ އިއުލާންގައިވަނީ، ރަށުގެ އެކި ސަރަހައްދުތަކަށް ޑަސްބިންކުނި އަދި މަހުގޮހޮރާއި ކަށި ފަދަ ކުނިވާ ޒާތުގެ ކުނި އަޅަމުންދިއުމުގެ ސަބަބުން ރަށުގެ ގޮނޑުދޮށްތައް ހަޑިވަމުންދާކަމީ އެކަމުގެ ޝަކުވާ އަބަދުވެސް ކައުންސިލަށް ލިބޭ ކަމެއް ކަމަށާއި، އެއީ ރަށުގެ ވެށި ސާފުކޮށް ބެހެއްޓުމަށްޓަކައި ހައްލުކުރަން ޖެހިފައިވާ ބޮޑު މައްސަލައަކަށްވާތީ، އެކަން ހައްލުކުރުމަށްޓަކައި އެކި ގޮތްގޮތުން ތަފާތު މަސައްކަތްތައް ކައުންސިލުންވަނީ މިގެ ކުރިންވެސް ކޮށްފަކަމުގައެވެ.
އެގޮތުން، ރަށުގެ ހުޅަނގު ފަރާތު ފެންޕްލާންޓާވީ ބޭރު ސަރަހައްދުގައި ޑަސްބިން ކުންޏާއި މަހުބޮލާއި ގޮހޮރު އަދި ކުނިވާޒާތުގެ ކުނި އެޅުމަށް ހާއްސަކޮށް، ވަގުތީ ފާލަމެއް ހަދައި އެސަރަހައްދު ރަށުގެ ހުޅަނގު ފަރާތުން ބޭރުމަގުގައި ބޯޑުޖަހައި ފާހަގަކޮށް އަދި ކޮންކްރީޓް އަދި ގައުކުނޑި އެޅުމަށްވެސް ވަކި ސަރަހައްދެއް ހާއްސަކޮށް ބޯޑުޖަހައި އެސަރަހައްދު ފާހަގަ ކޮށްފައިވާނެކަމަށް އިހަވަންދޫ ކައުންސިލްގެ އިއުލާންގައިވެއެވެ.
އިހަވަންދޫ ކައުންސިލުން ބުނެފައިވަނީ މިއަދުން ފެށިގެން ޑަސްބިން ކުންޏާއި މަހުބޮލާއި ގޮހޮރު އަދި ކުނިވާޒާތުގެ ކުނި އަދި ކޮންކްރީޓް އަދި ގައުކުނޑި އެ ސަރަހައްދު ނޫން އެހެން އެއްވެސް ސަރަހައްދަކަށް އުކުމަކީ މަނާކަމެއްކަމެއް ކަމަށާއި އަދި މަސްވެރިކަމުގެ މަސައްކަތްކުރާ ފަރާތްތަކުންވެސް މަސް ކެނޑުމަށްފަހު އުކާލާ ކަރުގޮހޮރާއި މަހުގެ ބޯފަދަ ތަކެތި އެ ސަރަހައްދު ނޫ ތަނަށްކަށް އުކުމަކީ މަނާކަމެއްކަމުގައެވެ.
ރަށުގެ ސާފުތާހިރުކަން ދެމެހެއްޓުމަށް ކުރެވޭ މަސައްކަތްތަކުގައި ރައްޔިތުންގެ އެއްބާރުލުމަށް އިހަވަންދޫ ކައުންސިލުން އެދޭއިރު، ކައުންސިލުން ކަނޑައަޅާފައިވާ ސަރަހައްދު ނޫން އެހެން އެއްވެސް ސަރަހައްދަކަށް ޑަސްބިން ކުންޏާއި މަހުބޮލާއި ގޮހޮރު އަދި ކުނިވާޒާތުގެ ކުނި އަދި ކޮންކްރީޓް، ގައުކުނޑި އަޅާ ފަރާތްތަކާއި މެދު 7/2010 ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގެ 140 ވަނަ މާއްދާގެ ދަށުން ފިޔަވަޅު އަޅަމުންގެންދާނޭކަމަށް އިހަވަންދޫ ކައުންސިލުން ހާމަކުރެއެވެ.
ގުޅުން ހުރެދާނެ ލިޔުން
އިހަވަންދޫން ބިން ކުއްޔަށް ދޫކުރަން ކުރި އިޢުލާންތައް ބާތިލްކޮށްފި!
25 - ޖޫން - 2026
އިހަވަންދޫގައި ތައްޤީކުރުމަށް އެއްބަސްވުމުގައި ސޮއެކުރި ޑޮކްޔާޑް، ވަޖީހުއާއި ހަމައިން ހުއްޓުނީތަ؟
18 - ނޮވެމްބަރު - 2025
އެންވީކޭ ބަލިކޮށް ޔުނައިޓެޑް ޔޫތުން ކައުންސިލް ކަޕްގެ ޗެމްޕިއަންކަން ހޯދައިފި!
22 - އޮކްޓޯބަރު - 2025
ކައުންސިލް ކަޕްގެ ފައިނަލްގައި ވާދަވެރި އެންވީކޭ އަދި ޔުނައިޓެޑް ޔޫތުގެ ކުރިމަތިލުމެއް!
21 - އޮކްޓޯބަރު - 2025
ސްޕޯޓްސް އެރީނާގެ މަސައްކަތް ވަރަށް އަވަހަށް ފެށޭނެ – މެމްބަރު ނަސީރު
19 - އޮކްޓޯބަރު - 2025
އިހަވަންދޫއިން ބަންޑާރަ ގޯއްޗަށް އެދި ހުށަހެޅުމުގެ މުއްދަތު މާދަމާ ހަމަވަނީ!
23 - ޖުލައި - 2025
މިއަހަރު އިހަވަންދޫގައި ގިނަ ކުޅިވަރު މުބާރާތްތަކެއް ބާއްވަނީ
16 - ޖުލައި - 2025
ތިން ކަމަކަށް ބިން ކަނޑައެޅުމަށް އެޖެންޑާ ކޮށްފި!
8 - އޭޕްރީލް - 2025
އިހަވަންދޫގައި އިންޑޯ ސްޕޯޓްސް ކޮމްޕްލެކްސްއެއް އަޅަނީ!
28 - މާރިޗު - 2025
އިހަވަންދޫގައި އައުޓްޑޯރ ޖިމެއް ތަރައްޤީ ކުރުމަށް 2000 އަކަފޫޓްގެ ބިމެއް ދީފި
22 - މާރިޗު - 2025
ކޮމެންޓް
އަދި ކޮމެންޓެއް ނެތް