ދިއްދޫ އެއާޕޯޓްގެ މަޝްރޫއަށް ސަރުކާރުން ފައިސާ ހޯދަނީ!
ދައުލަތުގެ އާންމު މަންފާއަށްޓަކައި ހާސިލުކުރަން ބޭނުންވާ އިގްތިސާދީ ސިޔާސަތެއްގެ ދަށުން ހިންގާނޭ މުހިއްމު މަޝްރޫއުތައް ކަނޑައެޅުމަށް އެކަށައަޅުއްވާފައިވާ ގަރާރު ރައީސުލްޖުމްހުރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިސްލާހް ކުރައްވާ އާންމު ކުރެއްވިއިރު "ރަށްރަށުގައި ހިންގުމަށް ސަރުކާރުން އިއުލާނުކުރި ބޮޑެތި މަޝްރޫއުތައް ހިމެނޭ ލިސްޓްގައި ހއ. ދިއްދޫ އެއާޕޯޓް" ހިމަނައިފިއެވެ. އެގަރާރު އިޞްލާޙުކޮށް އަލުން އާންމު ކުރީ މިހިނގާ މާރިޗް މަހުގެ 21 ވަނަ ދުވަހުއެވެ.
ޓޫރިޒަމާ ބެހޭ ގާނޫނުގެ ދަށުން އެކަށައަޅުއްވާފައިވާ މި ގަރާރުގައި ވަނީ ސަރުކާރުން ހިންގުމަށް ރާވާފައިވާ މުހިއްމު 25 ޕްރޮޖެކްޓެއް ހިމަނައި، އެ ޕްރޮޖެކްޓްތަކަށް އެންމެ މަދުވެގެން ހަރަދު ކުރަންޖެހޭ ވަރު އާންމުކޮށްފަ އެވެ. ރައީސް އޮފީހުން ގެޒެޓުކޮށްފައިވާ ލިސްޓުގައި ވަނީ ކްރޮސް ސަބްސިޑީ ޕްރޮޖެކްޓްތަކެއްގެ ގޮތުގައި މައިގަނޑު 25 މަޝްރޫއެއް ހިންގުމަށް މަދުވެގެން ހޭދަކުރަންޖެހޭ އަގުގެ ގޮތުގައި 55 މިލިއަން ޑޮލަރު ނުވަތަ 848 މިލއަން ރުފިޔާ ހިމަނާފަ އެވެ. އެ 25 މަޝްރޫއުގެ ތެރޭގައި ހއ އަތޮޅުގައި ހިންގުމަށް ކަނޑައ އަޅާފައިވާ ހަމައެކަނި މަޝްރޫއަކީ ދިއްދޫ އެއާޕޯޓްކަން ފާހަގަކުރެވެއެވެ.
ދިއްދޫގައި އެއާޕޯޓެއް އެޅުމަށް އެންމެ ފުރަތަމަ ވައުދުވީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމެވެ. އެއީ 2018 ވަނަ އަހަރުގެ ބޭއްވި ރިޔާސީ އިންތިޚާބުގެ ކެމްޕޭންގެ ތެރޭގަ އެވެ. ދިއްދޫ އެއާޕޯޓަކީ ރައީސް މުއިއްޒުގެ ރިޔާސީ ވައުދެކެވެ. ރިޔާސީ އިންތިހާބުގެ ތެރޭ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެސް ދިއްދޫ ގައި އެއާޕޯޓެއް އަޅައިދެއްވާނެ ކަމަށް ވިދާޅުވި އެވެ.
ދިއްދޫ އެއާޕޯޓަށް ބޭނުންވާ ބިން ހިއްކުމާއި، ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް 19 އޭޕްރީ 2024 ގައި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)އާ ވަނީ ހަވާލުކޮށްފައެވެ. ނަމަވެސް އެއަށްފަހު އެއް އަހަރުވާން ދާއިރުވެސް އަދި އެކަމުގެ އަމަލީ މަސައްކަތެއް ނުފަށައެވެ. މިދިޔަ ޖެނުއަރީ މަހުގެ 29 ވަނަ ދުވަހު، ދިއްދޫއަށް ވަޑައިގެން ވާހަކަ ދައްކަވަމުން އެ ރަށުގައި އެއާޕޯޓެއް އަޅަން ވެވަޑައިގެންފައިވާ ވައުދު ފުއްދަވާނެ ކަމުގެ ޔަގީންކަން ރައީސް ދެއްވި އެވެ.
ކްރޮސް ސަބްސިޑީއަށް ތަންތަން ދޫކުރުމަކީ ދައުލަތުގެ އާންމު މަންފާއަކަށްޓަކައި ހާސިލްކުރަން ބޭނުންވާ އިގްތިސާދީ ސިޔާސަތެއްގެ ދަށުން ނުވަތަ އިޖްތިމާއީ ސިޔާސަތެއްގެ ދަށުން، ދުރާލާ އިއުލާންކޮށްފައިވާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެމަތިން ސަރުކާރުން ކަނޑައަޅާ މުހިންމު މަޝްރޫއެއް ހަވާލުކުރެވޭ ފަރާތަކަށް ނުވަތަ އެފަދަ މަޝްރޫއަކަށް ހަރަދުކުރާ ފަރާތަކަށް ޓޫރިސްޓް ރިސޯޓެއް ތަރައްގީކުރުމަށް ރަށެއް ކުއްޔަށް ދޫކުރުމެވެ. އެގޮތުން އެއާޕޯޓުތައް އެޅުމަށާއި، ފެރީ ހިދުމަތް ދިނުމަށާއި، އުމްރާނީ ތަރައްގީގެ ބޮޑެތި މަޝްރޫއުތަކަށް ކްރޮސް ސަބްސިޑީގެ ގޮތުގައި ރަށްތައް ދޫކުރެ އެވެ.
ހއ އަތޮޅުގައި މިހާރު އޮންނަނީ އެއް އެއާޕޯޓެވެ. އެއީ ހޯރަފުށި އެއާޕޯޓެވެ. ގާތްގަނޑަކަށް 198 މިލިއަން ރުފިޔާ ހަރަދުކޮށްގެން ތަރައްގީކުރި ހޯރަފުށީ އެއާޕޯޓް 2020 ވަނަ އަހަރުގެ އޯގަސްޓް މަހުގެ 29 ވަނަ ދުވަހު ހުޅުވައިދެއްވީ އޭރުގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހެވެ.
ގުޅުން ހުރެދާނެ ލިޔުން
ސަރުކާރުން ހއ އަތޮޅުގައި އިމާރާތްކުރަމުންދާ 3 ހޮސްޕިޓަލްގެ މަސައްކަތުގެ ދުވެލި ހާސްބައި ތަފާތު!
15 - އޮގަސްޓު - 2026
ދިވެހި ޕްރިމިއާ ލީގަށް ކޮލިފައިވެ، ދިއްދޫ ސްޕޯޓްސް މުޅި ހއ. އަތޮޅުގެ ފަޚުރަކަށް!
20 - ޖޫން - 2026
ދިއްދޫގައި ދަނާލެއް އިމާރާތް ކުރުމަށް އެމްޓީސީސީއާ ހަވާލުކޮށްފި
2 - އޭޕްރީލް - 2026
ދިއްދޫގައި ތަރައްޤީކުރާ މަތީފެންވަރުގެ ފުޓްބޯޅަ ދަނޑުގެ ޢަމަލީ މަސައްކަތް ފަށައިފި
30 - މާރިޗު - 2026
އިހަވަންދޫ، ހޯރަފުށި، ދިއްދޫ، ބާރަށް އަދި މޮޅަދޫ ހިމެނޭހެން 56 ރަށަކަށް އެމްބިއުލާންސް ހަވާލުކޮށްފި
18 - ޖެނުއަރީ - 2026
ދެލެގުން އިހަވަންދޫ ބަލިކޮށް ހއ ގެ ޗެމްޕިއަންކަން ދިއްދޫ ހޯދައިފި
13 - ނޮވެމްބަރު - 2025
އެފްއޭއެމް އެޓޯލް ޗެމްޕިއަންޝިޕް: އިހަވަންދޫ އާއި ދިއްދޫގެ ދެވަނަ ލެގް މިއަދު ދިއްދޫގައި
13 - ނޮވެމްބަރު - 2025
ތިލައުތުރު ފުޓްސަލް މުބާރާތް 2025: ޕެނަލްޓީއިން ކުރި ހޯދައިގެން މުރައިދޫ އަދި އުތީމު ފައިނަލަށް
11 - ނޮވެމްބަރު - 2025
ތިލައުތުރު ފުޓްސަލް މުބާރާތް 2025: ސެމީ ފައިނަލްގެ މެޗްތައް މިއަދު
10 - ނޮވެމްބަރު - 2025
އެޓޯލް ޗެމްޕިއަންޝިޕް: އިހަވަންދޫ އާއި ދިއްދޫ ބައްދަލުކުރާ މެޗް މިއަދު
9 - ނޮވެމްބަރު - 2025
ކޮމެންޓް
އަދި ކޮމެންޓެއް ނެތް