އިތުރު، ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރެއް އިހަވަންދޫގައި އަޅަނީ!
މިހާރު އިހަވަންދޫގައި ހުރި ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ އިތުރުން، އައު ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރެއް އިހަވަންދޫގައި ތަރައްޤީކުރުމަށް ސަރުކާރުން ނިންމަވައިފިއެވެ.
މިނިސްޓްރީ އޮފް ސްޕޯޓްސް އެންޑް ރެކްރިއޭޝަނުން މިހާރުވަނީ އެކަން އިހަވަންދޫ ކައުންސިލަށް އަންގައި، އެސެންޓަރު އެޅުމަށް ބޭނުންވާ ބިން ހަމަޖައްސައި ދިނުމަށް އިހަވަންދޫ ކައުންސިލްގައި އެދިފައެވެ. އެމިނިސްޓްރީއިން މިކަމަށް ބޭނުންވަނީ 95*45 ފޫޓްގެ ޖުމްލަ 4275 އަކަފޫޓްގެ ބިމެކެވެ. މިކަމާ ގުޅޭގޮތުން އިހަވަންދޫ ކައުންސިލްގެ ރައީސް އަޙްމަދު ޞަބާޙް ވިދާޅުވީ، ސްޕޯޓްސް މިނިސްޓްރީއިން އެދިވަޑައިގެންފައިވާ ބިން، އެންމެ އަވަހަށް ބޭއްވޭ އިހަވަންދޫ ކައުންސިލްގެ ޖަލްސާގައި ކަނޑައަޅުއްވާނެ ކަމަށެވެ.
އިހަވަންދޫގައި މިހާރު ހުރި ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރު ހުޅުއްވައި ދެއްވީ ކުރީގެ ރައީސް، އިބްރާހިމް މުހައްމަދު ސޯލީހް އިހަވަންދޫއަށް ކުރެއްވި ކެމްޕެއިން ދަތުރުފުޅުގައި 19 ޖުލައި 2023 ގައެވެ. ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ މަސައްކަތް ކުރިޔަށް ގެންގޮސްފައިވަނީ ޓޫ އޭ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑާއި ހަވާލުކޮށްގެންނެވެ. ޔޫތް މިނިސްޓްރީއިން ކުރިން މިނޫހަށް މައުލޫމާތު ދީފައިވާ ގޮތުގައި، އިހަވަންދޫގައި އިމާރާތްކޮށްފައިވާ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ މަސައްކަތް ޓޫ އޭ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑާއި ހަވާލުކޮށްފައިވަނީ 4769741.15 (ހަތަރު މިލިއަން ހަތްސަތޭކަ އޮނަފަންސާސްހާސް ހަތްސަތޭކަ އެކާޅީސް ރުފިޔާ ފަނަރަ ލާރި) އަށެވެ.
ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރު އިމާރާތް ކުރަމުން ދިޔައިރުވެސް، އަދި އިމާރާތްކޮށް ނިމުނު ފަހުންވެސް، އެތަން އިމާރާތްކުރުމުގެ ފެންވަރު ދަށްކަމަށާއި ތަނުގެ ޑިޒައިން ކަމުނުދާކަމަށްބުނެ އިހަވަންދޫ ކައުންސިލްގެ ބައެއް މެމްބަރުން ދިޔައީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.
ގުޅުން ހުރެދާނެ ލިޔުން
ޒުވާނުންގެ މަރުކަޒުއަޅަން ހުރަވީ ދަނޑުން ބިންދޭން ނިންމައިފި
16 - ޑިސެމްބަރު - 2021
ޕޮލިސް ސްޓޭޝަން، އިންޑޯ ސްޕޯޓްސް ކޮމްޕްލެކްސް އަދި ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރު އަޅަން ބިން ކަނޑައަޅައިފި!
8 - އޭޕްރީލް - 2025
އަޒުހާރާ، ސްޕޯޓްސް މިނިސްޓްރީގެ ޕޮލިޓިކަލް ޑިރެކްޓަރަކަށް އައްޔަންކުރައްވައިފި
6 - މާރިޗު - 2024
ރިޝްފާން ޔޫތް އެސޯސިއޭޓްގެ މަގާމަށް އައްޔަންކޮށްފި
16 - ފެބްރުއަރީ - 2024
ދަނޑުގެ ލައިޓްގެ މައްސަލާގައި ވަޒީރާ ސުވާލުކުރަން ފޮނުވުމާއިއެކު ލައިޓް ޖެހުމުގެ އަމަލީ މަސައްކަތް ފަށައިފި
17 - ޖެނުއަރީ - 2024
ހުޅުވިތާ 6 މަސް ނުވާ، ކޮމިއުނިޓީ ސެންޓަރަށް ފެންވަދެ ގެއްލުންވެއްޖެ!
9 - ޖެނުއަރީ - 2024
"ކާފަމާމަ މައިޒާން" ހަދަން ޕޯލްސްޓަރ އަށް އެއްލައްކަ ރުފިޔާގެ އެހީތެރިކަން ދޭން ކައުންސިލުން ނިންމައިފި
27 - ސެޕްޓެމްބަރު - 2023
ޔޫތްސެންޓަރު އަޅަނީ 11 މިލިއަނަށްކަމަށްބުނާ ވާހަކަ ދޮގުކޮށްފި
21 - ސެޕްޓެމްބަރު - 2022
ފުޓްސަލް ދަނޑުގައި ވޮލީކޯޓް ޖަހަނީ ކައުންސިލުން ފާސްކޮށްގެނެއްނޫން
22 - މޭ - 2022
ޔޫތް ސެންޓަރުގެ މަސައްކަތް ފަށައިފި
14 - މާރިޗު - 2022
ކޮމެންޓް
އަދި ކޮމެންޓެއް ނެތް