އިމަގު ފަންސަތިރީސް ވެޓެރަންސް ފުޓްސަލް ޓޯނަމެންޓްގެ ޗެމްޕިއަންކަން ޔުނައިޓެޑް ޔޫތް ހޯދައިފި
އިހަވަންދޫ މަސްވެރިންގެ ގުޅުން (އިމަގު) ޖަމިއްޔާއިން ކުރިޔަށްގެންދިޔަ އިމަގު ފަންސަތިރީސް ވެޓެރަންސް ފުޓްސަލް ޓޯނަމެންޓްގެ ޗެމްޕިއަންކަން ޔުނައިޓެޑް ޔޫތް ހޯދައިފިއެވެ. ޔުނައިޓެޑް ޔޫތް، މިމުބާރާތުގެ ޗެމްޕިއަންކަން ހޯދީ ރޭ ކުޅުނު މިމުބާރާތުގެ ފައިނަލް މެޗްގައި ސެންސިޓީގެ މައްޗަށް 0-2 ގެ ނަތީޖާއަކުން ކުރި ހޯދައިގެންނެވެ.
ފައިނަލް މެޗްގެ މޮޅު ކުޅުންތެރިޔާއަށް ހޮވުނީ ޔުނައިޓެޑް ޔޫތްގެ، އާމިރު އަބްދުއް ރަޝީދެވެ. މިމުބާރާތުގެ އެންމެ މޮޅު 5 ކުޅުންތެރިންގެ ތެރޭގައި ހިމެނުނީ ޖަންގަލްގެ ހުސައިން ފަޔާޒް، ސެންސިޓީގެ މުހައްމަދު ޖާވިދުގެ އިތުރުން ޔުނައިޓެޑް ޔޫތްގެ 3 ކުޅުންތެރިން ކަމަށްވާ އަލީ ހުސައިން، މުހައްމަދު ޝަބީން އަދި އާމިރު އަބުދުއް ރަޝީދެވެ.
އެންމެ މޮޅު ގޯލް ކީޕަރަށް ހޮވުނީ ޔުނައިޓެޑް ޔޫތްގެ ގޯލްކީޕަރު ސައިފުﷲ އަހްމަދު ރަޝީދުއެވެ. ޖުމުލަ 13 ގޯލް ޖަހައިގެން އެންމެ ގިނަ ގޯލް ޖެހި ކުޅުންތެރިޔާއަށް ހޮވުނީ ޔުނައިޓެޑް ޔޫތްގެ އަލީ ހުސައިންނެވެ. މުބާރާތުގެ ކިންގް އޮފް ޓޯނަމެންޓަށްވެސް ހޮވުނީ އޭނާއެވެ. މިމުބާރާތުގެ ފެއަރޕްލޭ ޓީމަށް ހޮވުނީ ޖަންގަލްއެވެ. ކުޅިވަރު ކުރިއެރުވުމަށް މެދުކެނޑުމެއްނެތި ހިދުމަތްކުރާތީ އަހްމަދު ނަދީމް، ތެމާ އހ. އިހަވަންދޫއަށްވަނީ މިމުބާރާތް ނިންމުމުގެ ރަސްމިއްޔާތުގައި ފިލައެއް ދީފައެވެ.
ޖުމުލަ 4 ޓީމެއް ވާދަކުރި މިމުބާރާތުގައި ބައިވެރިވީ ޖަންގަލް، ސެންސިޓީ، ޔުނައިޓެޑް ޔޫތް އަދި ބަހްސީސްއެވެ. މިއީ މިމުބާރާތް ބާއްވާ ދެވަނަ ފަހަރެވެ. މިދިޔަ އަހަރުގެ ޗެމްޕިއަން ޗާލީ މިއަހަރުގެ މުބާރާތުގައި ވާދައެއް ނުކުރެއެވެ.
ގުޅުން ހުރެދާނެ ލިޔުން
ޖަންގަލް އަތުން ބަދަލުހިފައި ސެންސިޓީ ފައިނަލަށް!
5 - އޭޕްރީލް - 2025
އިމަގު ވެޓެރަންސް ފުޓްސަލް ޓޯނަމެންޓްގެ ސެމީ ފައިނަލް މިރޭ!
4 - އޭޕްރީލް - 2025
ސެންސިޓީ 3 އޮން 3 ގެ ޗެމްޕިއަންކަން ޔުނައިޓެޑް ޔޫތް ހޯދައިފި!
22 - މާރިޗު - 2026
ސެންސިޓީ، އުލިގަން، ބޮޑުމަގު އަދި ޖަންގަލް ސެމީފައިނަލަށް!
24 - ސެޕްޓެމްބަރު - 2025
އިމަގު ޣާޒީ ކަޕް 2025: ފުރަތަމަ މެޗްގައި ހޯރަފުއްޓާއި އުލިގަމުގެ ކުރިމަތިލުމެއް!
18 - ސެޕްޓެމްބަރު - 2025
އެންވީކޭ ފައިނަލަށް ދަތުރުކުރިއިރު، އިރަމާ އަދި ޔޫތް ސެމީއަށް
9 - ސެޕްޓެމްބަރު - 2024
އެންވީކޭ އަދި އިރަމާ މުބާރާތްފެށީ މޮޅަކުން
8 - ސެޕްޓެމްބަރު - 2024
ކައުންސިލް ކަޕް، މިމަހުގެ 7 އިން 12 އަށް
4 - ސެޕްޓެމްބަރު - 2024
ސެންސިޓީ، އިމަގު މެރެނާ ކަޕްގެ ޗެމްޕިއަންކަން ހޯދައިފި
1 - ސެޕްޓެމްބަރު - 2024
އިމަގު މެރެނާ ކަޕްގެ ފައިނަލް މިރޭ
31 - އޮގަސްޓު - 2024
ކޮމެންޓް
އަދި ކޮމެންޓެއް ނެތް