އެންވީކޭ ފައިނަލަށް ދަތުރުކުރިއިރު، އިރަމާ އަދި ޔޫތް ސެމީއަށް
އިހަވަންދޫ ކައުންސިލުން އިންތިޒާމްކޮށްގެން ކުރިޔަށްގެންދާ "އިހަވަންދޫ ކައުންސިލް ކަޕް ފުޓްބޯޅަ މުބާރާތް 2024" ގެ ފައިނަލަށް އެންވީކޭ ދަތުރު ކުރިއިރު، އިރަމާ އަދި ޔުނައިޓެޑް ޔޫތް ސެމީފައިނަލަށް ދަތުރުކޮށްފިއެވެ.
މިމުބާރާތުގެ ފައިނަލަށް އެންވީކޭ ދަތުރުކުރީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެގެން 9 ޕޮއިންޓާއި އެކުއެވެ. ގްރޫޕް ސްޓޭޖްގެ ދެވަނަ ހޯދީ ޔުނައިޓެޑް ޔޫތް 6 ޕޮއިންޓް ހޯދިއިރު، 3 ވަނަ ހޯދި އިރަމާވަނީ 3 ޕޮއިންޓް ހޯދައިފައެވެ. ގްރޫޕް ސްޓޭޖްގައި ކުޅުނު ހުރިހާމެޗަކުން ބަލިވެ މުބާރާތުން ކެޓި ސެންސިޓީއަށް އެއްވެސް ޕޮއިންޓެއް ނުލިބެއެވެ.
ޔުނައިޓެޑް ޔޫތް އަދި އިރަމާ ވާދަކުރާ ސެމީފައިނަލް މެޗް ކުޅޭނީ މާދަމާރޭ 20:00 ގައެވެ. މިމުބާރާތުގެ ފައިނަލް މެޗް ކުޅޭނީ މިމަހުގެ 12 ވަނަ ދުވަހުގެ ރޭ 20:00 ގައެވެ.
މިމުބާރާތުގައި ވާދަކުރަނީ ޔުނައިޓެޑް ޔޫތް، އެންވީކޭ، ސެންސިޓީ އަދި ކުލަބް އިރަމާއެވެ. މިއަހަރުގެ މުބާރާތުގެ ޗެމްޕިއަން ޓީމަށް 15000ރ ގެ ފައިސާގެ އިނާމެއް ހުށަހަޅާފައިވާއިރު ރަނާރސް އަޕް ޓީމަށް 5000ރ ގެ ފައިސާގެ އިނާމެއް ހުށަހަޅާފައިވެއެވެ.
ޔުނައިޓެޑް ޔޫތު
އިހަވަންދޫ ކައުންސިލް
އެންވީކޭ
ކައުންސިލް ކަޕް ފުޓްސަލް ޓޯނަމެންޓް
ސެންސިޓީ
ކްލަބް އިރަމާ
ގުޅުން ހުރެދާނެ ލިޔުން
އެންވީކޭ އަދި އިރަމާ މުބާރާތްފެށީ މޮޅަކުން
8 - ސެޕްޓެމްބަރު - 2024
ކައުންސިލް ކަޕް، މިމަހުގެ 7 އިން 12 އަށް
4 - ސެޕްޓެމްބަރު - 2024
ކައުންސިލް ކަޕް 2025 ގައި ބައިވެރިވީ 4 ޓީމެއް!
17 - ސެޕްޓެމްބަރު - 2025
ކައުންސިލް ކަޕް 2022 ފުޓްސަލް ޓޯނަމެންޓްގެ ސެމީފައިނަލްގެ މެޗްތައް މިރޭ
10 - ނޮވެމްބަރު - 2022
އެންވީކޭ ބަލިކޮށް ޔުނައިޓެޑް ޔޫތުން ކައުންސިލް ކަޕްގެ ޗެމްޕިއަންކަން ހޯދައިފި!
22 - އޮކްޓޯބަރު - 2025
ކައުންސިލް ކަޕްގެ ފައިނަލްގައި ވާދަވެރި އެންވީކޭ އަދި ޔުނައިޓެޑް ޔޫތުގެ ކުރިމަތިލުމެއް!
21 - އޮކްޓޯބަރު - 2025
ފަހަތުންއަރާ އިރަމާ ބަލިކޮށް އެންވީކޭއިން 5 ވަނަ ފަހަރަށް ކައުންސިލް ކަޕް ކާމިޔާބުކޮށްފި
13 - ސެޕްޓެމްބަރު - 2024
ޖަންގަލް، އެންވީކޭ، ކުޅިމަގު އަދި އިރަމާ ކައުންސިލް ކަޕްގެ ސެމީފައިނަލަށް ދަތުރުކޮށްފި
28 - ނޮވެމްބަރު - 2023
އިރަމާ، ކޭ.އެމް، ކޮފަލި އަދި ސެންސިޓީއަށްވެސް ފުއްދާލަންޖެހުނީ ޕޮއިންޓަކުން
25 - ނޮވެމްބަރު - 2023
ކޮފަލިން ޑިފެންޑިންގ ޗެމްޕިއަން އެންވީކޭ ހުއްޓުވިއިރު، އިރަމާ މުބާރާތްފެށީ މޮޅަކުން
24 - ނޮވެމްބަރު - 2023
ކޮމެންޓް
އަދި ކޮމެންޓެއް ނެތް